ބޭސް ނުލިބެނީ ސްޓޮކުގައި ނުހުންނަ ބޭސް ލިޔެދޭތީކަމަށް ވަޒީރު ވިދާޅުވުމުން ފާޑުކިޔުން އަމާޒުވެއްޖެ

ހެލްތު މިނިސްޓަރު ގީލާ އަލީ

ހެލްތު މިނިސްޓަރު ގީލާ އަލީ

ރާއްޖޭގެ ބާޒާރުން ބޭސް ލިބުމުގައި އާންމުންނަށް ބޮޑެތި ދަތިތަކެއް ކުރިމަތިވަމުންދާ މައްސަލައިގައި، އެކަމުގެ ޒިންމާ ޑޮކްޓަރުންގެ ބޮލުގައި އެޅޭ ގޮތަށް ސިއްހަތާ ބެހޭ ވަޒީރު ޤީލާ އަލީ ދެއްކެވި ވާހަކަފުޅުތަކަކާ ގުޅިގެން އާންމުންގެ ފާޑުކިޔުން އަމާޒުވެއްޖެ އެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ، ބޭސް ލިބުމުގައި ދަތިތައް ކުރިމަތިވަނީ ފާމަސީތަކުގެ ސްޓޮކުގައި ނުހުންނަ ބޭސްތައް ޑޮކްޓަރުން ލިޔެދޭތީ ކަމަށެވެ. ވަޒީރު ވިދާޅުވި ގޮތުގައި ސްޓޮކުގައި ނެތް ބޭސްތައް ބޭސްސިޓީގައި ލިޔުމުން، ރައްޔިތުން އެއް ބޭސް ފިހާރައިން އަނެއް ބޭސް ފިހާރައަށް ދުވަންޖެހޭ ކަމަށާއި، އެންމެ ފަހުން ބޭސް ނުލިބިގެން އަލުން ޑޮކްޓަރަށް ދައްކައި ބޭސް ބަދަލު ކުރަންޖެހޭ ހާލަތްތައް ވެސް ކުރިމަތިވާ ކަމަށެވެ.

ރަށްރަށުގައި ހުންނަ ފާމަސީތަކުގެ އަދަދު މަދުވުމުން ރަށްރަށުގައި މިކަން ތަންކޮޅެއް ފަސޭހަ ވިޔަސް، މާލޭގައި މިއީ ރައްޔިތުންނަށް ކުރިމަތިވާ ވަރަށް ބޮޑު ތަކުލީފެއް ކަމަށް ވަޒީރު ފާހަގަކުރެއްވި އެވެ. މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، ޑޮކްޓަރުން ބޭސް ލިޔެދޭއިރު މިހާރު ސްޓޮކުގައި ހުރީ ކޮން ބޭހެއްކަން އެނގޭނޭ ނިޒާމެއް ރޭވުން މުހިންމު ކަމަށް ވަޒީރު ވިދާޅުވި އެވެ. ވަޒީރު އިތުރަށް ވިދާޅުވީ ސަރުކާރުން މިހާރު ބަލަމުންދަނީ ޑޮކްޓަރުން ބޭސް ލިޔެދޭއިރު އެ ބޭހެއްގެ ސްޓޮކް ފެންނާނެ ގޮތަކަށް ލިސްޓެއް ގާއިމުކޮށް، ބާޒާރުން ލިބެން ހުންނަ ބޭސްތައް ލިޔެދޭނެ އިންތިޒާމެއް ހަމަޖެއްސުމަށް ކަމަށެވެ.

ނަމަވެސް ވަޒީރުގެ މި ވާހަކަފުޅުތަކާ ގުޅިގެން ސޯޝަލް މީޑިއާގައި ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ.

"ރާއްޖެއިން ލިބެން ހުރި ބޭހެއް ބަލައިގެން ޑޮކްޓަރުން ބޭސް ލިޔަންޖެހޭނަމަ، މިހާރު ބޭސް ސިޓީގައި ލިޔަންޖެހޭނީ ހަމައެކަނި ދަތް އުނގުޅާ ބޭސް" ވަޒީރުގެ ވާހަކަފުޅަށް ފާޑިކިޔަމުން ސޯޝަލް މީޑިއާގައި ޕޯސްޓުކުރި މީހަކު ލިޔެފައި ވެ އެވެ. މިއީ ބޭސް ލިބުމުގެ ދަތިކަން ހައްލުކުރުމުގެ ބަދަލުގައި، މައްސަލަ އޮޅުވާލުން ކަމަށް ވެސް މީހުން ދަނީ ތުހުމަތުކުރަމުންނެވެ.

ރާއްޖެއަށް ބޭނުންވާ އަސާސީ ބޭސްތައް ނުލިބޭ ކަމުގެ ޝަކުވާ ބޮޑުވެފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މީގެ ކުރިން ވިދާޅުވެފައިވަނީ ރާއްޖެއަށް ދެން ބޭސް ގެންނާނީ ޔޫރަޕުގެ ގައުމުތަކުން ކަމަށެވެ. ނަމަވެސް އޭގެ ފަހުން ހެލްތު މިނިސްޓަރު ނާޒިމް ވިދާޅުވެފައިވަނީ ބޭސް ގެންނަނީ ކޮން ތަނަކުންތޯ ބެލުމަށްވުރެ މުހިންމީ ބޭހުގެ ކޮލިޓީ ކަމަށެވެ.

ރާއްޖޭގެ ސިއްހީ ނިޒާމުގެ ތެރޭގައި ބޭސް ލިބުމުގެ ދަތިކަން އިންތިހާއަށް ބޮޑުވެ، އާންމު ބަލިތަކަށް ބޭނުންވާ ބޭސްތަކާއި ދާއިމީ ބަލިތަކަށް ބޭނުންވާ ބޭސްތައް ވެސް ބާޒާރުން ހުސްވަމުންދާ ކަމުގެ ކަންބޮޑުވުން ސިއްހީ ދާއިރާގެ މާހިރުންނާއި އާންމު ރައްޔިތުން ދަނީ ފާޅުކުރަމުންނެވެ. މި ދަނޑިވަޅުގައި ވަޒީރުގެ ފަރާތުން މިފަދަ މޭރުމަކުން ވާހަކަފުޅު އައުމުން، ސަރުކާރުން މި މައްސަލަ ހައްލުކުރުމަށް ގެންގުޅޭ ސިޔާސަތާމެދު ގިނަ ބަޔަކު ސުވާލު އުފައްދަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލޭގެ ބަދަލު ދޭނީ މެންބަރުންނާއި ވެރިންގެ މުދަލުން: ފައްޔާޒު

ފައްޔާޒު ވަނީ މި މަޝްރޫއަށް މަގުފަހިކުރަން ހުށަހަޅާފައިވާ ބިލަކީ ގާނޫނުއަސާސީއާ ހިލާފަށް، ބޭރުގެ ފަރާތްތަކަށް ރާއްޖޭގެ ބިންތައް ދާއިމީކޮށް މިލްކުވާ ގޮތަށް އޮތް ބިލެއް ކަމަށް ވިދާޅުވެފަ. އަދި މިނިވަން ކޯޓެއް އޮތް ނަމަ ވުޖޫދުކުރަން އުޅޭ ގާނޫނާއީ ބިލު ވެސް ބާތިލުކުރާނެ ކަމަށް އޭނާ ވިދާޅުވި.

ކްރެކް ނުކުރެވިގެން ޖުމާންގެ ފޯނު ރާއްޖެއިން ބޭރަށް ފޮނުވަނީ

ޓެރަރިޒަމްގެ ތުހުމަތުގައި ހައްޔަރުކުރި އަލީ ޖުމާންގެ ފޯނު ހުޅުވަން އޭނާ އިންކާރުކުރުމުން، އެ ފޯނު ތަހުލީލުކުރުމަށް ރާއްޖެއިން ބޭރަށް ފޮނުވުމުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން. ސޯޝަލް މީޑިއާގައި ހުޅުޖެހުމަށާއި މުދަލަށް ގެއްލުންދޭން ހިތްވަރުދިން ކަމުގެ ތުހުމަތު އޮތް ޖުމާން، ބަންދުގައި ބެހެއްޓުމަށް ކޯޓުން ވަނީ އިތުރު 15 ދުވަސް ދީފަ.

މިއީ މިހާރު ހަމަ ކާޓޫނަކަށް ވެއްޖެ: ނަޝީދު

ނަޝީދު ވަނީ މި މައްސަލައިގައި ސަރުކާރަށް ފާޑުވިދާޅުވަމުން ވެރިކަމަށް ވަޑައިގަތީ ރައީސް ޔާމީންގެ ނަންފުޅު ބޭނުންކުރައްވައިގެން ކަމަށާއި، ނަމަވެސް މިހާރު ޔާމީނާއި ތަޖުރިބާކާރު ބޭފުޅުން އެއްކައިރިކޮށްފައިވާ ކަމަށް ވެސް ތުހުމަތުކުރައްވާފަ.

ނުރައްކާވާ މިންވަރަށް އުތުރާއި މެދުރާއްޖެއަށް ދުންފުހުގެ އަސަރު

ސިއްހަތަށް ނުރައްކާވާ މިންވަރަށް މާލެއާއި ކުޅުދުއްފުއްޓަށް ދުންފުނީގެ އަސަރުކޮށް، ވައި ނުސާފުވެފައިވާތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް ދުވަސްތަކުގައިވެސް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ދުންފުނީގެ އަސަރު ފޯރާނެ.

އީގަލް ހިލްސްއާއެކު ސޮއިކުރި ކޮމާޝަލް ޓާމްސް އެގްރީމެންޓެއް ނެތް

މި މައުލޫމާތު ހޯދަން "އަދަދު" ނޫހުން އެދުމުން މިނިސްޓްރީން ޖަވާބު ދިނީ އެއީ އެ މިނިސްޓްރީން ބަލަހައްޓާ މައުލޫމާތު ނޫން ކަމަށާއި، މަޝްރޫއުގެ މައިގަނޑު އެއްބަސްވުމުގައި އަދި ސޮއިނުކުރާ ކަމަށް ބުނެ އެވެ.

ނޮވެމްބަރު 26، ގައި އެމްޑީޕީން މަގުމައްޗަށް ނުކުންނަނީ

ރަސްމާލެ މަޝްރޫޢުގެ ބޮޑު ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް ގޮވާލައި، މި މަހުގެ 26 ގައި މަގުމައްޗަށް ނުކުމެ އިހުތިޖާޖުކުރަން އެމްޑީޕީން ވަނީ ނިންމާފައި. އެ ޕާޓީން ބުނާގޮތުގައި މި މަޝްރޫޢަކީ ރައްޔިތުންނަށް ސާފުނުވާ ގިނަ ކަންތައްތަކެއް ހުރި މަޝްރޫއެއް.

މުއިއްޒު އަންނަ މަހު ބަންގްލަދޭޝްއަށް ވަޑައިގަންނަވަނީ

ރައީސް މުޙައްމަދު މުޢިއްޒު އަންނަ ޑިސެމްބަރު މަހުގެ 13 ވަނަ ދުވަހު ބަންގްލަދޭޝްއަށް ފުރަމާނަ ދަތުރުފުޅެއް ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ. ތިން ދުވަހުގެ މި ދަތުރުފުޅުގައި ދެ ގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ރާއްޖޭގައި އުޅޭ ބަންގްލަދޭޝް މަސައްކަތްތެރިންގެ ހައްގުތަކާ ގުޅޭގޮތުން މަޝްވަރާކުރުމަށް ވަނީ ރޭވިފައެވެ.

Newsletter

Get the latest news delivered straight to your inbox