އަބްދުالله ނާޒިމް އިބްރާހިމް
27 ލިޔުން
ހަބަރުނާޒިމްއަށް މިނިސްޓަރުން ފެންވަރުގެ މަގާމެއް
ހެލްތު މިނިސްޓަރުކަމުން އިސްތިއުފާ ދެއްވި އަބްދުﷲ ނާޒިމް، ރައީސް އޮފީހުގެ ޕޮލިސީ އެންޑް މެނިފެސްޓޯ ސެކްރެޓަރީގެ މަގާމަށް މިނިސްޓަރުންގެ ފެންވަރުގައި އަލުން އައްޔަނުކޮށްފިއެވެ. މިއީ ސަރުކާރަށް ކުރިމަތިވި އިންތިޚާބީ ނާކާމިޔާބީތަކާ ގުޅިގެން ކެބިނެޓަށް ގެނައި ބަދަލުތަކުގެ ތެރެއިން ނިންމި ނިންމުމެކެވެ. ނާޒިމް މިނިސްޓަރުކަމުން ވަކިވެވަޑައިގަތްއިރު، ސިއްހީ ދާއިރާގެ ބޮޑެތި މައްސަލަތަކަށް އެދެވޭ ހައްލެއް ލިބިފައިނުވާކަން ފާހަގަކުރެވެއެވެ.
ހަބަރުބޭސް ނުލިބޭ މައްސަލައިގައި ވަޒީރު ދެއްކެވި ވާހަކައަށް ފާޑުކިޔުން
ބޭސް ލިބުމުގައި ދަތިވަނީ ފާމަސީތަކުގެ ސްޓޮކުގައި ނެތް ބޭސްތައް ޑޮކްޓަރުން ލިޔެދޭތީ ކަމަށް ސިއްހަތާ ބެހޭ ވަޒީރު ވިދާޅުވުމާ ގުޅިގެން އާންމުންގެ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވެއްޖެއެވެ. މި މައްސަލަ ހައްލުކުރުމަށް ބާޒާރުގައި ބޭސް ހުރި މިންވަރު ޑޮކްޓަރުންނަށް ފެންނާނެ ނިޒާމެއް ގާއިމުކުރަން ސަރުކާރުން ރާވަމުންދާއިރު، އާންމުން ތުހުމަތުކުރަނީ މިއީ ބޭސް ލިބުމުގެ އަސްލު މައްސަލަ އޮޅުވާލުން ކަމަށެވެ.
