އައިޕީއެލް: ބެންގަލޫރުން ޖެހިޖެހިގެން ފަސް ވަނަ މެޗުން ޗެއްނާއި ބަލިކޮށްފި

Apr 6, 2026, 9:50 AM
ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ރޯޔަލް ޗެލެންޖާސް ބެންގަލޫރުގެ ތަރި ޑޭވިޑް.---

ރޭގެ މެޗުގައި މޮޅު ކުޅުމެއް ދެއްކި ރޯޔަލް ޗެލެންޖާސް ބެންގަލޫރުގެ ތަރި ޑޭވިޑް.---

ބެންގަލޫރު، އިންޑިއާ (އޭޕްރީލް 6) -  ދުނިޔޭގެ އެންމެ ފޯރިގަދަ ފްރެެންޗައިސް ކްރިކެޓް ލީގު، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ އެންމެ ފަހުގެ ޗެމްޕިއަން، ރޯޔަލް ޗެލެންޖާސް ބެންގަލޫރު (އާރްސީބީ) އިން މުބާރާތުގެ ތާރީހުގައި ފުރަތަމަ ފަހަރަށް ޖެހިޖެހިގެން ހަތަރު ވަނަ މެޗުން ޗެއްނާއި ސުޕަ ކިންގްސް (ސީއެސްކޭ) ބަލިކޮށްފި އެވެ. 

ރޭ ބެންގަލޫރުން ޗެއްނާއީ އަތުން މޮޅުވީ 43 ލަނޑުންނެވެ. މި ނަތީޖާއާ އެކު، ބެންގަލޫރުން ވަނީ 2024 ވަނަ އަހަރުގެ އައިޕީއެލްގައި  ކުޅުނު ފަހު މެޗުންނާއި މިދިޔަަ އަހަރުގެ މުބާރާތުގެ ދެ މެޗާއި މި ފަހަރުގެ މުބާރާތުގެ ފުރަތަމަ މެޗުން ޗެއްނާއި ބަލިކޮށްފަ އެވެ. މި މެޗުތަކުގެ ތެރެއިން ބެންގަލޫރަށް ލިބުނު އެންމެ ބޮޑު މޮޅަކީ، ޗެއްނާއީ ދަނޑުގައި ކުޅެ، 50 ލަނޑުން ހޯދި މޮޅެވެ. 

މި ފަހަރުގެ އައިޕީއެލް ފެށި މެޗުން ސަންރައިޒާސް ހައިދަރުއާބާދު އަތުން ބެންގަލޫރު ވަނީ މޮޅުވެފަ އެވެ. ބެންގަލޫރުން ކުޅުނު ދެ ވަނަ މެޗުގައި، ރޭ ޗިންނަސްވާމީ ސްޓޭޑިއަމްގައި ގުރުއަތުލުން ދިމާވި ޗެއްނާއި އިން ނިންމީ ހޮވާށެވެ. އެހެންވެ، ބެންގަލޫރުން ކުޅެން އަރައި، 20 އޯވަރުގެ ތެރޭގައި، ތިން ކުޅުންތެރިން ނުބައިވެގެން 250 ލަނޑު ހެދި އެވެ. ބެންގަލޫރުގެ ތަރި ވިރާތު ކޯލީ، 18 ބޯޅައިން 28 ލަނޑަށް ނުބައިވިއިރު، މި މެޗުގައި، ބެންގަލޫރަށް ތަފާތު ދެއްކީ، ފަހުން ކުޅެން އެރި ތިން ބެޓްސްމަނުން ކަމަށްވާ، ދޭވްދަތު ޕަަޑިއްކަލް، ރަޖަތު ޕަތީދާރު އަދި ޓިމް ޑޭވިޑް އެވެ. ޕަޑިއްކަލް ނުބައިވީ، 29 ބޯޅަ އިން 50 ލަނޑު ހަދާފައި ވަނިކޮށެވެ. ޕަތީދާރާއި ޑޭވިޑްގެ ޕާޓްނާޝިޕް ނުބައިނުވެ ނިންމާލިއިިރު، ޕަތީދާރު ވަނީ 19 ބޯޅައިން 48 ލަނޑު ހަދައިފަ އެވެ. އަދި، ޑޭވިޑް ވަނީ 25 ބޯޅައިން 70 ލަނޑު ހަދައިފަ އެވެ. ޑޭވިޑް ވަނީ އަށް ފަހަރު ހަޔަކަށް ޖަަހައި، ތިން ފަހަރު ހަތަރަކަށް ޖަހައިފަ އެވެ. 

ޖަވާބުގައި ކުޅެން އަރައި، 19.4 އޯވަރުގެ ތެރޭގައި، ހުރިހާ ކުޅުންތެރިން ނުބައިވެގެން ހެދުނީ 207 ލަނޑެވެ. ޗެއްނާއި އަށް އެންމެ މޮޅު ކުޅުމެއް ދެއްކީ، ސަރްފަރާޒް ހާން އެވެ. އޭނާ ވަނީ 25 ބޯޅައިން 50 ލަނޑު ހަދައިފަ އެވެ. މި އިނިންގްސްގައި ބެންގަލޫރުގެ ބުވްނޭޝްވަރު ކުމާރު ވަނީ ހަތަރު އޯވަރަށް ތިން ވިކެޓް ނަގައިފަ އެވެ. މިއާ އެކު، އައިޕީއެލް ތާރީހުގައި އޭނާ މި ވަނީ، 200 ވިކެޓް ހަމަކޮށްފަ އެވެ. 

އައިޕީއެލްގައި އިއްޔެ، ލަކްނައު ސުޕަ ޖަޔަންޓް ވަނީ ރިޝަބް ޕާންޓްގެ މޮޅު ކުޅުމާ އެކު، ފަސް ވިކެޓުން ސަންރައިޒާސް ހައިދަރުއާބާދު ބަލިކޮށްފަ އެވެ. 

މި ފަހަރުގެ އައިޕީއެލްގައި ހަތަރު ޓީމަކުން ވަނީ ފުރަތަމަ ދެ މެޗުން މޮޅުވެފަ އެވެ. އެއީ، ބެންގަލޫރުގެ އިތުރުން، ރާޖަސްތާން ރޯޔަލްސް، ދިއްލީ ކެޕިޓަލްސް އަދި ޕަންޖާބް ކިންގްސް އެވެ. ނެޓް ރަން ރޭޓަށް ބަލާއިރު، ކުރި ލިބެނީ ބެންގަލޫރު އަށެވެ. 

ފަސް ފަހަރު ޗެމްޕިއަންކަން ހޯދާފައިވާ ޗެއްނާއި ކުުޅުނު ތިން މެޗުން ވެސް ބަލިވިއިރު، ތިން ފަހަރު ޗެމްޕިއަންކަން ހޯދި ކަލްކަތާ ނައިޓް ރައިޑާސް (ކޭކޭއާރް) އަދި ގުޖުރާތު ޓައިޓަންސް ވަނީ ދެ މެޗުން ބަލިވެފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox