އައިޕީއެލް: ރާޖަސްތާނާއި ދިއްލީ ދެ ވަނަ މޮޅާ އެކު ފޯމުގައި ކުރިއަށް

Apr 5, 2026, 11:42 AM
މި ފަހަަރުގެ އިންޑިއަން ޕްރިމިއާ ލީގުގައި ދިއްލީ ޓީމަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ސަމީރު ރިޒްވީ.---

މި ފަހަަރުގެ އިންޑިއަން ޕްރިމިއާ ލީގުގައި ދިއްލީ ޓީމަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ސަމީރު ރިޒްވީ.---

ނިއު ދިއްލީ، އިންޑިއާ (އޭޕްރީލް 5) - މިހާރު ކުރިއަށްދާ ދުނިޔޭގެ އެންމެ ފޯރިގަދަ ފްރެންޗައިސް ކްރިކެޓް ލީގު، އިންޑިއަން ޕްރިމިއާ ލީގު (އައިޕީއެލް)ގެ އާ ސީޒަނުގައި، ދިއްލީ ކެޕިޓަލްސް އާއި ރާޖަސްތާން ރޯޔަލްސް އިން ފުރަަތަމަ ދެ މެޗުން މޮޅުވެ ރަނގަޅު ފޯމު ދަމަަހައްޓައިފި އެވެ. 

އެ ގޮތުން، ދިއްލީ ކެޕިޓަލްސް އިން ފުރަތަމަ މެޗުން، ލަކްނައު ސުޕަ ޖަޔަންޓްސް ބަލިކުރިއިރު، ދެ ވަނަ މެޗުން އިއްޔެ ވަނީ ހަ ވިކެޓުން މުމްބާއި އިންޑިއަންސް ބަލިކޮށްފަ އެވެ. އަދި، މި ފަހަރު ވަރުގަދަކޮށް ފެންނަ ރާޖަސްތާނުން ފުރަތަމަ މެޗުގައި އަށް ވިކެޓުން ޗެންނާއި ސުޕަ ކިންގްސް (ސީއެސްކޭ) ބަލިކުރިއިރު، ރޭ ވަނީ ހަ ލަނޑުން ގުޖުރާތު ޓައިޓަންސް ބަލިކޮށްފަ އެވެ. 

ދިއްލީ ކެޕިޓަލްސް އާއި ރާޖަސްތާން ރޯޔަލްސްގެ އިތުރުން ފުރަތަމަ ދެ މެޗުން މޮޅުވި އަނެއް ޓީމަކީ، ޕަންޖާބް ކިންގްސް އެެވެ. ޕަންޖާބް ކިންގްސް އިން ވަނީ ފުރަތަމަ މެޗުތަކުން، ގުޖުރާތާއި ޗެއްނާއި ބަލިކޮށްފަ އެވެ. އެންމެ ފަހުގެ ޗެމްޕިއަން، ރޯޔަލް ޗެލެންޖާސް ބެންގަލޫރު (އާރްސީބީ) ކުޅުނު ފުރަތަމަ މެޗުން ވަނީ ސަންރައިޒާސް ހައިދަރުއާބާދު ބަލިކޮށްފަ އެވެ. 

ދިއްލީ ކެޕިޓަލްސް އިން ޓޮސް ދިމާވުމުން ހޮވަން ނިންމިއިރު، މުމްބައި އިން ކުޅެން އަރައި، 20 އޯވަރު ތެރޭ ހަ ކުޅުންތެރިން ނުބައިވެ، ހެދުނީ 162 ލަނޑެވެ. އެންމެ ގިނަ ލަނޑު ހަދައިދިނީ 36 ބޯޅައިން 51 ލަނޑު ހެދި ސޫރްޔަކުމާރު ޔާދަވް (ސްކައި) އެވެ. ރޯހިތު ޝަރްމާ، 26 ބޯޅައިން 35 ލަނޑަށް ނުބައިވިއިރު، މި އިނިންސްގައި، ދިއްލީ ކެޕިޓަލްސްގެ މުކޭޝް ކުުމާރު ދެ ވިކެޓް ނެގި އެވެ. 

ޖަވާބުގައި ދިއްލީ ކެޕިޓަލްސް އިން ކުޅެން އަރައި، 18.1 އޯވަރު ތެރޭ، ހަަތަރު ކުޅުންތެރިން ނުބައިވެ، 164 ލަނޑާ އެކު، މެޗުން މޮޅުވި އެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، މި ފަހަރު ރަނގަޅު ފޯމެއްގައި ހުރި، ސަމީރު ރިޒްވީ އެވެ. އޭނާ ވަނީ 51 ބޯޅައިން 90 ލަނޑު ހަދައިފަ އެވެ. އަދި، ޕަތުމް ނިސަންކާ ވަނީ 30 ބޯޅައިން 44 ލަނޑު ހަދައިފަ އެވެ. 

ރާޖަސްތާން ރޯޔަލްސް އިން ޓޮސް ދިމާވުމުން ނިންމީ ކުޅެން އަރާށެވެ. އެ ގޮތުން، 20 އޯވަރު ތެރޭ، ހަ ކުޅުންތެރިން ނުބައިވެ، 210 ލަނޑު ހެދި އެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 42 ބޯޅައިން 75 ލަނޑު ހެދި ދްރޫވް ޖުރެލް އެވެ. އެ ޓީމުގެ ޔަޝަޝްވީ ޖޭސްވާލް 36 ބޯޅައިން 55 ލަނޑަށް ނުބައިވިއިރު، 15 އަހަރުގެ ވައިބަވް ސޫރްޔަވަންޝީ ނުބައިވީ، 18 ބޯޅައިން 31 ލަނޑަށެވެ. 

ޖަވާބުގައި ކުޅެން އަރައި، ގުޖުރާތަށް 20 އޯވަރު  ތެރޭ ހަ ކުޅުންތެރިން ނުބައިވެގެން ހެދުނީ، 204 ލަނޑެވެ. އެންމެ ރަނގަޅު ކުޅުމެއް ދެއްކީ، 44 ބޯޅައިން 73 ލަނޑަށް ނުބައިވި ސައި ސުދަރްސަން އެވެ. މި އިނިންގްސްގައި ރާޖަސްތާންގެ ރަވީ ބިޝްނޯއި ވަނީ ހަތަރު އޯވަރަށް ހަތަރު ވިކެޓް ނަގައިފަ އެވެ. 

މުބާރާތުގައި މިއަދު ދެ މެޗު ކުޅޭނެ އެވެ. އެއީ، މެންދުރު ފަހު، ސަންރައިޒާސް ހައިދަރުއާބާދާއި ލަކްނައު ސުޕަޖަޔަންޓްސް ބައްދަލުކުރާ މެޗާއި މިރޭ ރޯޔަލް ޗެލެންޖާސް ބެންގަލޫރު އާއި ޗެންނާއި ސުޕަ ކިންގްސް ބައްދަލުކުރާ މެޗެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ދެ ވަނަ މެޗުގައި ރާއްޖޭން ފަލަސްތީނު ކަައިރީގައި ފަރަގުކުޑަކޮށްފި

އޭޝިއާގެ 17 އަހަރުން ދަށުގެ މުބާރާތުގެ ކޮލިފައިންއަށް ތައްޔާރުވުމަށް ކުޅުނު އެކުވެރިކަމުގެ ދެވަނަ މެޗުން ފަލަސްތީނު އަތުން ރާއްޖެ 3-0 އިން ބަލިވެއްޖެ. ފުރަތަމަ މެޗާ އަޅާބަލާއިރު ރާއްޖޭން ކުޅުން ރަނގަޅުކުރި މި މެޗަށްފަހު، ކޮލިފައިންގައި ވާދަކުރުމަށް ރާއްޖޭގެ ޓީމު މި ހަފުތާގައި ތައިލެންޑަށް ފުރާނެ

ޔުނައިޓެޑަށް ރެލިގޭޝަންގެ ބިރު އޮތް ކަމަށް ޓެން ހާގް ބުނެފި

މެންޗެސްޓާ ޔުނައިޓެޑްގެ މިހާރުގެ މައްސަލަތައް ހައްލުނުކޮށްފިނަމަ، އެ ކްލަބް ރެލިގޭޝަނާ ކުރިމަތިލާންޖެހުމުގެ ބިރު އެބައޮތް ކަމަށް ކުރީގެ ކޯޗު އެރިކް ޓެން ހާގް ބުނެފިއެވެ. ލީގުގައި އެންމެ ދަށް ފެށުމަކާ އެކު ޔުނައިޓެޑް މިވަގުތު ތާވަލުގެ 16 ވަނައިގައި އޮތްއިރު، ޓެން ހާގް ވަނީ އޭނާގެ ކޯޗުކަމުގައި ހޯދި ކާމިޔާބީތަކަށް އަލިއަޅުވާލައި، މިހާރުގެ ހާލަތުން އަރައިގަތުމުގެ އުނދަގޫކަން ފާހަގަކޮށްފައެވެ.

ޗައިނާ އާއި ހޮންގް ކޮންގް އަދި ކޮރެއާ އަށް "ފައިޓެއް" ދެވޭނެ

ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވާދަކުރާ ވަރުގަދަ ޓީމުތަކާ ދެކޮޅަށް ރާއްޖޭގެ ގައުމީ ޓީމުން ރަނގަޅު ކުޅުމެއް ދައްކައި، ނަތީޖާ ނެރެވޭނެ ކަމަށް އެސިސްޓަންޓް ކޯޗު ފުހެއިދު (ޓޯޑް) ބުނެފި. ގައުމީ ކޯޗު، ފާރޫކް ޒަކީރޯވް ޕްލޭނާ އެއްގޮތަށް ތައްޔާރުވެފައިވާ މި ޓީމަކީ މިއަހަރުގެ ސާފް ފުޓްސަލް މުބާރާތުގެ ޗެމްޕިއަންކަން ހޯދާފައިވާ ޓީމު.

ލާޒިއޯ އަށް ލީޑެއް، ޔުވެންޓަސް އިން ނަޕޯލީ ބަލިކޮށްފި

އިޓާލިއަން ލީގުގައި ރޭ ކަލިއަރީ އަތުން 2-1 އިން މޮޅުވެ، ލާޒިއޯ އިން ތާވަލުގެ އެއް ވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. މީގެ އިތުރުން، ޔުވެންޓަސް އިން ވަނީ ނަޕޯލީއާ ބައްދަލުކުރި މެޗު 2-0 އިން ކާމިޔާބުކޮށް، ލީގު ތާވަލުގެ ހަތް ވަނަ އަށް ކުރިއަށް ޖެހިލާފައި

ޑިއޮމަންޑޭގެ މޮޅު ލަނޑާ އެކު ރެއާލުން ރޭސިން ބަލިކޮށްފި

ސްޕެނިޝް ލީގުގައި ރޭސިން ސަންޓަންޑޭއާ ދެކޮޅަށް ކުޅުނު މެޗު 3-0 އިން ކާމިޔާބުކޮށް، ރެއާލް މެޑްރިޑުން ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއާ ދެމެދު އޮތް ފަރަގު ތިން ޕޮއިންޓަށް ކުޑަކޮށްފިއެވެ. ރެއާލްގެ ލަނޑުތައް ފުރަތަމަ ހާފުގައި ކާމިޔާބުކޮށްދިނީ ކީލިއަން އެމްބާޕޭ، ޖޫޑް ބެލިންހަމް އަދި ޔަން ޑިއޮމަންޑޭ އެވެ.

ވެމްކޯ އަށް ޖެހިޖެހިގެން ފަސް ވަނަ ފަހަރަށް ގައުމީ ތަށި

ގައުމީ ވޮލީބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލުގައި ކްލަބް އެމްޓީސީސީ ބަލިކޮށް، ކްލަބް ވެމްކޯ އިން ޖެހިޖެހިގެން ފަސްވަނަ ފަހަރަށް މުބާރާތުގެ ތަށި އުފުލާލައިފި. މި އަހަރުގެ ގައުމީ ލީގުވެސް ކާމިޔާބުކުރި ވެމްކޯ އިން މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެގެން

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

Newsletter

Get the latest news delivered straight to your inbox