ކަރަންސީ ސްވޮޕް ރޯލްއޯވާ ނުވުމުން 400 މިލިއަން ޑޮލަރު ދައްކައިފި

Apr 23, 2026, 9:01 PM
ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު: ސްވޮޕް ދައްކަން ޖެހުނީ ރޯލްއޯވާ ކޮށްދޭނެ ގޮތެއް ނެތުމުން --- ފޮޓޯ: ރައީސް އޮފީސް

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު: ސްވޮޕް ދައްކަން ޖެހުނީ ރޯލްއޯވާ ކޮށްދޭނެ ގޮތެއް ނެތުމުން --- ފޮޓޯ: ރައީސް އޮފީސް

މީގެ ދޮޅު އަހަރު ކުރިން ރިޒާވު ބޭންކް އޮފް އިންޑިއާ (އާރުބީއައި) އިން ނެގި ޑޮލަރު ސްވޮޕް ފެސިލިޓީގެ މުއްދަތު ހަމަވުމުން، އެ ފެސިލިޓީއަށް ދައްކަން ޖެހޭ 400 މިލިއަން ޑޮލަރު ދައްކައިފި އެވެ.

ފޮރިން މިނިސްޓްރީ އާއި އިންޑިއާ ހައި ކޮމިޝަނުން މިކަން ކަށަވަރުކޮށްދިންއިރު ދިވެހި ސަރުކާރުން އޮތީ މި ފެސިލިޓީ ރޯލްއޯވާ ކޮށްދޭން އެދިފަ އެވެ. ނަމަވެސް އިންޑިއާގެ ގަވާއިދުތައް ހުރި ގޮތުން މިކަން ކުރަން ހުރަސްތަކެއް ހުރި ކަމަށް އޭރުން ފެށިގެން އަންނަނީ ރިޕޯޓުކުރަމުންނެވެ. 

މުއްދަތު ހަމަވުމާ ގުޅިގެން ޑޮލަރު ސްވޮޕް ފެސިލިޓީ އަދާކުރުމާ ގުޅިގެން، އިންޑިއާ ސަރުކާރުން ވަނީ 30 ބިލިއަން އިންޑިއަން ރުޕީސްގެ ފެސިލިޓީ ބޭނުންކުރަން ހުއްދަ ދީފަ އެވެ. މިއީ ވެސް ޑޮލަރު ފެސިލިޓީގައި ސޮއިކުރި ދުވަހު ސޮއިކުރި އެއްބަސްވުމެކެވެ. 

އިންޑިއާ ހައި ކޮމިޝަނުން ބުނި ގޮތުގައި، މި އާ ސްވެޕް ފެސިލިޓީގައި އިންޓަރެސްޓް ރޭޓާއި އެހެނިހެން ޝަރުތުތަކުގައި ލުއިތަކެއް ހިމެނެ އެވެ. އެ ކޮމިޝަނުން ބުނި ގޮތުގައި 2012 ގައި ސާކް ސްވޮޕް ފްރޭމްވޯކް ތައާރަފްކުރެވުނު ފަހުން، އިންޑިއާއިން ވަނީ ރާއްޖެއަށް ޖުމްލަ 1.1 ބިލިއަން ޑޮލަރުގެ ސްވެޕް އެހީތެރިކަން ފޯރުކޮށްދީފަ އެވެ.

އިންޑިއާއިން ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ސްވޮޕް ދައްކަންޖެހިދާނެކަމުގެ ބިރު ބޮޑުވެއްޖެ

އިންޑިއާއިން ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ މުއްދަތު އިތުރުކުރަން ސަރުކާރުން އެދުނަސް، އެ ސްވޮޕްގެ އުސޫލުތައް ހުރިގޮތުން އެކަމަށް ހުރަސްތަކެއް އެބަހުރި. މި ފައިސާ އަނބުރާ ދައްކަން ޖެހިއްޖެނަމަ، ދާދި ފަހުން ސުކޫކަށް ފައިސާ ދެއްކުމުގެ ސަބަބުން މަދުވެފައިވާ ރާއްޖޭގެ ރިޒާވަށް އިތުރު ބޮޑު ގޮންޖެހުންތަކަކާ ކުރިމަތިވާނެ.

މި ރުޕީސް ފެސިލިޓީ ނެގިމުން، ބޭރު ފައިސާގެ ރިޒާވަށް ހުރި ފިއްތުންތަކަށް ކޮންމެވެސް ވަރެއްގެ ފަސޭހައެއް ލިބޭނެ އެވެ. މިހެނެއް ކަމަކު، މި މަހުގެ ކުރީކޮޅު ސުކޫކަށް 524 މިލިއަން ޑޮލަރު ދައްކާފަ އޮއްވާ، ޑޮލަރު ފެސިލިޓީއަށް ފައިސާ ދެއްކުމަކީ މާލީ ނިޒާމަށް މިހާރު ވެސް ހުރި ފިއްތުންތަކުގެ ޕްރެޝަރު އިތުރަށް ބޮޑު ވެގެން ދާނެ ކަމަކަށެވެ. 

އެންމެ ބޮޑު ނުރައްކަލަކީ ޑޮލަރު ސަޕްލައި މިހާރަށް ވުރެ ވެސް ތާށިވުމެވެ. މިއީ އިރާނު ހަނގުރާމައާ ގުޅިގެން ޓޫރިޒަމަށް އައިސްފައިވާ ހީނަރުކަމާއި ތެލުގެ އަގު އުފުލިފައިވާ ދަނޑިވަޅެއްގައި ނެގޭނެ ޝޮކެއް ނޫން ކަމަށް ގިނަ އިގުތިސޯދީ މާހިރުން ގަބޫލުކުރެ އެވެ. 

ސުކޫކު ދެއްކުމުގެ ކުރިން، މިދިޔަ މަސް ނިމުނުއިރު، ބޭނުންކުރެވޭ ރިޒާވުގައި 411 މިލިއަން ޑޮލަރު ހުއްޓެވެ. ނަމަވެސް އެ ފަހުން ރިޒާވުގައި ހުރި ވަރެއް ނޫނީ މިިހާރު ރިޒާވުގައި ހުރި ވަރެއް ނޭނގެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox