އިންޑިއާއިން ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ސްވޮޕް ދައްކަންޖެހިދާނެކަމުގެ ބިރު ބޮޑުވެއްޖެ

އޮކްޓޫބަރު 7، 2024 ގައި ކަރަންސީ ސްވޮޕް އެއްބަސްވުން ބަދަލުކުރަނީ: މި އެއްބަސްވުމުގައި ސޮއިކުރީ މުއިއްޒު އިންޑިއާއަށް ކުރެވި ރަސްމީ ދަތުރުގައި --- ފޮޓޯ: ރައީސް އޮފީސް

އޮކްޓޫބަރު 7، 2024 ގައި ކަރަންސީ ސްވޮޕް އެއްބަސްވުން ބަދަލުކުރަނީ: މި އެއްބަސްވުމުގައި ސޮއިކުރީ މުއިއްޒު އިންޑިއާއަށް ކުރެވި ރަސްމީ ދަތުރުގައި --- ފޮޓޯ: ރައީސް އޮފީސް

އިންޑިއާގެ ރިޒާވް ބޭންކް (އާރުބީއައި) އިން ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފެސިލިޓީގެ މުއްދަތު ތިން ވަނަ ފަހަރަށް އިތުރު ކުރުމަށް ސަރުކާރުން އެދުނަސް، ގަވާއިދު ތަން ނުދޭތީ ހުރަސްތަކެއް އެބަހުރި ކަމަށް އެ ގައުމުގެ ނޫސްތަކުން ރިޕޯޓުކޮށްފި އެވެ. 

އިންޑިއާ ސަރުކާރު މެދުވެރިވެގެން އާރުބީއައިއިން އޮކްޓޫބަރު، 2024 ގައި ނެގި މި ފެސިލިޓީ ވަނީ މިދިޔަ އަހަރުގެ އޭޕްރިލް އަދި އޮކްޓޫބަރުގައި ރޯލްއޯވާކޮށްދީފަ އެވެ. ނަމަވެސް،  ސާކް ކަރަންސީ ސްވޮޕް ފްރޭމްވާކްގެ އުސޫލުތަކާއި ޝަރުތުތައް ހުރި ގޮތުން މި ފަހަރުގެ ހުށަހެޅުމާ މެދު ގޮތެއް ނިންމަން ވަނީ އުނދަގޫވެފަ އެވެ.

އިންޑިއާގެ ނޫހެއް ކަމުގައިވާ އިކޮނޮމިކް ޓައިމްސްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި، ފައިސާ ނެގުމަށް ފަހު ދެމެދުގައި ބަހައްޓަން ޖެހޭ މުއްދަތު (ކޫލިން އޮފް ޕީރިއަޑް) އާއި ފެސިލިޓީގެ މުއްދަތު އިތުރުކުރެވޭ (ރޯލްއޯވާ) ލިމިޓެއް އޮންނާތީ ދިވެހި ސަރުކާރުގެ ހުށަހެޅުމަށް އިޖާބަދޭން ގޮންޖެހުންތައް އެބަހުއްޓެވެ. 

މިކަމާ ގުޅޭ ގޮތުން ސުވާލުކުރުމުން، ރައީސް މުހައްމަދު މުއިއްޒު އާއި ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވެސް ވަނީ ރޯލްއޯވާކޮށްދޭން އެދިފައިވާކަން ކަށަވަރުކޮށްދެއްވާފަ އެވެ.

މިހެން ނަމަވެސް، އެ ހުށަހެޅުމަށް އިޖާބަދޭން އިންޑިއާ ސަރުކާރަށް ހުރި ހުރަސްތަކުގެ ވާހަކަ ދެ ބޭފުޅުން ކުރެ އެކަކު ވެސް ނުދައްކަވަ އެވެ. އޭގެ ބަދަލުގައި މުއިއްޒު އާއި ޒަމީރު ވެސް ދެއްކެވީ ދެ ގައުމުގެ ގާތް ގުޅުމުގެ ވާހަކަ އާއި މަދަދުގާރެއްގެ ހައިސިއްޔަތުން އިންޑިއާއިން ރާއްޖެއަށް ވެދީފައިވާ ދީލަތި އެހީތަކުގެ ވާހަކަ އެވެ. 

ކަރަންސީ ސްވޮޕް ދައްކަން ޖެހުމުގެ ފުރުސަތު އޮތްއިރު، މި 400 މިލިއަން ޑޮލަރު ރޯލްއޯވާ ނުކުރެވިއްޖެ ނަމަ ދަރަނި އަދާކުރުމުގެ ޒިންމާ އިތުރަށް ބޮޑުވެ، ރިޒާވަށް ވަރަށް ޕްރެޝަރު ކުރާނެ އެވެ. ސަބަބަކީ، މި މަހުގެ ކުރީކޮޅު ސުކޫކު ދައްކަން ރިޒާވުން ފައިސާ ނަގާފައިވާތީ އެވެ. 

ސަރުކާރުން ބުނީ ސުކޫކުގެ ޕްރިންސިޕަލްއަށް ދައްކަން ޖެހޭ 500 މިލިއަން ޑޮލަރާއި، ކޫޕަން ޕޭމަންޓުގެ ގޮތުގައި 24.6 މިލިއަން ޑޮލަރު ދެއްކީ ރިޒާވާއި ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުން ފައިސާ ނަގައިގެން ކަމަށެވެ.

މި ބޮޑު ހަރަދުގެ ކުރިން، މިދިޔަ މަސް ނިމުނުއިރު، ބޭނުންކުރެވޭ ރިޒާވުގައި 411 މިލިއަން ޑޮލަރު ހުއްޓެވެ. އެކަމަކު މި ފައިސާ ދެއްކި ގޮތުގެ ތަފުސީލުތައް ސަރުކާރުން އާންމުނުކުރާތީ ރިޒާވާއި ސޮވްރިން ފަންޑުގައި ބާކީ ހުރި އަދަދެއް ނޭނގެ އެވެ. 

މި ހާލަތުގައި ކަންކަން ހުރިއިރު، ސޮވްޕް ފެސިލިޓީގެ މުއްދަތު އިތުރުނުކުރެވިއްޖެ ނަމަ، އިގުތިސޯދަށް ކުރިމަތިވެދާނެ ނޭދެވޭ އަސަރުތައް ބޮޑު ވާނެ އެވެ. އެންމެ ބޮޑު ނުރައްކަލަކީ ޑޮލަރު ސަޕްލައި މިހާރަށް ވުރެ ވެސް ތާށިވުމެވެ. މިއީ އިރާނު ހަނގުރާމައާ ގުޅިގެން ޓޫރިޒަމަށް އައިސްފައިވާ ހީނަރުކަމާއި ތެލުގެ އަގު އުފުލިފައިވާ ދަނޑިވަޅެއްގައި ނެގޭނެ ޝޮކެއް ނޫނެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox