ލަންކާގެ ފިނޭންސް މިނިސްޓްރީގައި ބޮޑު ސައިބާ ވައްކަމެއް
ސްރީލަންކާގެ ފިނޭންސް މިނިސްޓްރީގެ ސިސްޓަމް ހެކްކޮށް، ބޭރުގެ ދަރަންޏެއް ދެއްކުމަށް ކަނޑައަޅާފައިވާ 2.5 މިލިއަން ޑޮލަރު ވަގަށް ނަގާފައިވާ މައްސަލައެއް ފެންމަތިވެއްޖެއެވެ. މި މައްސަލަ ފުލުހުންނާއި ކަމާބެހޭ އިދާރާތަކުން ތަހުގީގު ކުރަމުންދާއިރު، އިހުމާލުވި ބައެއް އޮފިޝަލުންނާ މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް މިނިސްޓްރީން ވަނީ ފަށާފައެވެ.