ސްޕޯޓްސް މިނިސްޓަރުގެ އެޑްވައިޒަރަކަށް މާއްޓޭ

Apr 22, 2026, 1:03 PM
ޒުވާން ޓީޓީ ޓީމުން ހޯދި ކާމިޔާބަށް މަރުހަބާ ކިއުމުގެ ގޮތުން ބޭއްވި އިވެންޓްގެ ތެރެއިން، މާއްޓޭ (މ) ވާހަކަ ދައްކަވަނީ.---- ފޮޓޯ: ސްޕޯޓްސް މިިނިސްޓްރީ

ޒުވާން ޓީޓީ ޓީމުން ހޯދި ކާމިޔާބަށް މަރުހަބާ ކިއުމުގެ ގޮތުން ބޭއްވި އިވެންޓްގެ ތެރެއިން، މާއްޓޭ (މ) ވާހަކަ ދައްކަވަނީ.---- ފޮޓޯ: ސްޕޯޓްސް މިިނިސްޓްރީ

ޔޫތު އެމްޕަވާމަންޓް، ސްޕޯޓްސް އެންޑް ފިޓްނަސް މިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ)ގެ އެޑްވައިޒަރަކަށް މަޝްހޫރު ފުޓްބޯޅަ ކޯޗު އަދި ކުޅިވަރު އެޑްމިނިސްޓްރޭޓަރު، މައުރޫފު އަހުމަދު (މާއްޓޭ) އައްޔަނުކޮށްފި އެވެ. 

މިނިސްޓަރުގެ އެޑްވައިޒަރުގެ މަގާމަށް ހަމަޖެއްސި މާއްޓޭ މަސައްކަތް ކުރުމަށް ހަަމަޖެހިފައިވަނީ، ރާއްޖޭގެ ޑީސެންޓްރަލައިޒޭޝަން (ލާމަރުކަޒުކޮށް) ކަންކަމުގައި މިނިސްޓަރަށް ލަފާ އެރުވުމުގެ ގޮތުންނެވެ.

މާއްޓޭ އަންނަނީ، ކުޅިވަރުގެ އެކި އިވެންޓްތަކުގައި މިހާރު ބައިވެރިވަމުންނެވެ. އެ ގޮތުން، ދާދި ފަހުން، އިންޑިއާގެ ޝިމްލާގައި ބޭއްވި ސައުތު އޭޝިއަން ޔޫތު ޓޭބަލް ޓެނިސް މުބާރާތުން ކާމިޔާބީ ހޯދައިގެން އައި ރާއްޖޭގެ ޒުވާން ގައުމީ ޓީޓީ ކުޅުންތެރިންނަށް މަރުހަބާ ކިޔުމަށް ބޭއްވި އިވެންޓްގައި ވެސް މާއްޓޭ ބައިވެރިވި އެވެ. 

އެފްއޭއެމްގެ ޓެކްނިކަލް ޑައިރެކްޓަރުގެ މަގާމު ވެސް މީގެ ކުރިން އަދާކުރި މާއްޓޭ، ވަނީ މިދިޔަ ސަރުކާރުގައި ސްޕޯޓްސް ކޯޕަރޭޝަނުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވައިފަ އެވެ. އަދި، އެފްއޭއެމް ހިންގުމަށް، 2024 ވަނަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން، މިދިޔަ އަހަރުގެ ޖުލައި މަހުގެ ނިޔަލަށް، ފީފާގެ އެންގުމަށް ކަންކަން ކުރި، ނޯމަލައިޒިން ކޮމިޓީން އެކުލަވާލި ޓެކްނިކަލް ކޮމިޓީގައި ވެސް މާއްޓޭ މަސައްކަތްކުރެއްވި އެވެ.

އެފްއޭއެމްގެ މިހާރުގެ ލީޑަޝިޕުން އެކުލަވާލި އެވޯޑްސް ކޮމިޓީގެ ޗެއާޕާސަން އަކީ ވެސް މާއްޓޭ އެވެ. 

މާއްޓޭ ވަނީ ސްޕެއިނުގެ ޔޯހަން ކްރައިފް އިންސްޓިޓިއުޓުން ސްޕޯޓްސް މާކެޓިން އެންޑް ސްޕޮންސާޝިޕް އިން މާސްޓާސް އަދި ސްޕޯޓްސް ސްޕޮންސާޝިޕުން ޕޯސްޓްގްރެޖުއޭޓް ޑިޕްލޮމާއެއް ހާސިލްކޮށްފަ އެވެ. 

ވިކްޓަރީ ސްޕޯޓްސް ކްލަބްގައި ކޯޗިންގައި ތަފާތު މަސައްކަތްތަކެއް ކޮށްފައިވާ މާއްޓޭ ވަނީ ރާއްޖޭގެ 23 އަހަރުން ދަށުގެ ގައުމީ ޓީމުގެ ކޯޗުކަން ވެސް ކޮށްފަ އެވެ. އަދި، ގައުމީ ފުޓްބޯޅަ ޓީމުން 1991 ވަނަ އަހަރުގެ ސާފް ގޭމްސްގެ ރިހި މެޑަލް ހޯދިއިރު ޓީމުގެ ގޯލުކީޕަރަކަށް ކުޅުނު މާއްޓޭ އަކީ ވިކްޓަރީން 1985 ވަނަ އަހަރު ގައުމީ ފުޓްބޯޅަ މުބާރާތް މިލްކުކުރިއިރު، އެ ޓީމުގެ މުހިއްމު ކުޅުންތެރިއެއް ވެސް މެ އެވެ. އަދި، އޭގެ ފަހުން ކޯޗިން ކެރިއަރު ފަށައި މާއްޓޭ ވަނީ ކޯޗެއްގެ ގޮތުގައި ވިކްޓަރީ އަށް 2002 ވަނަ އަހަރުގެ ގައުމީ ތަށި މިލްކުކޮށްދީ، ތާރީހުން ހާއްސަ ޖާގައެއް ހޯދައިފަ އެވެ.

ސްޕޯޓްސް މިިނިސްޓްރީން ވަނީ ޑެޕިއުޓީ ކޮމިޝަނާ އޮފް ސްޕޯޓްސްގެ މަގާމަށް ގައުމީ ފުޓްބޯޅަ ޓީމުން 2008 ވަނަ އަހަރުގެ ސާފް ޗެމްޕިއަންޝިޕް ކާމިޔާބުކުރިއިރު، ޓީމުގެ މެނޭޖަރު، މުހައްމަދު ހާނިމް ހަމަޖައްސައިފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox