ހައި ކޯޓުގެ އިސްފަނޑިޔާރަކަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފި

ހައި ކޯޓުގެ އިސްފަނޑިޔާރަކަށް ކުރިމަތިލެއްވި ތިން ބޭފުޅުން

ހައި ކޯޓުގެ އިސްފަނޑިޔާރަކަށް ކުރިމަތިލެއްވި ތިން ބޭފުޅުން

ހުސްވެފައިވާ ހައި ކޯޓުގެ އިސްފަނޑިޔާރަކަށް ތިން ބޭފުޅަކު ކުރިމަތިލައްވައިފި އެވެ.

އަދަދު އަށް އެނގިފައިވާ ގޮތުގައި ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް ކުރިމަތިލާން ހުޅުވާލި ފުރުސަތުގައި އެ މަގާމަށް ކުރިމަތިލެއްވީ ފަނޑިޔާރު މުހައްމަދު ޝަނީޒު އަބްދުﷲ އާއި ފަނޑިޔާރު އަބްދުއްރައޫފް އިބްރާހިމް އަދި ފަނޑިޔާރު އަބްދުﷲ ޖަމީލު މޫސާ އެވެ. 

މަގާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައޫފްއަކީ މިދިޔަ ފެބްރުއަރީ މަހު ހައި ކޯޓަށް އައްޔަންކުރި ފަނޑިޔާރެކެވެ. އޭނާ ވަނީ ވެރިކަން ކުރާ ޕީއެންސީގެ ޓިކެޓުގައި މިދިޔަ މަޖިލިސް އިންތިހާބުގައި ކެޔޮދޫ ދާއިރާއަށް ވާދަކުރައްވާ ނާކާމިޔާބީއާ ކުރިމަތިލައްވާފަ އެވެ. 

ޝަރުޢީ އަދި ގާނޫނީ ދާއިރާގައި 23 އަހަރު ޚިދުމަތް ކޮށްދެއްވާފައިވާ ރައޫފް ވަނީ 2011 އިން ފެށިގެން 2022 ގެ ނިޔަލަށް ހައި ކޯޓުގެ ފަނޑިޔާރުކަން ކޮށްފަ އެވެ. 

އިސްފަނޑިޔާރަކަށް ކުރިމަތިލެއްވި މުހައްމަދު ޝަނީޒު އަބްދުﷲ އަކީ 2023 ގައި ހައިކޯޓަށް އައްޔަންކުރެއްވި ފަނޑިޔާރެކެވެ. ގާނޫނީ ދާއިރާގައި ނުވަ އަހަރު ހިދުމަތް ކުރައްވާފައިވާ ޝަނީޒު ވަނީ ގދ. ގައްދޫގެ އިސް މެޖިސްޓްރޭޓްގެ މަގާމުވެސް ފުރުއްވާފަ އެވެ. 

މީގެއިތުރުން އިސްފަނޑިޔާރަކަށް ކުރިމަތިލެއްވި އަބްދުﷲ ޖަމީލް މޫސާ މިދިޔަ އަހަރުގެ އޮގަސްޓް މަހު އެވެ. ފަނޑިޔާރުކަމުގައި 15 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރައްވާފައިވާ އަބްދުﷲ ޖަމީލް މޫސާ ވަނީ ލ. ދަނބިދޫ އަދި ސިވިލް ކޯޓުގެ ފަނޑިޔާރުކަން ވެސް ކޮށްފައިވެ އެވެ. 

މިދިޔަ އަހަރުގެ ނޮވެމްބަރު 19، އިން ފެށިގެން ހައި ކޯޓުގެ ހިންގުމާ ވަގުތީގޮތުން ހަވާލުވެ ހުންނެވީ އަބްދުﷲ ޖަމީލް މޫސާ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނުރައްކާތެރިކޮށް ދުއްވާ މީހުން ހާޒިރުކުރަނީ

މިގޮތުން ހާޒިރުކުރާ މީހުން ކުށް ތަކުރާރުކޮށްފިނަމަ ޖިނާއީ ދައުވާ އުފުލާނެ ކަމަށް ފުލުހުން ބުނާއިރު، އައު ގާނޫނުގެ ދަށުން ބޮޑެތި ޖޫރިމަނާތަކާއި ލައިސެންސް ހިފެހެއްޓުމުގެ ބާރު ފުލުހުންނަށް ވަނީ ލިބިދީފައެވެ.

ރަސްމާލެ ދޫކޮށްލާ އެގްރިމެންޓުގައި ޖުމްހޫރީ ދުވަހު ސޮއި ކުރަނީ

މިދިޔަ ބުރާސްފަތި ދުވަހު "ސަން" އަށް ދެއްވި އިންޓަވިއުއެއްގައި އީގަލް ހިލްސްގެ ވެރިޔާ މުހައްމަދު އަލައްބާރު ވިދާޅުވީ، ޖުމްހޫރީ ދުވަހުގެ ކުރިން ދާއިމީ އެގްރިމެންޓުގައި ސޮއި ކުރަން އޭނާ އުއްމީދު ކުރައްވާ ކަމަށެވެ.

ނޭޝަނަލް ރޯޑްސޭފްޓީ ކައުންސިލްގެ ފުރަތަމަ ބައްދަލުވުން ބާއްވައިފި

މި ކައުންސިލްގެ މައިގަނޑު މަސްއޫލިއްޔަތަކީ ދަތުރުފަތުރުގެ ސިޔާސަތުތަކާއި ސްޓްރެޓެޖީތައް އެކުލަވާލުމުގައި ރައީސުލްޖުމްހޫރިއްޔާއަށާއި ވަޒީރަށް ލަފާދިނުމެވެ. އައު ގާނޫނުގެ ދަށުން ވެހިކަލްގެ އުމުރު ކަނޑައެޅުމާއި، އިތުރު ވެހިކަލްތަކުން ފީ ނެގުމުގެ އިތުރުން މަގުމަތީގެ ސަލާމަތާ ގުޅޭ އައު އުސޫލުތަކެއް ވަނީ ތައާރަފުކޮށްފައެވެ.

ނުވަ ލައްކައެއްހާ ރުފިޔާގެ ބޭރު ފައިސާ ހިފަހައްޓައިފި

ކަސްޓަމްސް އިން ބުނީ ހުއްޓުވީ އިންޑިއާގެ ރައްޔިތެއް ކަމަށެވެ. އޭނާގެ އަތުގައި 905،669 ރުފިޔާއަށްވާ ވަރަށް އެކި ގައުމުތަކުގެ ފައިސާ ހުރި ކަމަށް ކަސްޓަމްސް އިން ބުނެ އެވެ. އެ މީހާ ހުއްޓުވީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުންނެވެ.

"ރަސްމާލެ ޑީލުގެ ގެއްލުމާ ކުރިމަތިލާންޖެހޭނީ ފަހުގެ ޖީލުތަކުން"

ރަސްމާލެ މަޝްރޫއުގެ ބިން ދޭން ނިންމާފައިވާ މުހައްމަދު އަލައްބާރަކީ މުސްލިމުންގެ ވިސްނުން ޔަހޫދީންނާ އެއްގޮތްކުރަން މަސައްކަތްކުރާ މީހެއް ކަމަށް ބުނެ، އަބްދުލް މަތީން ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ. އޭނާ ވިދާޅުވީ މިފަދަ ވިޔަފާރިވެރިންނާއެކު ހިންގާ މުއާމަލާތްތަކުގެ ސަބަބުން އަންނަން އޮތް ޖީލުތަކަށް ބޮޑެތި ގެެއްލުންތަކެއް ކުރިމަތިވާނެ ކަމަށެވެ.

ޕީއެންސީއަށް ސޮއިނުކުރެއްވުމުން އެމްބެސަޑަރު ސަރީރު ވަކިކުރަނީ

ސަރީރަކީ ދިވެހިރާއްޖޭގައި މިވަގުތު ހުންނެވި އެންމެ ތަޖުރިބާކާރު އެއް ޑިޕްލޮމެޓެވެ. ހާރިޖީ ދާއިރާގައި ސަރީރު މަސައްކަތް ކުރައްވަން ފެއްޓެވީ މީގެ 40 އަހަރު ކުރިން 1986 ވަނަ އަހަރެވެ. އޭނާ ވަނީ އެމެރިކާ އަދި ބަންގްލަދޭޝްގެ ސަފީރުގެ މަގާމު މީގެ ކުރިން އަދާކުރައްވާފަ އެވެ.

ޔާމީންގެ ދިފާއީ ހެކިތައް ބަލައިގަންނަން ނިންމައިފި

ޔާމީންގެ ފަރާތުން ހުށަހެޅި ހެކިތަކަކީ ޑޮލަރު މާރުކުރުމުގެ މުއާމަލާތެއް ހިނގިކަން ސާބިތުކުރުމަށް ހުށަހެޅި ހެކިތަކެއް ކަމަށްވާއިރު، ދައުލަތުން އެ ހެކިތަކާ މެދު ކުރި އިއުތިރާޒުތައް ކޯޓުން ބަލައެއް ނުގަތެވެ. މި މައްސަލަ އަލުން ބަލަން ފަށާފައިވަނީ ހައިކޯޓުން ކުރިން ކުރި ހުކުމް ބާތިލުކޮށް، އަލުން މައްސަލަ ބެލުމަށް އަމުރުކުރުމާ ގުޅިގެންނެވެ.

Newsletter

Get the latest news delivered straight to your inbox