ޕީއެންސީގެ އެސްޖީގެ މަގާމަށް އައްޔަނުކުރި މޫސާ ފަތުހީ ޕީސީބީން އިސްތިއުފާދީފި

މޫސާ ފަތުހީ ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަނީ: އޭނާ އެސްޖީގެ މަގާމަށް އައްޔަނުކުރީ އެ މަގާމުގައި ހުރި މުއާޒު ހަލީމް އިސްތިއުފާ ދެއްވުމުން --- ފޮޓޯ: އެމްއެމްޓީވީ

މޫސާ ފަތުހީ ޓީވީ ޕްރޮގްރާމެއްގައި ވާހަކަދައްކަވަނީ: އޭނާ އެސްޖީގެ މަގާމަށް އައްޔަނުކުރީ އެ މަގާމުގައި ހުރި މުއާޒު ހަލީމް އިސްތިއުފާ ދެއްވުމުން --- ފޮޓޯ: އެމްއެމްޓީވީ

ސަރުކާރާއި ރައްޔިތުންގެ މަޖިލީހުގެ ކޮންޓްރޯލް އޮތް ޕީއެންސީގެ ސެކެޓްރީ ޖެނެރަލް ކަމަށް އައްޔަނުކުރި މޫސާ ފަތުހީ ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ މެންބަރުކަމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ޕީސީބީން މިއަދު ސޯޝަލް މީޑިއާގައި އާކުރި ޕޯސްޓެއްގައި ބުނީ، ބޯޑު މެންބަރުކަމުން ވަކިވުމަށް އެދި މޫސާ ފަތުހީ ހުށަހެޅުއްވި އިސްތިއުފާގެ ސިޓީ ގަބޫލުކޮށްފައިވާ ކަމަށެވެ. ފަތުހީއަކީ ޕީސީބީގެ ބޯޑުގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ ތެރެއިން ގާނޫނީ ދާއިރާ ތަމްސީލުކުރައްވާ މެންބަރެވެ.

އޭނާއަކީ ލޯކަލް ގަވަމެންޓް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރު ވެސްމެ އެވެ. ނަމަވެސް، މިނިސްޓްރީތަކަށް ގެނައި ބަދަލާއެކު، މިހާރު އޭނާ ވަޒީފާ އަދާކުރަމުން ގެންދަވަނީ ކޮން މިނިސްޓްރީއެއްގައި ކަމެއް ނޭނގެ އެވެ.

މޫސާ ފަތުހީ މަގާމުން އިސްތިއުފާދެއްވާފައި މި ވަނީ، ވެރިކަން ކުރާ ޕީއެންސީގެ ސެކްރެޓަރީ ޖެނެރަލްގެ މަގާމަށް އޭނާ މިއަދު އައްޔަނުކުރުމަށްފަހު އެވެ. އޭނާ އެ މަގާމު ހުސްވީ، އެ މަގާމުގައި ހުރި މުއާޒު ހަލީމް އެ މަގާމުން އިސްތިއުފާދެއްވުމާ ގުޅިގެންނެވެ.

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑަކީ ދައުލަތުގެ ވިޔަފާރި ތަންތަން ޕްރައިވަޓައިޒް ކުރުމާއި، ކޯޕަރަޓައިޒް ކުރުމާއި އަދި މޮނިޓަރކޮށް އިވެލުއޭޓް ކުރުމުގެ ގާނޫނުގެ ދަށުން އުފައްދާފައިވާ ބޯޑެކެވެ.

މި ބޯޑުގެ މައިގަނޑު މަސްއޫލިއްޔަތަކީ ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބޯޑުތަކަށް މެންބަރުން އައްޔަނުކުރުމާއި، އެ ކުންފުނިތަކުގެ ހިންގުން ހަރުދަނާ އުސޫލުތަކެއްގެ މަތިން ކުރިއަށްދޭތޯ ބެލުމެވެ. ހަތް މެންބަރުންގެ މައްޗަށް އެކުލެވޭ މި ބޯޑަށް މެންބަރުން އައްޔަނުކުރައްވަނީ ރައީސުލްޖުމްހޫރިއްޔާ އެވެ.

ފަތުހީ އިސްތިއުފާ ދެއްވުމާ ގުޅިގެން މިހާރު ބޯޑުގައި ހިމެނިވަޑައިގަންނަވަނީ ހަ މެންބަރުންނެވެ. ގާނޫނު ބުނާގޮތުން ބޯޑުގެ މެންބަރަކު އިސްތިއުފާ ދެއްވައިފިނަމަ، ވީ އެންމެ އަވަސް ފުރުސަތެއްގައި އެ މަގާމަށް އާ މީހަކު އައްޔަނު ކުރަން ޖެހެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox