ނާޒިމްއަށް ޕީއެންސީގެ އިތުބާރު ގެއްލުނު ސަބަބު އަބްދުއްރަހީމަށް ސާފެއްނުކޮށްދެވުނު

ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހު، މަޖިލީހުގެ ކުރީގެ ނައިބު ރައީސް ނާޒިމް އަދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް (ކ-ވ) ޕީއެންސީގެ އެހެން މަޖިލިސް މެންބަރުންނާއެކު ---- ފޮޓޯ: އަދަދު

ޕީއެންސީގެ ޕީޖީ ލީޑަރު ފަލާހު، މަޖިލީހުގެ ކުރީގެ ނައިބު ރައީސް ނާޒިމް އަދި މަޖިލީހުގެ ރައީސް އަބްދުއްރަހީމް (ކ-ވ) ޕީއެންސީގެ އެހެން މަޖިލިސް މެންބަރުންނާއެކު ---- ފޮޓޯ: އަދަދު

ދިއްގަރު ދާއިރާގެ ޕީއެންސީގެ މަޖިލިސް މެންބަރު އަހްމަދު ނާޒިމަށް ޕީއެންސީ ލީޑާޝިޕްގެ އިތުބާރު ގެއްލުނު ސަބަބު ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އަށް ސާފުކޮށްނުދެވުނެވެ. 

ޕީއެންސީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަބްދުއްރަހީމް ވިދާޅުވީ ނާޒިމްއަށް އިތުބާރު ނެތުމުގެ ސަބަބުން ޕީއެންސީގެ ދިއްގަރު ދާއިރާގެ ރައީސްގެ މަގާމުން އޭނާ މިހާރު ވަކިކޮށްފައިވާ ކަމަށެވެ. ނަމަވެސް ޕީއެންސީން ނާޒިމްއަށް ކުރަމުންދިޔަ އިތުބާރު ގެއްލުނު ސަބަބަކީ ކޮބައިތޯ ތަކުރާރުކޮށް ސުވާލުކުރުމުންވެސް އަބްދުއްރަހީމް ވަނީ އެ ސުވާލަށް ޖަވާބު ދެއްވަން ދެކޮޅު ހައްދަވާފަ އެވެ. 

"ނޫން. ވަކި އަމަލުތަކެއް މިހެންވެގެންނޭ އަޅުގަނޑު ދަންނަވާކަށް ނެތިން. އަޅުގަނޑުމެންނަށް އިތުބާރު، ލީޑާޝިޕަށް އިތުބާރު ނެތީމަ ވަކިކުރީ. ދެން ސަބަބު އަޅުގަނޑު މިދެންނެވީތާ، އަޅުގަނޑުމެންނަށް އިތުބާރު ނެތީމައޭ. ދެން ބައިވަރު ސަބަބުތައް ހުންނާނެތާ. މި ބައްދަލުވުމުަގައި އަޅުގަނޑު ބޭނުމެއް ނޫން އޭގެ ތަފްސީލަކަށް ދާކަށެއް،" އޭނާ ވިދާޅުވި އެވެ. 

ރައްޔިތުންގެ މަޖިލީހުގެ ނައިބުރައީސްކަމުގައި ނާޒިމް ހުންނަވަނިކޮށް އޭނާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް މަޖިލީހަށް ހުށަހަޅާނީ އިތުބާރު ނެތުމުންކަން ފާހަގަކުރައްވާ އަބްދުއްރަހީމް ވިދާޅުވީ ދިއްގަރު ދާއިރާގެ ރައީސްކަމުގެ މަގާމުން ނާޒިމް ވަކިކުރަން ނިންމީ ޕީއެންސީގެ ލީޑާޝިޕުން ކަމަށެވެ. 

އަބްދުއްރަހީމް ވިދާޅުވީ ޕީއެންސީގެ ކޮންގްރެސް ތެރެއިން ދިއްގަރު ދާއިރާގެ ރައީސަށް މެންބަރަކު ހޮވާނެ ކަމަށެވެ. އެއީ ޕީއެންސީގެ އަސާސީ ގަވާއިދު ބުނާ ގޮތުގައި މަޖިލިސް މެންބަރަކު ހުންނަ ދާއިރާއަކުން އެ މެންބަރަކު ވަކިކުރުމުން، އައު ދާއިރާ ރައީސެއް ހޮވަންޖެހޭތީ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. 

ޕީއެންސީގެ މެންބަރުކަމުން ނާޒިމް ވަކިކުރުމުގެ ވިސްނުމެއް މިވަގުތު ނުގެންގުޅުއްވާ ކަމަށްވެސް އަބްދުއްރަހީމް ވިދާޅުވި އެވެ. އޭނާ ޕީއެންސީގެ މެންބަރުކަމުން ވަކިކޮށްފިނަމަ، މަޖިލީހުގެ ދިއްގަރު ދާއިރާގެ ގޮނޑި ގެއްލޭނެ އެވެ. 

މަޖިލިސް ނައިބު ރައީސްކަމުން ނާޒިމް އިސްތިއުފާ ދެއްވީ އޭނާ ވަކިކުރުމަށް ޕީއެންސީގެ 73 މެންބަރުން ސޮއިކުރުމަށް ފަހު ހުށަހެޅި މައްސަލައިގައި ބާއްވަން ތާވަލުކުރި ޖަލްސާ ފެށުމުގެ ކުޑަ ވަގުތުކޮޅެއް ކުރިންނެވެ.

އޭނާ ވަކިކުރަން ޕީއެންސީން މަޖިލީހަށް ހުށަހެޅި ގަރާރުގައި ތުހުމަތުކޮށްފައިވަނީ ނާޒިމް "ވަކި ސިޔާސީ ފިކުރަކަށް ބުރަވެ" މަޖިލީހުގެ ތެރޭގައި މަސްލަހަތު ނަގާލަން މަސައްކަތް ކުރާ ކަމަށެވެ. ނާޒިމްއަށް ޕީއެންސީގެ އިތުބާރު ގެއްލުނު ސީދާ ސަބަބެއް މިހާތަނަށް ހާމަކޮށްފައެއް ނުވެ އެވެ. 

ނަމަވެސް ޕީއެންސީން ކުރި ތުހުމަތުތައް ދޮގުކުރައްވާ ނާޒިމް ވިދާޅުވީ މަޖިލީހުގެ ނައިބު ރައީސްގެ ހައިސިއްޔަތުން ނުވަތަ މެންބަރެއްގެ ހައިސިއްޔަތުން ވިޔަސް، ކޮށްފައިވާ ނުވަތަ ނުކޮށް ދޫކޮށްލާފައިވާ ކަމަކާއި ގުޅިގެން އެއްވެސް މެންބަރަކު އޭނާ ގާނޫނުއަސާސީއާ ނުވަތަ މަޖިލީހުގެ ގަވާއިދާ ހިލާފުވިކަމުގެ ޝަކުވާ ކުރިން އުފުލާފައި ނުވާ ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox