އިންޓަ ސްކޫލް ބަދަލުވީ ރާއްޖެ ޖޫނިއާ ޗެމްޕިއަންޝިޕަށް!
ރާއްޖޭގެ ސްކޫލްތަކުގެ މެދުގައި ބާއްވާ ކުޅިވަރު މުބާރާތްތަކަށް ކިޔަމުން އައި "އިންޓަ ސްކޫލް" ނަން "ރާއްޖެ ޖޫނިއާ ޗެމްޕިއަންޝިޕް" އަށް ބަދަލުކޮށް، އެކި ރީޖަންތަކަށް ބަހާލައިގެން މުބާރާތްތައް ބޭއްވުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ ކުޅިވަރު އެސޯސިއޭޝަންތަކާ ގުޅިގެން ކުރި މަޝްވަރާތަކަށް ފަހު ނިންމާފައި.