އެކްސިޑެންޓުތަކުގައި ލިބޭ ގެއްލުމުގެ ބަދަލު ނަގައިދެވޭ ގޮތަށް ކޮމްޕްރެހެންސިވް މޮޓޯ އިންޝުއަރެންސެއް ތައާރަފުކުރަން އިސްލާހެއް

މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ): -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

މެންބަރު މުހައްމަދު އިބްރާހިމް (ކުޑޫ): -- ފޮޓޯ: ރައްޔިތުންގެ މަޖިލިސް

އެކްސިޑެންޓެއްގެ ސަބަބުން ދާއިމީ ނުކުޅެދުންތެރިކަމެއް ލިބޭ މީހުންނަށާއި އެކްސިޑެންޓުތަކުގެ ޝިކާރައަކަށްވެ ގެއްލޭ ފުރާނަތަކަށް ބަދަލު ނަގައިދެވޭ ގޮތަށް ކޮމްޕްރެހެންސިވް މޮޓޯ އިންޝުއަރެންސް ޕޮލިސީއެއް ތައާރަފުކޮށް އެފަދަ އުސޫލެއް ގާއިމުކުރަންޖެހޭ ގޮތަށް އެއްގަމު ދަތުރުދަތުރުގެ ގާނޫނަށް އިސްލާހެއް ހުށަހަޅައިފި އެވެ.

އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް އިސްލާހެއް ހުށަހަޅުއްވީ ގަލޮޅު އުތުރު ދާއިރާގެ މަޖިލިސް މެންބަރު، މުހައްމަދު އިބްރާހިމް (ކުޑޫ) އެވެ.

އެއްގަމު ދަތުރުފަތުރު ކުރުމުގެ ބިލަށް އިސްލާހު ހުށަހެޅުމުގެ މަގުސަދަކީ އެއްގަމު ދަތުރުފަތުރުކުރާ އުޅަނދުތައް މިހާރުވެސް ތާޑް ޕާޓީ އިންޝުއަރެންސް ކުރަން ލާޒިމުކޮށްފައިވީ ނަމަވެސް، ކޮމްޕްރެހެންސިވް މޮޓޯ އިންޝުއަރެންސެއް ނެތުމުގެ ސަބަބުން އުޅަނދަށް ނުވަތަ އުޅަނދު ދުއްވާ މީހާއަށް ލިބޭ ގެއްލުމަށް ލިބޭ ގެއްލުމަށް ބަދަލު ލިބުމަށް ހުރަސްއެޅޭތީ އެކަމަށް ހައްލެއް ހޯދުމަށް ކަމަށް ކުޑޫ ވިދާޅުވި އެވެ.

Advertisement

"އެއްގަމު ދަތުރުފަތުރު ކުރުމުގެ ގާނޫނުގެ ދަށުން މިހާރު ރާއްޖޭގައި ހަމައެކަނި މަޖުބޫރު ކުރެވިފައި ވަނީ ތާޑް ޕާޓީ އިންޝުއަރެންސް، އެކްސިޑެންޓެއްގެ ސަބަބުން ދާއިމީ ނުކުޅެދުންތެރިކަމެއް ނުވަތަ ދާއިމަށް ބޭސްކުރަންޖެހޭ ކަމެއް، ގެއްލުމެއް ލިބޭ ހާލަތްތަކުގައި އެފަދަ ގެއްލުމަކަށް އެކަށޭނަ ބަދަލު އިންޝުއަރެންސްގެ ޒަރިއްޔާއިން ހޯދޭނެ ނިޒާމެއް މި ވަގުތު ގާއިމު ކުރެވިފައެއް ނުވޭ،" ކުޑޫ ވިދާޅުވި އެވެ.

ކުޑޫ ހުށަހަޅުއްވާފައިވާ އިސްލާހުގައި ކޮމްޕްރެހެންސިވް މޮޓޯ އިންޝުއަރެންސް މާނަކޮށްފައި ވަނީ ފަސްކަމެއް އޭގައި ހިމެނޭ ގޮތަށެވެ. އެއީ:

  • އެކްސިޑެންޓެއްގެ ސަބަބުން ތިންވަނަ ފަރާތެއް މަރުވުމުން، ނުވަތަ ތިންވަނަ ފަރާތަކަށް ޖިސްމާނީ ހާނީއްކައެއްވުމުން، ނުވަތަ ތިންވަނަ ފަރާތުގެ މުދަލަށް ލިބޭ ގެއްލުމަށް ޒިންމާވުން
  • އަމިއްލަ އުޅަނދަކަށް އެކްސިޑެންޓެއްގެ ސަބަބުން ލިބޭ ސީދާ ގެއްލުމަށް އަދި، އުޅަނދު ފުރޮޅައިލުމުގެ ސަބަބުން ނުވަތަ އެކްސިޑެންޓެއްގެ އަސަރުކުރުމުން ލިބޭ ގެއްލުމަކަށް ޒިންމާވުން
  • އަލިފާނުގެ ސަބަބުން، ނުވަތަ ވަގަށްނެގުމުގެ ސަބަބުން ނުވަތަ ގެއްލުންދިނުމުގެ ސަބަބުން ނުވަތަ ގެއްލުންދިނުމުގެ ގަސްދުގައި ކުރާ ކަންކަމުގެ ސަބަބުން ލިބޭ ގެއްލުމަށް ޒިންމާވުން
  • މި ގާނޫނުގެ ދަށުން ހަދާ ގަވާއިދުގައި ބަޔާންކުރާ މިފަދަ އެންމެހައި ކަންކަން

އެ އިސްލާހު ގާނޫނަކަށްވުމާއެކު، އެ ގާނޫނުގެ ދަށުން މޮޓޯ އިންޝުއަރެންސްއާ ބެހޭ ގަވާއިދެއް ހަދައި އެ ގާނޫނަށް އަމަލުކުރަން ފަށާތާ ތިން މަސްދުވަސް ތެރޭގައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އާންމުކުރަންވާނެ ކަމަށް ވެސް އެ އިސްލާހުަގައި ބަޔާންކޮށްފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ވިއްކާލުމާ ރައްޔިތުން ދެކޮޅު ހެދުމަށް ގޮވާލައިފި

"ވެދާނެ އަޅުގަނޑުމެންނަށް ކުރެވޭނެ މާ ގިނަ ކަންތައްތަކެއް ނެތީ ކަމަށް. އެހެންނަމަވެސް ހަމަ ގައިމު ވެސް އަޅުގަނޑުމެންނަށް ކުރެވޭނެ އެއް ކަމެއް އެބަ އޮތް. އެއީ ދެކޮޅު ހެދުން. ރެސިސްޓު ކުރުން ނޫނެކޭ ބުނުން. ތިޔައީ ގޯހެކޭ ބުނުން. ހައްގު ބަސް ބުނުން،" އަލީ ވިދާޅުވި އެވެ.

ކުދި ވިޔަފާރިތަކަށް ލުއިތަކެއް ދޭން ނިންމިކަން އިއުލާނުކޮށްފި

ޓެކްސްއަށް ގެނައި ބަދަލަކީ، ސަރުކާރުން ވިޔަފާރިތަކަށް ދޭން އޮންނަ އެއްޗެއް ކެނޑުމަށްފަހު ޓެކްސް ދައްކަންޖެހޭ ގޮތް ހެދުމެވެ. ކުދި ވިޔަފާރިތަކުން އެތެރެ ކުރާ، ޑިއުޓީ ކަނޑާލެވޭނެ ތަކެތީގެ ލިސްޓެއް ވެސް އާންމު ކުރައްވާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އިންޑިއާ-ޕާކިސްތާނު ކޯޅުމުގެ ތެރެއަށް މުއިއްޒު ރާއްޖެ ވައްދައިފި

"ކުދި ގައުމުތައް، ހާއްސަކޮށް ދިވެހިރާއްޖެ ފަދަ ކުދި ގައުމުތަކަށް ދިމާވާނެ ނުރައްކާތެރިކަން ބޮޑު އިރުގައި، ރައީސް މުއިއްޒު ބައްލަވައިލުމެއް ނެތި ޕާކިސްތާނަށް ވަޑައިގެން އަނެއްކާ ދިވެހިރާއްޖެ އިންޑިއާ އާއި ޕާކިސްތާނުގެ ދެ ބަސްވުންތަކުގެ ތެރެއަށް ގެންނަވައިފި،" ނަޝީދު ވިދާޅުވި އެވެ.

"މުއިއްޒު ވެރިކަމުގައި ބެހެއްޓުމަކީ ދިވެހިންނަށް އޮތް ގެއްލުމެއް"

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތައް ނުހިންގުމާއި، އިޤްތިޞާދީ ގޮތުން އެކަށީގެންވާ ސިޔާސަތުތަކެއް ނެތުމުގެ ސަބަބުން ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ވަމުންދާ ކަމަށް ރައީސް ނަޝީދު ވިދާޅުވެއްޖެއެވެ. ޚާއްޞަކޮށް ޑޮލަރުގެ އަގު އުފުލި ތަކެތީގެ އަގު ބޮޑުވުމާއި، ރާއްޖޭގެ ރިޒާވް ދަށްވުމުގެ އިތުރުން ޚާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ނުރައްކާވަމުންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ރަސްމާލެއިން ބިން ދޫކުރުމަކީ ނުރައްކާތެރި ސިޔާސަތެއް"

ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ދޫކުރުމަކީ ގައުމުގެ ދީނީ އަދި ސަގާފީ އަމާންކަމަށް އޮތް ނުރައްކަލެއް ކަމަށް ކުރީގެ މެންބަރު މުޙައްމަދު އަމީތު ވިދާޅުވެއްޖެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ހަމައެކަނި އިންވެސްޓްމަންޓަށް ބަލައި ބިންތައް ދޫކުރުމަކީ ރާއްޖޭގެ އެއްބައިވަންތަކަން ގެއްލި، ގައުމުގައި ބޮޑު ފިތުނައެއް އުފެދިދާނެ ކަމެކެވެ.

"ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން މިރޭ ފޯރަމެއް ބާއްވަނީ

ރަސްމާލެ މަޝްރޫއާ ދެކޮޅަށް "ދިވެހީންގެ ބިން ދިވެހީންނަށް" ހަރަކާތުން ބާއްވާ ސިލްސިލާ ފޯރަމްތަކުގެ ފުރަތަމަ ބައްދަލުވުން މިރޭ މ. ފިނިފަރުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ފޯރަމަކީ އެ މަޝްރޫއާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތަކަށް ރައްޔިތުން ހޭލުންތެރިކުރުވުމަށާއި، އާންމުންނަށް ސުވާލުކުރުމުގެ ފުރުސަތު ދިނުމަށް ބާއްވާ ހަރަކާތެކެވެ.

ރަސްމާލެ މަޝްރޫއުއާމެދު އެމްޑީޕީން އަމަލުކުރާނެގޮތެއް ކަނޑައަޅަނީ

މި ބައްދަލުވުން ބޭއްވުމަށް ޕާޓީގެ އިސްވެރިން ތާއީދުކުރެއްވި ނަމަވެސް، ޔޫއޭއީއާ ގުޅުން ހުރި މި މަޝްރޫއާ ދެކޮޅަށް ވާހަކަދެއްކުމަކީ ޕާޓީއަށް ގެއްލުންވާނެ ކަމެއް ކަމަށް ވިދާޅުވެ މުހައްމަދު ނަޝީދު ވަނީ އެކަމާ ދެކޮޅު ހައްދަވާފައެވެ.

Newsletter

Get the latest news delivered straight to your inbox