ސުކޫކް ދެއްކިޔަސް އޭގެ ފައިދާ މިވަގުތު އިގުތިސޯދަށް ނުކުރޭ: ޒަމީރު

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު: ސުކޫކަށް ފައިސާ ދެއްކިޔަސް ހަނގުރާމައިގެ ދަނޑިވަޅުވީމަ، އިގްތިސޯދަށް ފައިދާ ނުކުރާ ކަމަށް މިނިސްޓަރު ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު: ސުކޫކަށް ފައިސާ ދެއްކިޔަސް ހަނގުރާމައިގެ ދަނޑިވަޅުވީމަ، އިގްތިސޯދަށް ފައިދާ ނުކުރާ ކަމަށް މިނިސްޓަރު ވިދާޅުވި -- ފޮޓޯ: ރައީސް އޮފީސް

ދައުލަތުގެ ރަސްމީ ރިޒާވާއި ސޮވަރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރި ޑޮލަރު ބޭނުންކޮށްގެން ސުކޫކަށް ދައްކަން ޖެހޭ 524.68 މިލިއަން ޑޮލަރު ދެއްކިޔަސް އޭގެ ފައިދާ އިގުތިސޯދަށް މިވަގުތު ނުކުރާ ކަމަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު އިއްޔެ ވިދާޅުވެއްޖެ އެވެ. 

މެދުއިރުމަތީގައި ކުރަމުންދާ ހަނގުރާމައާ ގުޅޭގޮތުން އެކުލަވާލާފައިވާ މިނިސްޓަރުންގެ ކޮމިޓީން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޒަމީރު ވިދާޅުވީ ސުކޫކަށް ފައިސާ ދެއްކިޔަސް ހަނގުރާމައިގެ ދަނޑިވަޅުވީމަ، އިގްތިސޯދަށް އޭގެ ސަބަބުން ފައިދާ ނުކުރާ ކަމަށެވެ. 

"ފައިސާ ދައްކާ ނިމުނުއިރުގައި [ސުކޫކަށް] އަންފޯޗުނަޓްލީ ހަނގުރާމައިގެ ތެރޭގައިވީމަ މީގައި އަސްލު އެންމެ ބޮޑަށް ބެނެފިޓްސް އަޅުގަނޑުމެންނަށް އިގްތިސޯދަށް ނުލިބޭކަހަލަ ގޮތަކަށް މިފެންނަނީ،" ޒަމީރު ވިދާޅުވި އެވެ. 

ޒަމީރު ވިދާޅުވީ މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެން ރާއްޖޭގެ އިގްތިސޯދު އޮތް އަނދަވަޅުން ނެގުމަށް ކުރެއްވި އެންމެ ބޮޑު މަސައްކަތަކީ ދުރާލައި ސުކޫކު ދެއްކޭނެ މަގުފަހި ކުރުން ކަމަށްވާއިރު، އެކަން ކާމިޔާބުކަމާއެކު ސަރުކާރުން ކޮށްފައިވާ ކަމަށެވެ. 

"ﷲ ގެ ރަހުމަތުން އެކަން ވެފައި މިއޮތީ ރައީސް ޑރ. މުއިއްޒު ވަރަށް ދުރާލައި ރާވައިގެން 2023 ވަނަ އަހަރުގެ ވެރިކަމާ ހަވާލުވެވަޑައިގެން ފަހުން އެއްކޮށް ރާއްޖޭގެ އިގްތިސޯދު އޭރު އޮތް އަނދަވަޅުން ނެގުމަށްޓަކައި ކުރެވުނު އެންމެ ބޮޑު މަސައްކަތަކުގެ ތެރެއިން އެންމެ ކާމިޔާބު މަސައްކަތަކަށް ރައީސް ނިންމަވާފައި އޮތީ ސުކޫކުގެ ކަންތައް،" ޒަމީރު ވިދާޅުވި އެވެ. 

ހަނގުރާމައިގެ ސަބަބުން ސުކޫކު ދެއްކިޔަސް އޭގެ ފައިދާ ސަރުކާރަށް މިދަނޑިވަޅުގައި ނުކުރިޔަސް، އޭގެ ފައިދާ ހަނގުރާމަ ނިމުމުން ކުރާނެ ކަމަށް ޒަމީރު ވިދާޅުވި އެވެ. އެގޮތުން ޒަމީރު ވިދާޅުވީ މެދުރާސްތާގައި ދަރަނީގެ ނިސްބަތް ކުޑަވުމުން ލިބޭނެ ފައިދާވެސް ހުންނާނެ ކަމަށެވެ. 

"އެކަމަކު އިރާދަކުރެއްވިއްޔާ ހަނގުރާމަ ނިމިގެންދާއިރުގައި ރައީސް އެ ނެންގެވި ހަރުދަނާ ފިޔަވަޅުތަކުގެ ސަބަބުން އަޅުގަނޑުމެންނަށް ވާނެ ފައިދާތައް އިރާދަކުރެއްވިއްޔާ މެދުރާސްތާގައި ދަރަނީގެ ނިސްބަތް ކުޑަވެގެން ދިއުމާއި އަދި މިގޮތުން ލިބޭނެ ފައިދާތައް ހުންނާނެ،"

މީގެއިތުރުން ޒަމީރު ވިދާޅުވީ އެއްވެސް ކްރެޑިޓް ރޭޓިން އެޖެންސީއަކުން ބަދަލެއް ނުގެނެސްގެން އުޅެނީ ހަނގުރާމައިގެ ސަބަބުންކަން ފާހަގަކުރައްވާ ޒަމީރު ވިދާޅުވީ އެކަމާ ގުޅިގެން ހުރިހާ ހިސާބުތަކާއި ފޯކާސްޓްތައް ހިއްސާކޮށް މަޝްވަރާކުރި ކަމަށެވެ. 

ރިޒާވާއި އެސްޑީއެފް ބޭނުންކޮށްގެން ސުކޫކަށް 500 މިލިއަން ޑޮލަރު ދައްކައިފި

އެސްޑީއެފްގައި ހުރި ފައިސާ އާއި ރިޒާވު ބޭނުންކޮށްގެން ސުކޫކު ދެއްކި ކަމަށް ފިނޭންސުން ބުނި ނަމަވެސް އޭގެ ތަފުސީލުތަކެއް ނުދޭ.

"އެއްވެސް ކްރެޑިޓް ރޭޓިން އެޖެންސީއަކުން ބަދަލެއް ނުގެނޭ. މި އަންސާޓަނަޓީ ބޮޑުކަމުން ކަމަށް އަޅުގަނޑުމެން ގަބޫލުކުރަނީ.  އެކަމަކު އަޅުގަނޑުމެން މަޝްވަރާކޮށް އަޅުގަނޑުމެންގެ ހުރިހާ ފިގާސްތަކާ އެއްޗެހިތައް އަޅުގަނޑުމެން ހުންނާނެ  އެ ހުރި ހުރިހާ ބެލެންސްތަކާއި އަދި އިތުރަށް ފޯކާސްޓްކުރެވޭ ގޮތްތައް އަޅުގަނޑުމެން ހުންނާނީ މިފަރާތްތަކާ ހަވާލުކޮށްފައި،" 

500 މިލިއަން ޑޮލަރާއި ސުކޫކުގެ ފައިދާއަށްވާ ރޭޓަށްވާ 24.68 މިލިއަން އެމެރިކާ ޑޮލަރާއެކު ޖުމްލަ 524.68 މިލިއަން އެމެރިކާ ޑޮލަރު ސަރުކާރުން ދައްކައި ހަލާސްކުރީ އެޕްރީލް 2، ގަ އެވެ. 

ސުކޫކަށްވާ ފައިސާ އެސްޑީއެފްގައި ހުރި ފައިސާ އާއި ރިޒާވު ބޭނުންކޮށްގެން ސުކޫކު ދެއްކި ކަމަށް ފިނޭންސުން ބުނި ނަމަވެސް އޭގެ ތަފުސީލުތަކެއް ނުދެ އެވެ. މީގެ ކުރިން ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެފައި ވަނީ ފައިސާ ދެއްކުމަށް ފަހު އޭގެ ތަފުސީލުތައް ހާމަކުރާނެ ކަމަށެވެ.

ފިނޭންސުން ވަނީ މި މަހުގެ ނިޔަލަށް އަދާކުރަން ޖެހޭ އަބޫ ދާބީ ފަންޑުގެ 100 މިލިއަން ޑޮލަރު ރޯލްއޯވާކުރުމުގެ މަސައްކަތްވެސް ނިންމާފަ އެވެ. 

ރިޒާވާއި އެސްޑީއެފްގައި ހުރި ފައިސާ ބޭނުންކޮށްގެން ސުކޫކަށް އަނބުރާ ފައިސާ ދެއްކުމަކީ ސަރުކާރުގެ ޕްލޭން ކަމަށް މުއިއްޒު ހާމަކުރެއްވީ، މިދިޔަ މަހުގެ 2 ގައި، ރައީސް އޮފީހުގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެވެ. އެ ދުވަހު ރައީސް ވިދާޅުވީ އެސްޑީއެފްގައި 320 މިލިއަން ޑޮލަރު އަދި ޔޫސަބަލް ރިޒާވުގައި ހުރި 330 މިލިއަން ޑޮލަރު އެބަހުރި ކަމަށެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން އެންމެ ފަހުން އާންމުކޮށްފައިވާ ރިޒާވު ހިސާބުތަކުން ދައްކާ ގޮތުގައި، ފެބްރުއަރީ މަސް ނިމުނުއިރު ޖުމްލަ ރިޒާވުގައި 1.27 ބިލިއަން ޑޮލަރު އެބަހުއްޓެވެ. ބޭނުންކުރެވޭ ރިޒާވުގައި ހުރީ 337 މިލިއަން ޑޮލަރެވެ.

އެސްޑީއެފްގައި އެންމެ ފަހުން ހުރި ކަމަށް ބުނާ 350 މިލިއަން ޑޮލަރާއި ބޭނުންކުރެވޭ ރިޒާވުގައި ހުރި ފައިސާ އެއްކޮށްލުމުން ހުރި ޖުމްލަ 687 މިލިއަން ޑޮލަރަށް އަރަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޖިންސީ ގޯނާގެ ތުހުމަތުގައި އަބްދުالله ޝާހިދު ހައްޔަރުކޮށްފި

ފުލުހުން ބުނެފައިވާ ގޮތުގައި ޝާހިދު ހައްޔަރުކުރީ 18 އަހަރުން ދަށުގެ ކުއްޖަކަށް ޖިންސީ ގޯނާކުރިކަމުގެ ތުހުމަތުގަ އެވެ. އޭނާގެ މައްޗަށް ކުރާ ތުހުމަތުތައް ޝާހިދު ވަނީ ދޮގުކުރައްވާފައި.

މޯލްޑިވިއަންއިން ކިންގް އެއާ 360 މަރުކާރުގެ ބޯޓެއް ގެނެސްފި

މޯލްޑިވިއަން އާއި ނިލާ ކޮރަލް އައިލެންޑް ރިސޯޓު ގުޅިގެން، ލަގްޒަރީ ފެންވަރުގައި ފަތުރުވެރިން އުފުލުމަށް "ކިންގް އެއާ 360" މަރުކާގެ ބޯޓެއް ރާއްޖެ ގެނެސްފިއެވެ. އަށް ފަސިންޖަރުންގެ ޖާގަ ހިމެނޭ މި ބޯޓު މައިގަނޑު ގޮތެއްގައި ބޭނުންކުރާނީ އެ ރިސޯޓަށް ފަތުރުވެރިން އުފުލުމަށާއި ރާއްޖޭގެ އެކި ސަރަހައްދުތަކަށް ޗާޓަރު ދަތުރުތައް ކުރުމަށެވެ.

ތެލުގެ ސަބްސިޑީއަށް މި އަހަރު ރެކޯޑު 4.8 ބިލިއަން ރުފިޔާ ހޭދަވާނެ

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލުމާ ގުޅިގެން، މި އަހަރު ތެލުގެ ސަބްސިޑީއަށް 4.8 ބިލިއަން ރުފިޔާ ހޭދަވާނެ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ އަންދާޒާކޮށްފަ. މިއީ ކުރިން ބަޖެޓުކުރި އަދަދަށްވުރެ 2.7 ގުނަ އިތުރު އަދަދެއް ކަމަށާއި، އަންނަ އަހަރުގެ ބަޖެޓުގައި ވެސް ތެލުގެ ސަބްސިޑީއަށް ރެކޯޑު އަދަދެއް ކަމަށްވާ 3.9 ބިލިއަން ރުފިޔާ ވަނީ ހިމަނާފަ.

ރިވެލި ބީޗް ރެސްޓޯރެންޓު ހުސްކުރަން އެޗްޑީސީން އަންގައިފި

އެޗްޑީސީން ބުނީ މި ނިންމުން ނިންމާފައިވަނީ އެކަށީގެންވާ ނޯޓިސްތަކާއި ފުރުސަތުތައް ދިނުމަށްފަހު ކަމަށާއި، މިއަދުން ފެށިގެން އެ ބިމުގައި އެއްވެސް ވިޔަފާރި މުއާމަލާތެއް ނުހިންގޭނެ ކަމަށެވެ.

ރަސްމާލެ މައްސަލައިގައި ރިފަރެންޑަމްއަކަށް ދާން ހުށަހަޅައިފި

ބިދޭސީންނަށް ވަޒަންވެރިވެވޭ ގޮތަށް ރަސްމާލެއިން 500 ހެކްޓަރުގެ ބިން 99 އަހަރަށް ބޭރު ކުންފުންޏަކަށް ދިނުމާ މެދު ރައްޔިތުންގެ ފެންނަނުފެންނަ ވޯޓެއް ނެގުމަށް އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ. މިފަދަ ވޯޓަކަށް ދާން ހުށަހެޅީ މި މަޝްރޫއުގެ ސަބަބުން ގައުމުގެ މަސްލަހަތަށް ބޮޑު އަސަރެއް ކޮށްފާނެތީ ކަމަށް އެ ޕާޓީން ބުނެއެވެ.

ޓެކްސް އަޅައިކަނޑައިދިނުމާ ގުޅޭ ނޫސް ބަޔާނަށް ބަދަލުތަކެއް

ވިޔަފާރިތަކަށް ސަރުކާރުން ދައްކަންޖެހޭ ފައިސާއިން ޓެކްސް ދެއްކޭނެ އިންތިޒާމު ހަމަޖެއްސިކަން ހާމަކޮށް ފިނޭންސް މިނިސްޓްރީން ނެރުނު ބަޔާނުން، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ބައި އުނިކޮށް އިސްލާހުކޮށްފިއެވެ. ނަމަވެސް މީރާގެ އުސޫލު ބުނާގޮތުން ކުންފުނިތަކުން ލިބެންޖެހޭ ފައިސާވެސް ޓެކްސްއަށް އަޅައިކެނޑޭނީ އެ ފައިސާއެއް ދައުލަތުގެ އިދާރާއަކުން ނުވަތަ ކުންފުންޏަކުން މީރާއަށް ޖަމާކޮށްދިނުމުންނެވެ. ސަރުކާރުން ވިޔަފާރިވެރިންނަށް ދައްކަންޖެހޭ ދަރަނިތައް ދެއްކުމަށް އެކި ތާރީޚުތައް ދިން ނަމަވެސް، އަދިވެސް އެ ފައިސާ ދައްކާ ހަލާސްކޮށްފައެއް ނުވެއެވެ.

"ތައުލީމީ ނިޒާމު ހިންގަން ޖެހެނީ ބެލެނިވެރިންނާ ޓީޗަރުން އަތުން"

ސްކޫލުތަކުގެ ބަޖެޓު ނެތުމުގެ ސަބަބުން އަސާސީ ތަކެތި ހޯދުމަށާއި އިތުރު ހަރަކާތްތައް ހިންގުމަށް ބެލެނިވެރިންނާއި މުދައްރިސުންގެ އަތުން ފަންޑު ހޯދަން މަޖުބޫރުވެފައިވާ ކަމަށާއި ސަރުކާރުން އަސާސީ ހިދުމަތްތަކުން ހަރަދު ކުޑަކުރަނީ ރައްޔިތުންގެ ލާބައަށްވުރެ ބޮޑަށް ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަފުޅު ބޭނުމަށްކަމަށް މެންބަރު މައުރޫފް ޒާކިރު ވިދާޅުވެއްޖެ.

Newsletter

Get the latest news delivered straight to your inbox