ސުކޫކު ދެއްކުމުގެ ކުރިން ބޭނުންކުރެވޭ ރިޒާވުގައި 411 މިލިއަން ޑޮލަރު ހުރި

މަރުކަޒީ ބޭންކު، އެމްއެމްއޭ: އެމްއެމްއޭގެ ޖުމްލަ ރިޒާވުގައި 1.3 ބިލިއަން ޑޮލަރު ހުރި -- ފޮޓޯ: އަދަދު

މަރުކަޒީ ބޭންކު، އެމްއެމްއޭ: އެމްއެމްއޭގެ ޖުމްލަ ރިޒާވުގައި 1.3 ބިލިއަން ޑޮލަރު ހުރި -- ފޮޓޯ: އަދަދު

ބޭރުގެ އިންވެސްޓަރުންނަށް ވިއްކާފައިވާ 500 މިލިއަން ޑޮލަރުގެ ސުކޫކު ދައްކާ ހަލާސްކުރުމުގެ ކުރިން، ބޭނުންކުރެވޭ ޑޮލަރު ރިޒާވުގައި 411 މިލިއަން ޑޮލަރު ހުރި ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ. 

އެމްއެމްއޭއިން އާންމުކޮށްފައިވާ މިދިޔަ މަހުގެ ރިޒާވު އަދަދުތަކުން ގޮތުގައި އެ މަސް ނިމުނުއިރު ޖުމްލަ ރިޒާވުގައި 1.3 ބިލިއަން ޑޮލަރު ހުއްޓެވެ. މި ރިޒާވުން ކުރު މުއްދަތުގެ ދަރަނީގެ ގޮތުގައި ކަނޑަން ޖެހޭ އެއް ބިލިއަނަށް ވުރެ ގިނަ ޑޮލަރު ކެނޑުމުން، ބާކީވަނީ 330 މިލިއަން ޑޮލަރެވެ.

މަރުކަޒީ ބޭންކުން ބޭނުންކުރެވޭ ރިޒާވު މިހާރު ހިސާބުކުރަނީ އިންޑިއާއިން ނަގާފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕުން ބޭންކުތަކުގައި އިންވެސްޓުކޮށްފަ ހުރި އަދަދު ހިމަނައިގެންނެވެ. މިދިޔަ މަސް ނިމުނުއިރު އެ އިންވެސްޓުމަންޓު ހުރީ 81 މިލިއަން ޑޮލަރުގަ އެވެ. 

މި އަދަދުތަކުން ހިސާބުކުރާއިރު، މިދިޔަ މަސް ނިމުނުއިރު ބޭނުންކުރެވޭ ރިޒާވުގައި 411 މިލިއަން ޑޮލަރު ހުއްޓެވެ. މީގެ ކުރިން ޔޫސަބަލް ރިޒާވުގައި މިހާ ގިނަ ފައިސާ ހުރި ކަމަކަށް ރެކޯޑުތަކުން ނުދައްކަ އެވެ. އެހެންކަމުން، މިއީ ތާރީހުގައި ޔޫސަބަލް ރިޒާވު އެންމެ މަތިވީ ފަހަރެވެ. 

ބޭނުންކުރެވޭ ރިޒާވު 2026 

  • ޖެނުއަރީ - 301 މިލިއަން ޑޮލަރު
  • ފެބްރުއަރީ - 337 މިލިއަން ޑޮލަރު
  • މާޗު - 411 މިލިއަން ޑޮލަރު

އެކަމަކު، ރިޒާވުގައި ހުރި ފައިސާ ސުކޫކު ދައްކަން ބޭނުންކުރުމަށް ފަހު، މިހާރު ހުރި އަދަދެއް ނޭނގެ އެވެ. 

ފިނޭންސް މިނިސްޓްރީން ހާމަކޮށްފައިވާ ގޮތުގައި، ސުކޫކު ދެއްކީ ރިޒާވާއި ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުން ފައިސާ ނަގައިގެންނެވެ. ނަމަވެސް މިއަދާ ހަމައަށް އެ ތަފުސީލުތައް ހާމަނުކުރާތީ ރިޒާވާއި ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގައި މިހާރު ހުރި އަދަދެއް ހިސާބުކުރެވޭނެ ގޮތެއް ނެތެވެ. 

މިދިޔަ މަސް ނިމުނުއިރު، ރިޒާވުގެ ހާލަތު ކިތަންމެ ރަނގަޅަސް ސްވްޕޮ ދައްކާ ނިމުނުތަނާ، އިންޑިއާގެ ކަރަންސީ ސްވޮޕުގެ މުއްދަތު އިތުރުކުރަން ހުރި ގޮންޖެހުންތަކާއެކީ ރިޒާވަށް ހުރި ޕްރެޝަރު ވަނީ އަނެއްކާ ވެސް އިތުރުވެފަ އެވެ.

ސަރުކާރުން އަންނަނީ އިންޑިއާ ސަރުކާރާ މަަޝްވަރާކޮށްގެން މި ސްވޮޕު އަންބުރާ ދައްކަން ޖެހޭ މުއްދަތު އިތުރުކުރަން މަސައްކަތް ކުރަމުންނެވެ. މި ގޮތަށް ދިވެހި ސަރުކާރުން އެދުނަސް، އިންޑިއާގެ ގަވާއިދުތައް ހުރި ގޮތުން، މީގެ ކުރިން ދެ ފަހަރެއްގެ މަތިން ރޯލްއޯވާ ކޮށްދީފައިވާ ސްވޮޕު އިތުރަށް ރޯލުކޮށްދޭން ހުރަސްތަކެއް އެބަހުރި ކަމަށް އެ ގައުމުގެ ނޫސްތަކުން ވަނީ ރިޕޯޓުކޮށްފަ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އިގުތިސޯދީ ދުވެލި ޕަސެންޓަކަށް ވުރެ ދަށް ވެދާނެ!

ރާއްޖޭގެ އިގުތިސޯދީ ދުވެލި ކުރިން ލަފާކުރި 5.3 އިންސައްތައިން 0.6 އާއި 1.8 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށްވާނެ ކަމަށް ޒަރީރު ވިދާޅުވި. މިއީ ދަތުރުފަތުރަށް ބުރޫއަރައި ތެލުގެ އަގު އުފުލުމުގެ ސަބަބުން ރާއްޖޭގެ މާލިއްޔަތަށް ކުރިމަތިވި ބޮޑު ގޮންޖެހުމެއް ކަމަށާއި، ނަމަވެސް އަންނަ އަހަރު އިގުތިސޯދު އިޔާދަވާނެ ކަމަށް ޒަރީރު ވިދާޅުވި.

ދިރާގު އެލީޓްކްލަބް+ ތައާރަފުކޮށްފި

ދިރާގުގެ ހުރިހާ މޮބައިލް ކަސްޓަމަރުންނަށް ބައިވެރިވެވޭ ގޮތަށް "ދިރާގު އެލީޓްކްލަބް+" މިއަދު ތައާރަފުކޮށްފި. މި ޕްރޮގްރާމްގެ ދަށުން 100 އަށް ވުރެ ގިނަ ތަނުން ޑިސްކައުންޓް ލިބޭއިރު، ހިދުމަތްތަކަށް ހޭދަކުރާ ވަރަކަށް ޕޮއިންޓް އެއްކުރެވޭނެ. އަދި މި ޕޮއިންޓްތައް ބޭނުންކޮށްގެން ހިލޭ ޑޭޓާ އާއި ގިފްޓް ކާޑު ފަދަ އިނާމުތައް ލިބޭނެ.

ރެފްކޫލްގެ ރޯދަ ސޭލް އުމްރާ ދަތުރަކާއެކު އަންނަ މަހުގެ 7 ގައި

ރެފްކޫލްގެ ރޯދަ ސޭލް ބޮޑެތި ޑިސްކައުންޓުތަކަކާއި އުމްރާ ދަތުރެއް ހިމެނޭ ބޮޑު އިނާމަކާއެކު އަންނަ މަހުގެ 7 ގައި ފެށުމަށް ވަނީ ނިންމާފަ. މި ޕްރޮމޯޝަންގައި ގްރީ އަދި އެލްޖީ ބްރޭންޑްގެ އުފެއްދުންތަކުން ހާއްސަ އަގުތަކެއް ލިބޭއިރު، ކޮންމެ 500 ރުފިޔާގެ ވިޔަފާރިއަކަށް ގުރުއަތު ކޫޕަނެއް ލިބޭނެ.

ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ވެއްޓިދާނެ: ދިރާސާ

މޫސުމީ ބަދަލުތަކުގެ ސަބަބުން މި ގަރުނު ނިމޭއިރު ރާއްޖޭގެ މަސްވެރިކަން 75 ޕަސެންޓަށް ދަށަށްދާނެ ކަމަށް ދިރާސާއަކުން ދައްކައިފި. ކަނޑުގެ ފިނިހޫނުމިން މަތިވުމުގެ ސަބަބުން މަސް އައިންތައް ދުރު ސަރަހައްދުތަކަށް ހިޖުރަކުރާތީ، މަސްވެރިންނަށް ބޮޑެތި ހަރަދުތަކާއި ތަކުލީފުތަކާ ކުރިމަތިލާން ޖެހިފައިވާކަން މި ދިރާސާއިން ފާހަގަކޮށްފައިވޭ.

ވިލާ ކޮލެޖުން 2027 ޖަނަވަރީ އިންޓޭކަށް ހުޅުވާލައިފި

ވިލާ ކޮލެޖުގެ ޖަނަވަރީ 2027 އިންޓޭކަށް، ސެޓްފިކެޓް ލެވެލްއިން ފެށިގެން މާސްޓަރސް ޑިގްރީއާ ހަމައަށް 100 އަށްވުރެ ގިނަ ޕްރޮގްރާމްތަކަށް ކުރިމަތިލުމުގެ ފުރުޞަތު ހުޅުވާލައިފިއެވެ. މީގެ ތެރޭގައި އެ ކޮލެޖުގެ އަމިއްލަ ކޯސްތަކުގެ އިތުރުން، އިނގިރޭސިވިލާތާއި މެލޭޝިއާގެ މަޝްހޫރު ޔުނިވަރސިޓީތަކާ ގުޅިގެން ހިންގާ ބައިނަލްއަޤްވާމީ ފެންވަރުގެ ގިނަ ދާއިރާތަކެއްގެ ޕްރޮގްރާމްތައް ހިމެނެއެވެ.

ދިރާގުން އެލީޓް ކްލަބް ޕާޓްނަރުންނަށް ޝުކުރު އަދާކޮށްފި

ދިރާގު އެލީޓް ކްލަބްގެ ކާމިޔާބީގައި ހިއްސާވާ ޕާޓްނަރުންގެ އަގުވަޒަންކުރުމަށްޓަކައި ދުސިތްޑީ2 ރިސޯޓުގައި ހާއްސަ އިވެންޓެއް ބާއްވައި، އެ ފަރާތްތަކަށް އެވޯޑު ހަވާލުކޮށްފިއެވެ. މި ހަފްލާގައި އެލީޓް ކްލަބްގެ ކުރިމަގަށް ރޭވިފައިވާ ކަންކަމާއި، މި ހިދުމަތް ޑިޖިޓަލައިޒްކޮށް އިތުރަށް ފުޅާކުރުމާ ގުޅޭ މައުލޫމާތު ޕާޓްނަރުންނާ ހިއްސާކުރިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލުގެ މަސައްކަތުގެ ދުވެލި ލަސް: އޮޑިޓު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މިދިޔަ އަހަރު އަލަށް ހުށަހެޅުނު 28 މައްސަލައިގެ ތެރެއިން ރަޖިސްޓްރީކުރީ 25 މައްސަލައެއް. ނަމަވެސް، އެ އަހަރުގެ ތެރޭގައި އެ ޓްރައިބިއުނަލަށް މައުލޫއީ ގޮތުން ބަލައި ނިންމުނީ އެންމެ 16 މައްސަލަ ކަމަށް ވުމުން، އަހަރު ނިމުނުއިރު ނުނިމި 57 މައްސަލަ އޮތް.

Newsletter

Get the latest news delivered straight to your inbox