މުންޗެންގްލަޑްބެކް ބަލިކޮށް ބަޔާނުން އެއް ވަނައިގައި ހަމަޖެހިލައިގެން

Mar 7, 2026, 5:20 AM
މުންޗެންގްލަޑްބެކް ބަލިކޮށް ބަޔާނުން އެއް ވަނައިގައި ހަމަޖެހިލައިގެން

މިއުނިކް (މާޗް 7) - ޖަރުމަނު ލީގުގައި ރޭ ބޮރޫޝިއާ މުންޗެންގްލަޑްބެކް 4-1 އިން ބަލިކޮށް، ލީގު ތާވަލުގެ އެއް ވަނައިގައި 14 ޕޮއިންޓުގެ ލީޑެއް ނަގައި، ބަޔާން މިއުނިކުން ހަމަޖެހިލައިފި އެވެ.

ރޭގެ ނަތީޖާ އަށް ފަހު، ބަޔާނުން ލީގުގެ އެއް ވަނައިގައި އޮތީ 25 މެޗުން 66 ޕޮއިންޓް ހޯދައިގެންނެވެ. ދެ ވަނައިގައި އޮތް ބޮރޫޝިއާ ޑޯޓްމަންޑަށް ވަނީ 24 މެޗުން 52 ޕޮއިންޓް ލިބިފަ އެވެ.

އަމިއްލަ ދަނޑުގައި ކުޅުނު ބަޔާނުން ރޭގެ މެޗުގައި ކުޅުނީ، އަނިޔާގެ ސަބަބުން އިނގިރޭސި ފޯވާޑް، ހެރީ ކޭން ނުލަ އެެވެ. މި މެޗުގައި ބަޔާނަށް ފުރަތަމަ ގޯލު ޖަހައިދިނީ، 33 ވަަނަ މިނިޓްގައި ވޮލީއަކުން ލުއިސް ޑިއާޒް އެވެ. އަދި، ފުރަތަމަ ހާފު ނިމުމުގެ ކުރިން ޑިއާޒް ދިން ބޯޅައަކުން ކޮންރަޑް ލައިމާ ވަނީ ބަޔާންގެ ދެ ވަނަ ލަނޑު ޖަހައިފަ އެވެ.

Advertisement

ދެ ވަނަ ހާފު ފެށިގެން 10 ވަނަ މިނިޓްގައި، މުންޗެންގްލަޑްބެކްގެ އޭރިއާތެރެއިން އެ ޓީމުގެ ރޮކޯ ރެއިޓްޒް ވަނީ ބަޔާންގެ ނިކޮލަސް ޖެކްސަން އަށް ފައުލުކޮށްފަ އެވެ. އެއާ އެކު، ރެއިޓްޒް އަށް ރަތެއް ދައްކައި ދިން ޕެނަލްޓީ، ޖަމާލް މުސިއާލާ ވަނީ ގޯލަށް ވައްދާލައިފަ އެވެ.

މުންޗެންގްލަޑްބެކްގެ ކުޅުންތެރިއަކު މަދުވުމުގެ ފައިދާނަގައި، ބަޔާނުން އިތުރު ގޯލެއް ޖެހި އެެވެ. މިއީ، މެޗުގެ 79 ވަނަ މިނިޓްގައި ޖެކްސަން ޖެހި ގޯލެކެވެ. އޭގެ 10 މިނިޓް ފަހުން، ބަޔާން ކޮޅަށް މުންޗެންގްލަޑްބެކުން ޖެހި ހަމައެކަނި ގޯލު ކާމިޔާބުކުރީ، 17 އަހަރުގެ ވައެލް މޯޔާ އެވެ. އޭނާ އަކީ މުންޗެންގްލަޑްބެކަށް ލަނޑު ޖަހައިދިން އެންމެ ހަގު ކުޅުންތެރިޔާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox