ޣަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ހޯމަ ދުވަހު އެމްޑީޕީ ގައުމީ މަޖިލީސް އެއްވަނީ

Photo: MDP

Photo: MDP

އިދިކޮޅު، މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީގެ ވަގުތީ ޗެއާ ޕާސަން، އަބްދުލްޣަފޫރު މޫސާގެ އިތުބާރު ނެތްކަމުގެ މައްސަލައާމެދު ގޮތެއް ނިންމުމަށް ހޯމް ދުވަހު އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއް ބާއްވަން ތާވަލުކޮށްފި އެވެ.

ދާދި ދެންމެއަކު އެމްޑީޕީގެ ގައުމީ މަޖިލިސް މެންބަރުންނަށް ޕާޓީން ފޮނުވި މެސެޖެއްގައި ބުނީ، ގައުމީ މަޖިލީހުގެ ޖަލްސާއެއް ހޯމަ ދުވަހަށް ތާވަލުކޮށްފައިވާ ކަމަށެވެ. ނަމަވެސް، އެ ޖަލްސާ ބާއްވާނެ ތަނަކާއި ވަގުތެއް އަންގައިފައެއް ނުވެ އެވެ.

"ގައުމީ މަޖިލީހުގެ 55 މެންބަރުންގެ ސޮއި ކުރައްވައި ހުށަހަޅުއްވާފައިވާ. ވަގުތީ ޗެއާޕާސަން ވަކި ކުރުމުގެ މައްސަލައަށް ގޮތެއް ނިންމުމަށް 4/13 (ހޯމަ) ދުވަހު ގައުމީ މަޖިލީހުގެ ޖަލްސާއެއް އޮންނާނެ ވާހަކަ ދެންނެވީމެވެ. ގަޑި އާއި ތަން ފަހުން އަންގާނެ ވާހަކަ ދަންނަވަމެވެ،" އެ މެސެޖުގައި ބުންޏެވެ.

ޣަފޫރުގެ އިތުބާރު ނެތްކަމަށް ބުނެ އެމްޑީޕީ ގައުމީ މަޖިލީހުގެ 55 މެންބަރުން ސޮއިކޮށް ހުށަހެޅި މައްސަލަ
ޣަފޫރުގެ އިތުބާރު ނެތްކަމަށް ބުނެ އެމްޑީޕީ ގައުމީ މަޖިލީހުގެ 55 މެންބަރުން ސޮއިކޮށް ހުށަހެޅި މައްސަލަ

އެމްޑީޕީގެ ގައުމީ މަޖިލީހުގައި ތިއްބަވަނީ 123 މެންބަރުންނެވެ. ޣަފޫރުގެ އިތުބާރު ނެތްކަމުގެ ޖަލްސާ ބޭއްވޭނީ މަދުވެގެން 31 މެންބަރުން އެ ޖަލްސާއަށް ހާޒިރުވެގެންނެވެ. އެ ޕާޓީގެ ގައުމީ މަޖިލީހުގެ ޖަލްސާތަކަށް އާންމުކޮށް ހާޒިރުވަނީ 45 ވަރަކަށް މެންބަރުންނެވެ.

ޣަފޫރުގެ އިތުބާރު ނެތްކަމަށް ފާސްވާނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ 61 މެންބަރުންގެ ވޯޓުންނެވެ. 

އެމްޑީޕީގެ ވަގުތީ ޗެއާޕާސަންގެ މަގާމުގައި ހުންނެވި، ޣަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް ގައުމީ މަޖިލީހުގެ 55 މެންބަރުންގެ ސޮއިއާއެކު ހުށަހެޅީ މިއަދު އެވެ. އެ މައްސަލަ އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅީ ކުރީގެ ރައީސް، މުހައްމަދު ނަޝީދު އާއި އެ ޕާޓީގެ ކުރީގެ ޗެއާޕާސަން ފައްޔާޒް އިސްމާއިލް ލީޑު ކުރައްވާ ފެކްޝަނުންނެވެ.

އެ މައްސަލަ ހުށަހެޅުމަށް، ފައްޔާޒް އިސްމާއިލް އާއި ކުރީގެ ފިނޭންސް މިނިސްޓަރު، އިބްރާހިމް އަމީރު އާއި ކުރީގެ ޑިފެންސް މިނިސްޓަރު، މާރިޔާ ދީދީގެ އިތުރުން ހައުސިން މިނިސްޓްރީގެ ކުރީގެ ސްޓޭޓް މިނިސްޓަރު، އަކްރަމް ކަމާލުއްދީން ސޮއިކުރައްވާފައިވެ އެވެ.

އޭގެ އިތުރުން، މީގެ ކުރިން، ކުރީގެ ރައީސް، އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަންއަށް ނިސްބަތްވެވަޑައިގެންނެވި، އައްޑޫ މީދޫ ދާއިރާގެ ކުރީގެ މެންބަރު، ރޮޒައިނާ އާދަމް އާއި އެކަމަނާގެ ފިރިކަލުން، ކިނބިދޫ ދާއިރާގެ ކުރީގެ މެންބަރު، މުހައްމަދު ނާޝިޒު ވެސް ޣަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލައިގައި ސޮއިކުރައްވާފައިވެ އެވެ.

ޣަފޫރުގެ އިތުބާރު ނެތްކަމުގެ މައްސަލައެއް އެމްޑީޕީގެ ގައުމީ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ފެށީ، ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި ފެންނަ ނުފެންނަ ވޯޓުން ލިބުނު ކާމިޔާބީ ފާހަގަ ކުރަން ބޭއްވި ޖަލްސާގައި ވާހަކަ ދެއްކެވުމުގެ ފުރުސަތު ނަޝީދަށް ނުދޭން ނިންމުމުންނެވެ.

ޖަލްސާގައި ވާހަކަ ދެއްކެވުމުގެ ފުރުސަތު ނަޝީދަށް ނުދޭން ނިންމުމުން މަސްލަހު ގެއްލި، އެތެރޭގެ ސިޔާސީ ކޯޅުން އާންމުންނާ ހަމައަސް ތިލަވި އެވެ. އަދި އެއް ފެކްޝަނުން އަނެއް ފެކްޝަނުގެ މައްޗަށް ބޮޑެތި ތުހުމަތުތަކެއް އަމާޒުކުރަމުންދިޔަ އެވެ.

އެ ހޫނުގަނޑުގެ ތެރޭގައި، އެމްޑީޕީގެ ލީގަލް ޑައިރެކްޓަރުގެ މަގާމުގައި ހުންނެވި އަހުމަދު މައުރޫފް އާއި އެ ޕާޓީގެ ޗެއާޕާސަންގެ ނައިބު (އިދާރީ) ގެ މަގާމުގައި ހުންނެވި އިބްރާހިމް ވަހީދު މަގާމުން ވަކިކުރި އެވެ.

ނަޝީދާއި ފައްޔާޒުގެ ފެކްޝަނުގެ އިތުރުން މައިގަނޑު ފެކްޝަނަކަށް ދެން އުޅެނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފެކްޝަނާއި ޕާޓީގެ ރައީސް އަބްދުﷲ ޝާހިދުގެ ފެކްޝަނެވެ. 

އޭގެ އިތުރުން މަޖިލިސް މެންބަރު އަހުމަދު ޝަމްހީދުގެ ފެކްޝަނަކާއި ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމުގެ ފެކްޝަނެއް ވެސް އެމްޑީޕީގައި މިވަގުތު ހަރަކާތްތެރިވެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ގޮޅިތަކެއް އިމާރާތްކުރަން ޕޮލްކޯއާ ހަވާލުކުރުމުން ގެއްލުންތަކެއް

މާފުށީ ޖަލުގައި ގޮޅިތަކެއް އިމާރާތްކުރުމަށް ޕޮލްކޯއާ ހަވާލުކުރި މަޝްރޫއު، އެ ކުންފުނިން އެހެން ބަޔަކަށް ސަބް-ކޮންޓްރެކްޓް ކުރުމުގެ ސަބަބުން ދައުލަތަށް ބޮޑު މާލީ ގެއްލުމެއް ލިބިފައިވާކަން އޮޑިޓް ރިޕޯޓުން ހާމަވެއްޖެއެވެ. މީގެ އިތުރުން، ނުކުރާ މަސައްކަތްތަކަކަށް 2.9 މިލިއަން ރުފިޔާ ދައްކާފައިވާތީ، މި މައްސަލަ އޭސީސީއަށް ހުށަހެޅުމަށް އޮޑިޓް އޮފީހުން ވަނީ ލަފާދީފައެވެ.

ކުޅުދުއްފުށީގައި 'މަނަސްހަބް' ހުޅުވައިފި

ކުޅުދުއްފުށީ ސިޓީ ކައުންސިލާއި އޮސްޓްރޭލިއާ ހައިކޮމިޝަން ގުޅިގެން، ނަފްސާނީ ދުޅަހެޔޮކަމަށް ހޭލުންތެރިކަން އިތުރުކުރުމަށް "މަނަސްހަބް" ނަމުގައި ހާއްސަ މަރުކަޒެއް އެ ސިޓީގައި ހުޅުވައިފިއެވެ. މި މަރުކަޒުގެ މައިގަނޑު މަގުސަދަކީ ނަފްސާނީ ބަލިތަކަށް ހުރި ނުރަނގަޅު ތަސައްވަރުތައް ނައްތާލައި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ފަސޭހަކަމާއެކު ފަރުވާ ލިބޭނެ އިންތިޒާމު ހަމަޖައްސައިދިނުމެވެ.

ޔާމީނަށް އަބްދުއްރަހީމްގެ ހޫނު ރައްދެއް

ރަސްމާލެ މަޝްރޫއު ހުއްޓާލުމަށް ކުރީގެ ރައީސް ޔާމީން ގޮވައިލެއްވުމާ ގުޅިގެން، އެއީ ވެރިކަމުގެ ދަހިވެތިކަމުގައި ގައުމަށް ޣައްދާރުވުން ކަމަށް ވިދާޅުވެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވަނީ ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. އަދި ޔާމީންގެ ވެރިކަމުގައި ފ. އަތޮޅު މަޝްރޫއަށް އެމްޑީޕީން ހުރަސްއެޅި ގޮތަށް، މިއަދު ޔާމީން ވެސް އަމަލުކުރައްވަނީ ހަމަ އެފަދައިންކަން އަބްދުއްރަހީމް ފާހަގަކުރެއްވިއެވެ.

ހައުސިން ޔުނިޓް ނިމޭއިރު ލިބޭ މީހުން ކަނޑަނޭޅޭތީ ކަންބޮޑުވުން

ލ. ގަމުގައި ތަރައްގީކުރާ 100 ހައުސިން ޔުނިޓްގެ މަސައްކަތް ނިމުމަކާ ގާތްވެފައިވާއިރު، އެ ތަންތަން ލިބޭނެ ފަރާތްތައް ކަނޑައެޅުމުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުދާތީ ކައުންސިލުން ވަނީ ކަންބޮޑުވުން ފާޅުކޮށްފައި. ކައުންސިލުން އެދެނީ މިނިސްޓްރީން ނުވަތަ ކައުންސިލް މެދުވެރިކޮށް ނަމަވެސް، ވީހާވެސް އަވަހަށް އެ ތަންތަން ހަވާލުކުރުމުގެ މަރުހަލާ ފެށުމަށް.

ތިނަދޫ ކައުންސިލް ރައީސްގެ މަގާމަށް ކުރިމަތިލުމަށް ހުޅުވާލައިފި

ވ. ތިނަދޫ ކައުންސިލްގެ ރައީސް ޝުޖާއު އަލީ ޕާޓީ ބަދަލުކުރުމާ ގުޅިގެން އޭނާގެ ގޮނޑި ގެއްލިފައިވާތީ، އެ މަގާމަށް މީހަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަނަށް ކުރިމަތިލުމުގެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ހުޅުވާލައިފިއެވެ. އޮކްޓޯބަރު 26 އާ ހަމައަށް ކުރިމަތިލުމުގެ ފުރުސަތު އޮތް މި އިންތިޚާބު ބޭއްވުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރު 28 ގައެވެ.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޔާމީން ގޮވައިލައްވައިފި

އެކްސްގައި ޔާމީން ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އީގަލް ހިލްސް ކުންފުނިން ދަނީ، ރައްޔިތުންގެ ތާއީދާއި އިތުބާރު ގެއްލިފައި އޮތް ރާއްޖޭގެ ސަރުކާރުގެ ނާޖާއިޒު ފައިދާ ނަގަމުން ކަމަށް. ސަރުކާރުން ރަސްމާލެ ދޫކޮށްލީ ލޭންޑް އިކުއިޒިޝަން ފީއެއް އަދި ބިމު ކުުއްޔެއް ނުނަގާ ގޮތަށް.

އެމްޓީސީސީއަށް "މެގަ" ޑްރެޖަރު ގަންނަ އަގު ހާމަނުކުރި

އެމްޓީސީސީގެ "މަހާޖައްރާފު" އަށް ނުފޯރާ ފުންމިނުން ވެލިނެގުމަށްޓަކައި 75 މީޓަރު އަޑިން މަސައްކަތްކުރެވޭ އާ ޑްރެޖަރެއް ގަތުމުގެ ޕްރޮކިއުމަންޓް މަސައްކަތް އެ ކުންފުނިން ދަނީ ކުރަމުން. ނަމަވެސް، އެއީ ބޮޑު އެސެޓަކަށްވެފައި ޕްރޮސެސް ކުރިއަށްދާތީ އެ ޑްރެޖަރު ގަންނަ އަގު ހާމަކޮށްފައެއް ނުވޭ.

Newsletter

Get the latest news delivered straight to your inbox