ހިންނަވަރު މަޖިލިސް ގޮނޑި ހޯދަން ޕީއެންސީގެ ކެންޑިޑޭޓު 30 މިލިއަން ރުފިޔާ ހަރަދުކުރި: ސޯލިހު

އިބްރާހިމް މުހައްމަދު ސޯލިހު: ހިންނަވަރު ގޮނޑި ހޯދަން ޕީއެންސީގެ މުހައްމަދު 30 މިލިއަން ހަރަދު ކުރެއްވި ކަމަށް ވިދާޅުވި

އިބްރާހިމް މުހައްމަދު ސޯލިހު: ހިންނަވަރު ގޮނޑި ހޯދަން ޕީއެންސީގެ މުހައްމަދު 30 މިލިއަން ހަރަދު ކުރެއްވި ކަމަށް ވިދާޅުވި

ދެހާސް ސައުވީސް ވަނަ އަހަރު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހިންނަވަރު ދާއިރާގެ ގޮނޑި ކާމިޔާބުކުރަން ސަރުކާރު ހިންގާ ޕީއެންސީގެ ކެންޑިޑޭޓް މުހައްމަދު އަބްދުއްރަހްމާން 30 މިލިއަން ރުފިޔާ ހަރަދުކުރި ކަމަށް ކުރީގެ ރައީސް އަދި ހިންނަވަރު ދާއިރާގެ މެންބަރުކަން 25 އަހަރު ކުރެއްވި އިބްރާހިމް މުހައްމަދު ސޯލިހު ތުހުމަތު ކުރައްވައިފި އެވެ. 

ކައުންސިލް އިންތިހާބުގައި އެމްޑީޕީން ހިންނަވަރުގެ މެޖޯރިޓީ ހޯދުމާ ގުޅިގެން އެ ރަށުގައި ރޭ ބޭއްވި ޖަލްސާގައި ސޯލިހު ވިދާޅުވީ ހިންނަވަރުގެ ގޮނޑި މުހައްމަދަށް ކާމިޔާބުކުރެވުނީ ރިޔާސީ އިންތިހާބުގައި އެމްޑީޕީއަށް ލިބުނު ނާކާމިޔާބީއާ ގުޅިގެން ލިބުނު މާޔޫސްކަމާއި ސަރުކާރުން ފޯރުވި ނުފޫޒުގެ އިތުރުން 30 މިލިއަން ރުފިޔާ ހަރަދު ކުރެއްވުމުން ކަމަށެވެ. 

"އަޅުގަނޑަށް މައުލޫމާތު ލިބިފައި އޮތް ގޮތުން ކަމަށްވެއްޖެއްޔާ އެފަހަރުވެސް އެ ގޮނޑި ކާމިޔާބު ކުރެއްވުމަށްޓަކައި މިހާރުގެ ކެންޑިޑޭޓް 30 މިލިއަނަށްވުރެ ގިނަ ރުފިޔާ މި ދާއިރާއަށް ހަރަދު ކުރެއްވި. 30 މިލިއަން ރުފިޔާ. މި ރަށުގެ ގޮނޑީގައި އެވަރުގެ އަގެއް ހުރީމަ އެއީ އަޅުގަނޑު އެކަމާ ދޭތެރޭގައި ފަހުރުވެރިވެސްވާ ކަމެއް،" ސޯލިހު ވިދާޅުވި އެވެ.

ތިރީސް އަހަރަށް ފަހު ހިންނަވަރު ގޮނޑި އެމްޑީޕީއަށް ގެއްލިއްޖެ

 ސޯލިހު ވިދާޅުވީ އެމްޑީޕީ އުފެދުނީއްސުރެ ހިންނަވަރުގެ މަޖިލިސް ގޮނޑި ކާމިޔާބުކުރަމުން ގެންދިޔައީ އެމްޑީޕީން ކަމަށެވެ. ނަމަވެސް އެކަން ފުރަތަމަ ފަހަރަށް ބަދަލުވީ ނިމިދިޔަ މަޖިލިސް އިންތިހާބުގައިކަން ސޯލިހު ފާހަގަކުރެއްވި އެވެ. 

"ތާރީހަށް ބަލާއިރުގައި އަޅުގަނޑުމެންނަށް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބެއް އެމްޑީޕީގެ ފިކުރާއި އެމްޑީޕީ އުފެދުނީއްސުރެ ގެއްލިފައި މިއޮތީ އެންމެ ފަހަރަކު. އެއީ ވޭތުވެދިޔަ 30 އަހަރު ދުވަހުގެ ތެރޭގައި މިރަށުގެ ގޮނޑިއެއް އަޅުގަނޑުމެންގެ ވިސްނުމާއި އަޅުގަނޑުމެންގެ ހިޔާލާއި އިދިކޮޅަށް ކާމިޔާބުވި ފުރަތަމަ ފަހަރު،" 

ކުރިއަށް އޮތްތަނުގައި ހިންނަވަރު ދާއިރާގެ ގޮނޑި އަނެއްކާވެސް އަނބުރާ އެމްޑީޕީން ހޯދާނެކަމުގެ ޔަގީންކަން ސޯލިހު ވަނީ ދެއްވި އެވެ. 

ހިންނަވަރު ދާއިރާގެ މެންބަރުކަން ސޯލިހު 25 އަހަރު ކުރެއްވުމަށްފަހު، އެ ދާއިރާގެ ގޮނޑިއަށް ދެން އިންތިހާބުވީ ޖީހާން މަހްމޫދު އެވެ. ނަމަވެސް ނިމިދިޔަ މަޖިލިސް އިންތިހާބުގައި އޭނާ ބަލިވީ 542 ވޯޓުގެ ބޮޑު ފަރަގަކުންނެވެ. 

އިންތިހާބު ކާމިޔާބުކުރެއްވި ޕީއެންސީގެ މުހައްމަދަށް 1،478 ވޯޓު ލިބުނުއިރު، ޖީހާންއަށް ލިބުނީ 963 ވޯޓެވެ. އަމިއްލަ ގޮތުން ވާދަކުރެއްވި އަބްދުއްސަލާމް މޫސާއަށް ލިބުނީ 699 ވޯޓެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox