ހިންނަވަރު ގޮނޑި ހޯދަން ޕީއެންސީން 30 މިލިއަން ހަރަދުކުރި: ސޯލިހު
ނިމިދިޔަ މަޖިލިސް އިންތިހާބުގައި ހިންނަވަރު ދާއިރާގެ ގޮނޑި ޕީއެންސީން ކާމިޔާބުކުރީ 30 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކަމަށް ކުރީގެ ރައީސް ސޯލިހު ވިދާޅުވި. ސޯލިހު ވިދާޅުވީ މިއީ އެމްޑީޕީ އުފެދުނީއްސުރެ އެ ދާއިރާގެ ގޮނޑި އެ ޕާޓީއަށް ގެއްލުނު ފުރަތަމަ ފަހަރު ކަމަށާއި، ނަމަވެސް ކުރިއަށް އޮތް ތަނުގައި އެ ގޮނޑި އަނބުރާ ހޯއްދަވާނެ ކަމަށް.