ޒަރީރުގެ ކާރުތައް ޖަލު އަޅާ ބިމުގައި ބަހައްޓަނީ
ހުޅުމާލޭގައި ހުންނަ ކަރެކްޝަންސްގެ ހެޑްކުއާޓާސް އާއި ރިމާންޑު ޖަލު އެޅުމަށް ދޫކޮށްފައިވާ ބިމުގައި، ޕްރިޒަންސް ކޮމިޝަނަރު ޒަރީރުގެ އަމިއްލަ ވެހިކަލްތައް ގަވާއިދާ ހިލާފަށް ޕާކުކުރާ މައްސަލައެއް ފެންމަތިވެއްޖެ. ކަރެކްޝަންސްގެ އެއްވެސް ބިމެއްގައި، އެއްވެސް ބޭނުމެއްގައި، އެއްވެސް މީހެއްގެ އަމިއްލަ ވެހިކަލް ޕާކު ކުރުމަކީ މަނާކަމެއް.