އޭސީސީން މައްސަލަ ބަލަމުން ދަނިކޮށް ހުޅުމާލޭގެ ބޮޑު ބިމެއް ޗައިނާގެ ކުންފުންޏާ ހަވާލުކޮށްފި

Apr 8, 2026, 9:43 AM
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ޒުހައިރު

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ޒުހައިރު

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ޗެނެލް ޕާކް ސަރަހައްދުގައި ލަގްޒަރީ ހައުސިން މަޝްރޫއެއް ހިންގަން، ޗައިނާގެ ނަންޓޮންގް ޒިންހުއާ ކޮންސްޓްރަކްޝަން ގްރޫޕާ ހަވާލުކުރި ބިމުގެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނުން ބަލަނިކޮށް އެ ބިން ހަވާލުކޮށްފި އެވެ. 

މި މައްސަލަ ބަލަމުން ދަނިކޮށް، އެޗްޑީސީން އޭސީސީއަށް ފޮނުވި ސިޓީއެއް އަދަދު ނޫހަށް ލިބިފައިވެ އެވެ. އެ ސިޓީގައި ވަނީ މަޝްރޫއު ހުއްޓާލުމަކީ ކުންފުންޏަށާއި އިންވެސްޓަރުންނަށް ބޮޑު ގެއްލުމެއް ވާނެ ކަމެއް ކަމަށް ބުނެފައެވެ.

މަސްދަރުތަކުން މައުލޫމާތު ދިން ގޮތުގައި، މި މަޝްރޫއުގެ ބިން އެ ކުންފުންޏާ ހަވާލުކުރީ މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ލޯކަލް ކައުންސިލް އިންތިހާބަށް އެންމެ ދެ ދުވަހަށް ވެފައި ވަނިކޮށެވެ.

Advertisement

މިކަމާ ގުޅޭގޮތުން އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ޒުހައިރުގެ ބަހެއް ހޯދުމަށް ކުރި މަސައްކަތް ވަނީ ކާމިޔާބުވާ ގޮތް ނުވެފައެވެ.

އެޗްޑީސީން ލަގްޒަރީ ހައުސިން މަޝްރޫއު އިއުލާނުކުރީ ނަންޓޮންގުން އެކަމަށް އެދި މެއިލްއެއް ފޮނުވިތާ ދެ ދުވަސް ތެރޭ

މި މަޝްރޫއު އިއުލާނުކުރީ މިކަމުގެ މައުލޫމާތު ކުރިން ލިބި، ހުރިހާ ލިޔެކިޔުމެއް ތައްޔާރުކޮށްގެން ތިބި "ވަކި ބަޔަކަށް" މަގުފަހިކޮށްދިނުމަށް ކޮށްފައިވާ ކަމެއް ކަމަށް ބެލުމުގެ ޖާގަ ބޮޑު ކަމަށް އޭރު ތުހުމަތުކުރެވުނު. މިހާރު މި ނޫހަށް ލިބިފައިވާ ލިޔެކިޔުންތަކުން އެކަން ކަށަވަރުވެފަ.

މި މަޝްރޫއަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމަށް އެޗްޑީސީން އިއުލާން ކުރުމުގެ މާ ކުރިންވެސް ނަންޓޮންގް ކުންފުނިން އޮތީ ހުރިހާ ތައްޔާރީތަކެއް ވެފައެވެ. އެގޮތުން، މި މަޝްރޫއުގެ ލިޔެކިޔުންތަކުގައި ޕަބްލިކް ނޮޓަރީން ސޮއިކޮށްފައިވަނީ އިއުލާން ކުރުމުގެ 11 ދުވަސް ކުރިން، ޑިސެމްބަރު މަހުގެ 7 ވަނަ ދުވަހުއެވެ. އޭގެ ފަހުން، ޑިސެމްބަރު 16 ގައި އެ ކުންފުނިން އެޗްޑީސީއަށް މެއިލްއެއް ފޮނުވައި މަޝްރޫއަށް ޝައުގުވެރިކަން ފާޅުކުރުމާއެކު، އެޗްޑީސީން ރަސްމީކޮށް ފުރުސަތު ހުޅުވާލީ ޑިސެމްބަރު 18 ގައެވެ.

މި މަޝްރޫއަށް ކުރިމަތިލުމަށް އެޗްޑީސީން ދީފައިވަނީ އެންމެ 6 ދުވަހުގެ ކުރު މުއްދަތެކެވެ. ޑިސެމްބަރު 24 ގައި ސުންގަޑި ހަމަވިއިރު، ޖުމްލަ 9 ކުންފުންޏަކުން ކުރިމަތިލި ނަމަވެސް، 6 ކުންފުންޏެއް ޝަރުތު ހަމަނުވާ ކަމަށް ނިންމީ ކުރު މުއްދަތުގެ ތެރޭގައި ލިޔެކިޔުންތައް ހަމަނުކުރެވޭ ކަމަށް ބުނެއެވެ.

ވިޔަފާރިވެރިން ފާހަގަކުރާ ގޮތުގައި، މިފަދަ ބިޔަ މަޝްރޫއަކަށް ފަންނީ ދިރާސާތަކާއި ފައިނޭންޝަލް މޮޑެލްތައް 6 ދުވަހުން ތައްޔާރުކުރުމަކީ އާންމު އިންވެސްޓަރަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް، ބިޑުތައް ހުޅުވިތާ 24 ގަޑިއިރު ނުވަނީސް ޑިސެމްބަރު 25 ގައި ބޭއްވި ބޯޑު ބައްދަލުވުމުން ވަނީ މި މަޝްރޫއު ނަންޓޮންގް ކުންފުންޏަށް ދޭން ނިންމާފައެވެ.

މި މަޝްރޫއުގެ ދަށުން ޗެނެލް ޕާކް ސަރަހައްދު ހިމެނޭހެން 1.3 މިލިއަން އަކަފޫޓުގެ ބޮޑު ސަރަހައްދެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ. ނަންޓޮންގް އިން އަމިއްލައަށް ފައިނޭންސް ކުރާ މި މަޝްރޫއު ހިންގުމަށް އެޗްޑީސީ އާއެކު އުފައްދާ ޖޮއިންޓް ވެންޗާގެ 70 ޕަސެންޓު ހިއްސާ އޮންނާނީ އެ ކުންފުންޏަށެވެ. މީގެ އިތުރުން، އެޗްޑީސީގެ ބޯޑުން ވަނީ ތިން މަސްދުވަހުގެ ފްރޭމްވޯކް އެގްރީމެންޓެއް ހެދުމަށާއި، މި މުއްދަތުގައި މަޝްރޫއުގެ ޑިޒައިނާއި ސީއޭސްއާރު ހަރަދުގެ ތަފުސީލުތައް ނިންމުމަށް ފާސްކޮށްފައެވެ.


ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox