"ޑިސްކަވާ ހޮސްޕިޓާލިޓީ" ޕްރޮގްރާމަށް ކުރިމަތިލުމުގެ ފުރުސަތު
ފަތުރުވެރިކަމުގެ ދާއިރާއަށް ބޭނުންވާ ހުނަރުވެރި ޒުވާނުން ބިނާކުރުމަށް ޔުނިވާސަލް ފައުންޑޭޝަނާއި ވިލާ ކޮލެޖު ގުޅިގެން ހިންގާ "ޑިސްކަވާ ހޮސްޕިޓާލިޓީ" ޕްރޮގްރާމްގައި ބައިވެރިވުމުގެ ފުރުސަތު މެއި 10 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. މި ޕްރޮގްރާމްގެ ދަށުން އޮޕަރޭޝަންސް އަދި ކަލިނަރީ ދާއިރާއިން ސެޓްފިކެޓް 3 ގެ ފެންވަރަށް ކިޔަވައިދޭއިރު، ކޯހުގެ ހުރިހާ ޚަރަދެއް ބަލަހައްޓާނީ ޔުނިވާސަލް ފައުންޑޭޝަނުންނެވެ. ތިއަރީ ބައިތަކުގެ އިތުރުން ރިސޯޓުތަކުގައި އަމަލީ ތަމްރީނު ހޯދާ މުއްދަތުގައި ކޮންމެ ދަރިވަރަކަށްވެސް އެލަވަންސެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.