ކޮންޓޭ، އިޓަލީ އާ ހަވާލުވާން ބޭނުންނަމަ ނަޕޯލީން ހުރަހެއްނާޅާނެ

Apr 9, 2026, 9:38 AM
އެންޓޯނިއޯ ކޮންޓޭ

އެންޓޯނިއޯ ކޮންޓޭ

ނޭޕްލްސް، އިޓަލީ (އޭޕްރީލް 9) - ހުސްވެފައިވާ އިޓަލީ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުގެ މަގާމަށް ދާން ނަޕޯލީގައި ހުރި އެންޓޯނިއޯ ކޮންޓޭ ބޭނުންނަމަ އޭނާ އަށް އެ ފުރުސަތު އޮންނާނެ ކަމަށް ނަޕޯލީގެ ރައީސް، އައުރެލިއޯ ޑި ލޯރެންޓިސް ވިދާޅުވެއްޖެ އެވެ. 

އިޓަލީ ގައުމީ ޓީމުގެ ކޯޗުގެ ވަޒިފާ ހުސްވީ، އެ މަގާމުގައި ހުރި ކުރީގެ މިޑްފީލްޑަރު، ޖެނާރޯ ގަޓޫސޯ އަމިއްލަ އަށް މަގާމުން އިސްތިއުފާ ދިނުމުންނެވެ. ގަޓޫސޯ، އިޓަލީގެ ކޯޗުކަމުން އިސްތިއުފާ ދިނީ، އަންނަ ޖޫން މަހު، އެމެރިކާ، މެކްސިކޯ އަދި ކެނަޑާގައި ކުރިއަށްދާ ފީފާ ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިނުވުމުންނެވެ. މިއީ، އިޓަލީ އަށް ވޯލްޑް ކަޕްގެ ޖާގަ ނުލިބި ދިޔަ ޖެހިޖެހިގެން ތިން ވަނަ މުބާރާތެވެ. އިޓަލީން އެންމެ ފަހުން ވޯލްޑް ކަޕެއްގައި ކުުޅުނީ 2014 ވަނަ އަހަރު އެވެ. 

ކޮންޓޭ ވަނީ 2014 އިން 2016 އަށް އިޓަލީގެ ކޯޗުކަން ކޮށްފަ އެވެ. އަދި، ކޮންޓޭގެ ކޯޗުކަމުގައި އިޓަލީން ވަނީ 2016 ވަނަ އަހަރުގެ ޔޫރޯގެ ކުއާޓާ ފައިނަލަށް ދަތުރުކޮށްފަ އެވެ. 

އިޓާލިއަން ލީގުގައި މިލާން އަތުން ނަޕޯލީ މޮޅުވި މެޗަށް ފަހު، އިޓަލީއާ ގުޅޭގޮތުން އަމާޒުވި ސުވާލުތަކަށް ޖަވާބުދެމުން ކޮންޓޭ ބުނީ މީޑިއާ އިން މިދިޔަ އަހަރު އޭނާ ޔުވެންޓަސް އަށް ގެންދަން ވެސް ވާހަކަ ދެއްކި ކަމަށާއި މި ފަހަރު އިޓަލީ އަށް ގެންދާ ވާހަަކަ މީޑިއާ އަށް އައުމުން ހައިރާންނުވާ ކަމަށެވެ. 

ކޮންޓޭގެ އެ ވާހަކަތަކާ ގުޅޭގޮތުން، މީޑިއާ އިން ޑި ލޯރެންޓިސްއާ ސުވާލުކުރުމުން ވިދާޅުވީ، އިޓަލީއާ ހަވާލުވާން ކޮންޓޭ ނިންމައިފިނަމަ އެ ފުރުސަތު ދޭނެ ކަމަށެވެ. އެކަމަކު، މި ވަގުތު އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނާއި ގައުމީ ޓީމާ ގުޅޭ އެހެނިހެން ކަންކަން އޮތްގޮތުން، ކޮންޓޭ ގައުމީ ޓީމާ ހަވާލުވާން ދާނެތޯ އެއީ ވެސް ސުވާލެއް ކަަމަށް ޑި ލޯރެންޓިސް ވަނީ ވިދާޅުވެފަ އެވެ. 

"ވަރަށް ޑިސްއޯގަނައިޒްކޮށް އޮތްތަނަކަށް ކޮންޓޭ ދާނެހެން ހީވޭތަ؟." ޑި ލޯރެންޓިސް ވިދާޅުވި އެވެ. 

އިޓަލީއާ ހަވާލުވާނެ ކަމަށް މީޑިއާގައި އަޑުފެތުރޭ ކޯޗުންގެ ތެރޭގައި، އެ ޓީމަށް 2021 ވަނަ އަހަރު ބޭއްވި، 2020 ވަނަ އަހަރުގެ ޔޫރޯ ކާމިޔާބުކޮށްދިން ރޮބާޓޯ މަންޗިނީ އާއި މި ވަގުތު އޭސީ މިލާނުގައި ހުރި މަސިމޯ އަލެގްރީ ހިމެނެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox