ސިމެންތި ތާށިކަމުގައި ހަނގުރާމަ ކޮމިޓީ ކޮބާ؟
ރާއްޖޭގެ ބާޒާރުން ސިމެންތި ހުސްވެ، އަގު އިންތިހާއަށް އުފުލުނު ފަހުން ސަރުކާރުން އެކަމަށް ހައްލެއް ހޯދުމާ ގުޅިގެން، ދުރާލާ ފިޔަވަޅު އެޅުމަށް އުފެއްދި "ހަނގުރާމަ ކޮމިޓީ" ގެ މަގުސަދު ހާސިލުވޭތޯ ވަނީ ސުވާލު އުފެދިފައެވެ. ސިމެންތި ސަޕްލައި ކުރާނެ އިތުރު ފަރާތްތަކެއް ސަރުކާރުން މިހާރު ހަމަޖައްސާފައިވީ ނަމަވެސް، އިގުތިސޯދީ މުހިންމު ސިނާއަތަކަށް ދިމާވި މި ދަތިކަން ދުރާލާ ދެނެގަނެވިފައި ނުވާތީ ކޮމިޓީގެ ގާބިލުކަމާ މެދު ފާޑުކިޔުން ވަނީ އަމާޒުވެފައެވެ.