އެޗްޑީސީން ލަގްޒަރީ ހައުސިން މަޝްރޫއު އިއުލާނުކުރީ ނަންޓޮންގުން އެކަމަށް އެދި މެއިލްއެއް ފޮނުވިތާ ދެ ދުވަސް ތެރޭ

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ޒުހައިރު އަދި ހުޅުމާލޭން ވިއްކާލަން ނިންމާފައިވާ އަގުބޮޑު ބިން (ރަތްލުކައިން ފާހަގަކޮށްފައި)

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ޒުހައިރު އަދި ހުޅުމާލޭން ވިއްކާލަން ނިންމާފައިވާ އަގުބޮޑު ބިން (ރަތްލުކައިން ފާހަގަކޮށްފައި)

ހުޅުމާލޭގެ ދެވަނަ ފިޔަވަހީގެ ޗެނެލް ޕާކް ސަރަހައްދުގައި ހިންގުމަށް ހަމަޖެހިފައިވާ ބިޔަ ލަގްޒަރީ ހައުސިން މަޝްރޫއު ހިންގާނެ ބަޔަކު ހޯދަން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ހުޅުވާލީ އެފަދަ މަޝްރޫއެއް ހިންގަން ބޭނުންވާ ކަމަށް ބުނެ މަޝްރޫއު ހަވާލުކުރި ޗައިނާގެ ނަންޓޮންގް ޒިންހުއާ ކޮންސްޓްރަކްޝަން ގްރޫޕުން މެއިލް އެއް ފޮނުވުމުން ކަން އެނގިއްޖެ އެވެ.

މި މަޝްރޫއު ހިންގުމަށް ޝައުގުވެރިވާ ފަރާތްތަކަށް އެކްސްޕްރެޝަން އޮފް އިންޓްރެސްޓް (އީއޯއައި) ހުށަހެޅުމަށް އެޗްޑީސީއިން ހުޅުވާލީ 18 ޑިސެމްބަރުގަ އެވެ. އެ އިއުލާނުގައި އީއައިއޭ ހުށަހެޅުމަން އޮތް ސުންގަޑިއަކީ ޑިސެމްބަރު 24، ގެ 12:00 އެވެ. ހަ ދުވަހުގެ މުއްދަތެކެވެ.

އިއުލާން ކުރުމާއި ހަމައިން ފެށިގެން މަޝްރޫއު އެވޯޑުކުރުމާއި ހަމައަށް ޝައްކުކުރެވޭ އެތައް ކަމެއް ހިނގާފައިވާތީ މި ނޫހުން ވާނީ މި މަޝްރޫއާއި ގުޅޭ އެޗްޑީސީގެ އެތެރޭގެ ރަސްމީ ބައެއް ލިޔެކިޔުންތަކާއި އިތުރު ބައެއް މައުލޫމާތު ހޯދާފަ އެވެ.

މި ނޫހަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި އެޗްޑީސީ އިން މި މަޝްރޫއު އިއުލާން ކުރުމުގެ ކުރިން ހުޅުމާލެ ދެވަނަ ފިޔަވަހީގައި ލަގްޒަރީ އެޕާޓްމަންޓް ބިލްޑިންއެއް ތަރައްގީކުރަން ބޭނުންވާ ކަމަށް ބުނެ ނަންޓޮންގް ކުންފުނިން އެޗްޑީސީއަށް ވަނީ މެއިލް އެއް ފޮނުވާފަ އެވެ.

ޗައިނާ ކުންފުނިން އެޗްޑީސީއަށް އެ މެއިލް ފޮނުވީ މި މަޝްރޫއަށް އީއޯއައި ހުށަޅަން ހުޅުވާލުމުގެ ދެ ދުވަސް ކުރިން ޑިސެމްބަރު 16، ގަ އެވެ.

އޭރު ނަންޓޮންގް ކުންފުނިން ވަނީ މި މަޝްރޫއަށް ބޭނުންވާ ހުރިހާ ލިޔެކިޔުމެއް ތައްޔާރުކޮށްފަ އެވެ. މިކަމަށް ހެކިދެނީ އެ ކުންފުނިން ހުށަހެޅި ލިޔެކިޔުންތަކުގައި ޕަބްލިކް ނޮޓަރީ ޑިސެމްބަރު 7، ގައި ސޮއިކޮށްފައި އޮތުމުންނެވެ.

އެޗްޑީސީއިން ހުޅުވާލި ފުރުސަތުގައި ޖުމްލަ ނުވަ ކުންފުންޏަކުން މި މަޝްރޫއު ހިންގަން ޝައުގުވެރިކަން ފާޅުކުރި އެވެ. އޭގެތެރެއިން ޝަރުތުހަމަވާ ކަމަށް އެޗްޑީސީއިން ކަނޑައެޅީ ތިން ކުންފުންޏެއްގެ އެވެ. ގިނަ ކުންފުނިތައް ޝަރުތު ހަމަނުވާ ކަމަށް ނިންމާފައިވަނީ ދިން ކުރު މުއްދަތުގައި ބޭނުންވާ ހުރިހާ ޑޮކިއުމެންޓެއް ހުށަޅާފައި ނެތް ކަމަށް ބުނެ އެވެ.

މިހާތަނަށް ރާއްޖޭގައި ހިންގާ އެންމެ ބޮޑު އެއް ލަގްޒަރީ ހައުސިން މަޝްރޫއު ނަންޓޮންގް ކުންފުންޏަށް ދޭން ނިންމީ ހުށަހެޅުންތައް ލިބުނުތާ 24 ގަޑިއިރު ވެސް ނުވަނީސް ޑިސެމްބަރު 25، ގައި ބޭއްވި އެޗްޑީސީގެ ބޯޑު ބައްދަލުވުމުގަ އެވެ.

15 ބުރިއަށް އިމާރާތް ކުރުމުގެ ހުއްދަ ލިބޭ އެ ސަރަހައްދުން އެ މަޝްރޫއުއަށް ދޫކުރަން ނިންމާފައި ވަނީ 125,387.81 އަކަފޫޓުގެ ބިމެކެވެ. އެ ބިމާއެކު އެ މަޝްރޫއު ހިންގާ ބަޔަކަށް ބޭނުންކުރެވޭ ޖުމުލަ ބިމުގެ ބޮޑުމިނަކީ 1.3 މިލިއަން އަކަފޫޓެވެ. އިއުލާނާއެކު އާންމުކުރި ކުރެހުންތަކުން އެނގޭ ގޮތުގައި އެއީ ޗެނެލް ޕާކް ސަރަހައްދު ވެސް ހިމެނޭ ގޮތަށެވެ.

މި ނޫހަށް ލިބިފައިވާ ލިޔެކިޔުންތަކުން އެނގޭ ގޮތުގައި ނަންޓޮންގް ކުންފުނިން މި މަޝްރޫއު ހިންގާނީ އެ ކުންފުނިން ފައިނޭންސް ކުރާ ގޮތަށެވެ. މަޝްރޫއުގެ ވެލިއުގެ ގޮތުގައި ލިޔެކިޔުންތަކުގައި ޖަހާފައިވަނީ 76 މިލިއަން ޑޮލަރެވެ. އެއީ 1.1 ބިލިއަނެއްހާ ރުފިޔާ އެވެ.

މަޝްރޫއު ހިންގުމަށް ނަންޓޮންގް އިން އެޗްޑީސީ އާއެކު ޖޮއިންޓް ވެންޗާއެއް އުފައްދާނެ އެވެ. ޖޭވީގެ 70 ޕަސެންޓު ހިއްސާ އޮންނާނީ ޗައިނާ ކުންފުނީގެ ނަން މަތީގަ އެވެ.

މިދިޔަ ހަފުތާ އެެޗްޑީސީގެ ބޯޑުން މި މަޝްރޫއު ނަންޓޮންގް އާ ހަވާލުކުރުމުގެ އިތުރުން ތިން މަސްދުވަހުގެ ފްރޭމްވޯކް އެގްރީމެންޓެއް ހެދުމަށް ފާސްކުރި އެވެ. މި މުއްދަތުގެ ތެރޭގައި މަޝްރޫއުގެ ދަށުން ދެވޭ ބިމާއި މުގާބިލުގައި ކުރާ ސީއެސްއާރު ހަރަދުގެ އިތުރުން މަޝްރޫއުގެ ޑިޒައިނާއި އެހެން ތަފުސީލުތައް ނިންމަން ޖެހެ އެވެ.

މި މަޝްރޫއު އިއުލާނު ކުރުމާއެކު އަދަދު ނޫހާ ވާހަކަ ދެއްކި ބައެއް ވިޔަފާރިވެރިން ފާހަގަކުރި ގޮތުގައި، މީގެ ކުރިން މިއަށްވުރެ މާ ކުދި މަޝްރޫއުތަކަށް ވެސް މިއަށްވުރެ ދިގު މުއްދަތު ދީފައި އެބަހުއްޓެވެ. 6 ދުވަހުގެ ތެރޭގައި ފަންނީ ދިރާސާތައް ހަދައި، ފައިނޭންޝަލް މޮޑެލްތައް ތައްޔާރުކޮށް ބިޑު ހުށަހެޅުމަކީ އާންމު އިންވެސްޓަރަކަށް ކުރެވޭނެ ކަމެއް ނޫނެވެ.

މިއީ މިކަމުގެ މައުލޫމާތު ކުރިން ލިބި، ހުރިހާ ލިޔެކިޔުމެއް ތައްޔާރުކޮށްގެން ތިބި "ވަކި ބަޔަކަށް" މަގުފަހިކޮށްދިނުމަށް ކޮށްފައިވާ ކަމެއް ކަމަށް ބެލުމުގެ ޖާގަ ބޮޑު ކަމަށް އޭރު އެ މީހުން ބުންޏެވެ. މިހާރު މި ނޫހަށް ލިބިފައިވާ ލިޔެކިޔުންތަކުން އެކަން ކަށަވަރުވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox