އެންމެ ބޮޑު އަމާޒަކީ ސްވިމިން ޕޫލްގެ މަސައްކަތް ނިންމުން

Jun 2, 2024, 6:24 AM
ސްވިމިން އެސޯސިއޭޝަންގެ އިންތިހާބީ ކޮންގްރެސްގެ ތެރެއިން ސައްތާރު ވާހަކަ ދައްކަވަނީ.--- ފޮޓޯ: ސްވިމިން އެސޯސިއޭޝަން

ސްވިމިން އެސޯސިއޭޝަންގެ އިންތިހާބީ ކޮންގްރެސްގެ ތެރެއިން ސައްތާރު ވާހަކަ ދައްކަވަނީ.--- ފޮޓޯ: ސްވިމިން އެސޯސިއޭޝަން

ސްވިމިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސްގެ މަގާމަށް ހަތަރު ވަނަ ދައުރަކަށް އިންތިހާބުވުމަށް ފަހު، އެންމެ އިސްކަމެއްދީގެން ކުރަން ބޭނުންވަނީ ސްވިމިން ޕޫލްގެ މަސައްކަތް ނިންމާލުމަށް ކަމަށް ސްވިމިން އެސޯސިއޭޝަންގެ ރައީސް މުހައްމަދު އަބްދުއްސައްތާރު (ޗަމްޕީ) ވިދާޅުވެއްޖެ އެވެ.

ހުޅުމާލޭގައި ގާއިމްކުރާ ސްވިމިން ޕޫލްގެ ބިން ހަމަޖެހިފައިވާއިރު، އެ ޕޫލުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. ސައްތާރު ވިދާޅުވީ، ދެން ސްވިމިން އެސޯސިއޭޝަންގެ އިންތިހާބީ ޖަލްސާއެއް ބޭއްވޭއިރު، ސްވިމިން ޕޫލެއް އޮންނާނެ ކަމަށެެވެ.

"މިހާރު ވަރަށް ބުރަކޮށް އެކަމުގައި މަސައްކަތް ކުރަމުން އެ ދަނީ، އަޅުގަނޑުމެންގެ އެ ޕޫލު ނިމިގެންދާއިރުގައި ދެން ޖަލްސާއެއް އެ ތާގައި ބޭއްވިގެން ދެވިއްޖިއްޔާ އެއީ ލިބޭނެ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށް އަޅުގަނޑު ހަމަ ދެކެން،" ސައްތާރު ވިދާޅުވި އެވެ.

"އަހަރެއްގެ ތެރޭގައި މި ބޭނުންވަނީ އެކަން (ޕޫލް) ނިންމާލަން. ނިމިގެންދާއިރު އަޅުގަނޑުމެންނަށް 50 މީޓަރުގެ ޕޫލަކާއި 25 މީޓަރުގެ ހަ ލޭނު ޕޫލެއް ވިތު ޑައިވިން ފެސިލިޓީސް އޮންނާނެ. އޭރަށް އަޅުގަނޑުމެން ޑައިވިން ވެސް އިންޓްރޮޑިއުސް ކުރާނަން،"

ސައްތާރު ވިދާޅުވީ، ޕޫލްގެ މަސައްކަތަށް ސްވިމިން އެސޯސިއޭޝަންގެ މެމްބަރުންގެ ހިޔާލާއި ލަފާ ހޯދަން ބޭނުންވާ ކަމަށާއި އެހެންކަމުން، އެ ތަނަށް ގޮސް، މަސައްކަތް ބަލާލަން ބޭނުންވާ މެމްބަރުންނަށް އެ ފުރުސަތު ވެސް އޮންނާނެ ކަމަށެވެ.

ސްވިމިންގެ ބައިނަލްއަގުވާމީ ޖަމިއްޔާގެ ނަން، އިންޓަނޭޝަނަލް އެކުއަޓިކްސް އަށް ބަދަލުކޮށްފައިވާއިރު، ސައްތާރު ވިދާޅުވީ، އެ ގޮތަށް ގިނަ ގައުމުތަކުން ވެސް އެކުއަޓިކްސް ހިމެނޭ ގޮތަށް ނަން ބަދަލުކުރަމުން އަންނަ ކަމަށެވެ. އަދި ބައިނަލްއަގުވާމީ ބައެއް ބައްދަލުވުންތަކަށްދާއިރު، ރާއްޖޭގެ ސްވިމިން އެސޯސިއޭޝަނަށް، މޯލްޑިވްސް އެކުއަޓިކްސްގެ ނަމުން ވެސް މުހާތަބު ކުރާކަން ސައްތާރު ފާހަގަކުރެއްވި އެވެ.

"އެހެންވީމަ އަޅުގަނޑުމެންގެ ވެސް ސްވިމިން އެސޯސިއޭޝަންގެ ނަން މެމްބަރުންގެ ލަފަޔާ އެކު ބަދަލުކުރަން އެބަޖެހޭ. ބަދަލާ އެކު ކިޔާނީ މޯލްޑިވްސް އެކުއަޓިކްސް. ބޭރުގައި ޖަލްސާތަކުގައި ވެސް ޖަހާފައި ހުންނަނީ މޯލްޑިވްސް އެކުއަޓިކްސް، އެއީ އެ ބަދަލު ގެންނަން ޖެހޭ ކަމަށް ބޭރުގެ ޖަމިއްޔާތަކަށް ވެސް ފެންނާތީ،" ސައްތާރު ވިދާޅުވި އެވެ.

މީގެ އިތުރުން، އިންޓަނޭޝަނަލް އެކުއަޓިކްސް އިން އެދޭ ބައެއް ކަހަލަ ބަދަލުތައް، ސްވިމިން އެސޯސިއޭޝަންގެ ގަވާއިދަށް ވެސް ގެންނަން ޖެހޭ ކަމަށާއި، އާ ހިންގާ ކޮމިޓީގެ ދައުރު ފެށުމާ އެކު، މެމްބަރުންނާ އެކު ދުރާލާ އެ މަސައްކަތް ވެސް ފެށިގެންދާނެ ކަމަށް ސައްތާރު ވިދާޅުވި އެވެ. އަދި މީގެ އެންމެ މުހިންމު ކަމަކީ، ވަގުތު އޮއްވައި، މި ކަންކަމުގެ މައުލޫމާތު ހުރިހާ މެމްބަރުންނަށް ފޯރުކޮށްދީގެން، މި މަސައްކަތް ފުރިހަމަ ކުރުން ކަމަށް ސައްތާރު ހާމަކުރެއްވި އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox