މުއްދަތުގެ ތެރޭގައި އޮޑިޓް ރިޕޯޓް ހުށަނޭޅުމުން ތިން ޕާޓީއެއް ޖޫރިމަނާކޮށްފި

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: އީސީ

އިލެކްޝަންސް ކޮމިޝަނުން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން -- ފޮޓޯ: އީސީ

ކަނޑައަޅާފައި އޮތް މުއްދަތުގެ ތެރޭގައި އޮޑިޓް ރިޕޯޓް ހުށަނޭޅުމުން ތިން ސިޔާސީ ޕާޓީއެއް ޖޫރިމަނާކޮށްފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފި އެވެ. 

އިލެކްޝަންސް ކޮމިޝަނުގެ މެންބަރު ހަސަން ޒަކަރިއްޔާ އަދަދު އަށް ވިދާޅުވީ ކަނޑައަޅާފައި އޮތް މުއްދަތުގެ ތެރޭގައި އޮޑިޓް ރިޕޯޓް ހުށަނޭޅުމުން 50،000ރ. ގެ އަދަދަކުން ޖޫރިމަނާކުރީ މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އާއި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އަދި އަދާލަތު ޕާޓީ ކަމަށެވެ. 

ނަމަވެސް ކަނޑައަޅާފައި އޮތް މުއްދަތަށްވުރެ ފަހުން އެމްޑީޕީން އޮޑިޓް ރިޕޯޓް ހުށަހަޅާފައިވާއިރު، އެމްއެންޕީ އާއި އަދާލަތުން އަދިވެސް އޮޑިޓް ރިޕޯޓް ހުށަހަޅާފައި ނުވާ ކަމަށް ޒަކަރިއްޔާ ވިދާޅުވި އެވެ. 

ސިޔާސީ ޕާޓީތަކުގެ މިދިޔަ އަހަރުގެ އޮޑިޓް ރިޕޯޓްތައް ހުށަހަޅަން އިލެކްޝަނުން މުއްދަތު ދިނީ މެއި 20، ގެ ނިޔަލަށެވެ. އެ މުއްދަތުގެ ތެރޭގައި އޮޑިޓް ރިޕޯޓްތައް ހުށަހެޅީ ހަތަރު ޕާޓީއަކުންނެވެ. އެއީ ޖޭޕީ އާއި އެމްޑީއޭ އާއި ޕީއެންސީ އަދި ޕީއެންއެފް އިންނެވެ. 

އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ އޮޑިޓު ރިޕޯޓުތަކަށް ބަލާއިރު، މިދިޔަ އަހަރު އެންމެ ބޮޑު ހަރަދެއް ކޮށްފައި ވަނީ، ރާއްޖޭގެ އެންމެ ބޮޑު ސިޔާސީ ދެ ޕާޓީ އެމްޑީޕީ އަދި ޕީއެންސީންނެވެ.

އިދިކޮޅު އެމްޑީޕީއަށް މިދިޔަ އަހަރު ޖުމުލަ އާމްދަނީގެ ގޮތުގައި 9.5 މިލިއަން ރުފިޔާ ލިބުނުއިރު، އޭގެ ތެރެއިން ބޮޑު ބަޔަކީ އިލެކްޝަންސް ކޮމިޝަނުން އެ ޕާޓީއަށް ދިން 8.4 މިލިއަން ރުފިޔާ އެވެ. އެ ޕާޓީގެ މިދިޔަ އަހަރުގެ އާމްދަނީގެ ތެރޭގައި ދެން ހިމެނެނީ އާންމު ފަރުދުންގެ ފަރާތުން އެހީގެ ގޮތުގައި ލިބުނު އެއް މިލިއަން ރުފިޔާ އާއި ކުންފުނިތަކުން އެހީގެ ގޮތުގައި ލިބުނު 57،095ރ. އެވެ.

އެމްޑީޕީއަށް މިދިޔަ އަހަރު ލިބުނު ޖުމުލަ އާމްދަނީގެ ތެރެއިން އެ ޕާޓީން ހަރަދުކޮށްފައި ވަނީ 8.3 މިލިއަން ރުފިޔާ އެވެ. އެންމެ ބޮޑު ހަރަދެއް އެމްޑީޕީން ކޮށްފައި ވަނީ މުސާރަ އާއި އިނާޔަތްތަކަށެވެ. މުސާރަ އާއި އިނާޔަތްތަކަށް އެމްޑީޕީން މިދިޔަ އަހަރު 3.1 މިލިއަން ރުފިޔާ ހަރަދުކުރިއިރު، ކުއްޔަށް 1.5 މިލިއަން ރުފިޔާ އެ ޕާޓީން ހަރަދުކޮށްފައިވެ އެވެ.

ވެރިކަން ކުރާ ޕީއެންސީއަށް މިދިޔަ އަހަރު ޖުމުލަ އާމްދަނީގެ ގޮތުގައި ލިބިފައި ވަނީ 14.1 މިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން 13.3 މިިލިއަން ރުފިޔާއަކީ އިލެކްޝަންސް ކޮމިޝަނުން ލިބުނު ފައިސާ އެވެ. ބާކީ 842،000ރ. އަކީ އަމިއްލަ ފަރާތްތަކުން އެހީގެ ގޮތުގައި ދީފައިވާ ފައިސާ އެވެ.

ޕީއެންސީއަށް ލިބުނު ޖުމުލަ އާމްދަނީގެ ތެރެއިން އެ ޕާޓީން މިދިޔަ އަހަރު ހަރަދުކޮށްފައި ވަނީ 9.1 މިލިއަން ރުފިޔާ އެވެ. އޭގެ ތެރެއިން 8.8 މިލިއަން ރުފިޔާ ޕީއެންސީން ހަރަދުކޮށްފައި ވަނީ އިދާރީ ކަންކަމަށެވެ. ޕާޓީ ޕްރޮމޯޓު ކުރުމަށް 376،062ރ. ޕީއެންސީން ހަރަދުކޮށްްފައިވެ އެވެ.

ޕީއެންސީން މިދިޔަ އަހަރު އެންމެ ބޮޑު ހަރަދެއް ކޮށްފައި ވަނީ ކުއްޔަށެވެ. މިދިޔަ އަހަރު އެ ޕާޓީން ކުއްޔަށް 3.1 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެ އެވެ. އެ ޕާޓީގެ މުވައްޒަފުންނަށް މުސާރައިގެ ގޮތުގައި ހަރަދުކޮށްފައި ވަނީ 2.3 މިލިއަން ރުފިޔާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox