އާސެނަލް ކުޅޭ ގޮތާ މެދު ހާޒެލާގެ ފާޑުކިޔުން؛ "މިއީ ހުއްޓުވަން ޖެހޭ ކަމެއް"

Mar 6, 2026, 5:31 AM
އާސެނަލް ކުޅޭ ގޮތާ މެދު ހާޒެލާގެ ފާޑުކިޔުން؛ "މިއީ ހުއްޓުވަން ޖެހޭ ކަމެއް"

ލަންޑަން (މާޗް 6) - އިނގިރޭސި ޕްރިމިއާ ލީގުގެ އެއް ވަނައިގައި އޮތް އާސެނަލުން މެޗުތަކުގައި ވަގުތު ލަސްކުރަން ކުރާ މަސައްކަތްތަކަކީ ފުޓްބޯޅައިގައި އެ މިންވަރަށް ފުރުސަތު ދެވިގެންވާނެ ކަމެއް ނޫން ކަމަށާއި ޕްރިމިއާ ލީގުން އެކަން ހުއްޓުވަން އަމަލުކުރަން ޖެހޭ ކަމަށް ބްރައިޓަން ކޯޗު ފަބިއަން ހާޒެލާ ބުނެފި އެވެ.

ބްރައިޓަން ދަނޑުގައި އާސެނަލުން 1-0 އިން މޮޅުވިއިރު، މެޗުގައި އާސެނަލުން ލަނޑު ޖެހީ ނުވަ ވަނަ މިނިޓްގަ އެވެ. ސްޓެޓިސްޓިކްސް ދައްކާގޮތުން، މި މެޗުގެ ތެރެއިން، ތިރީހަކަށް މިނިޓާ ގާތްކުރާ މުއްދަތަކަށް މެޗު ތެރެއިން ވަގުތު ގެއްލިފައިވެ އެވެ.

އެ މެޗަށް ފަހު، ހާޒެލާ، 33، ބުނެފައިވަނީ، ދަނޑުމަތިން ފެނުނީ ފުޓްބޯޅަ ކުޅެން އުޅުނު އެއް ޓީމު ކަމަށާއި ބަލިވިޔަސް އެ ޓީމަކީ ބްރައިޓަން ކަމަށްވާތީވެ، ހިތްހަމަޖެހޭ ކަމަށެވެ. ހާޒެލާ ބުނީ، ކޯޗެއްގެ ގޮތުގައި މަސައްކަތްކުރާއިރު، އޭނާ ބޭނުންވަނީ ކުޅުންތެރިން ޑިވެލޮޕްކުރުމަށް ކަމަށާއި މެޗުގެ ފުރިހަަމަކަން ގެއްލޭފަދަ ވަގުތު ބޭކާރުކުރަން ހިތްވަރުދޭ ކޯޗަކަށް އޭނާ ނުވާނެ ކަމަށެވެ.

Advertisement

"އަހަންނަށް އެނގޭ ކޮންމެ ޓީމެއް ވެސް މެޗު މެނޭޖްކޮށްފައި ވަގުތު ދުއްވަން މަސައްކަތް ކުރާނެ. އެކަމަކު، އެ ކަމުގައި ވެސް ހައްދެއް އޮންނަންވާނެ. އެއީ ކިހާ މިންވަރެއްތޯ ކަނޑައަޅަން ޖެހޭނީ ޕްރިމިއާ ލީގުން، މި ފަދަ ގޮތަކަށް މިކަން ވިޔަނުދީ ހުއްޓުވަން ޖެހޭ،" ހާޒެލާ ހިތްހަަމަނުޖެހިފައި ހުރެ ބުންޏެވެ.

އިނގިރޭސި ޕްރިމިއާ ލީގުގައި ކޯޗުކޮށްދޭ އެންމެ ޒުވާން ކޯޗުގެ މަގާމު 31 އަހަރުގައި ހޯދި، ހާޒެލާ ބުނީ، ކަނޑައެޅިފައި އޮތް ގޮތެއް ރެފްރީންގެ މެދުގައި ވެސް ނިންމާފައި އޮންނަން ޖެހޭނެ ކަމަށާއި މިހާރު ފެންނަން އޮތީ ބަޔަކު ބޭނުންހާ ގޮތަކަށް މެޗުގެ ތެރެއިން ވަގުތުނަގާލެވޭ ގޮތަށް ކަަމަށެވެ.

ބްރައިޓަން އާއި އާސެނަލް މެޗު ކުރިއަށްދިޔައިރު، އާޓެޓާ އާއި ހާޒެލާއާ ދެމެދުގައި ބަހުގެ ހަމަލާތަކެއް ބަދަލުކުރިތަން ވަނީ ކެމެރާތަަކަށް އަރައިފަ އެވެ.

ހާޒެލާގެ ވާހަކަތަކާ ގުޅޭގޮތުން، އާޓެޓާއާ ސުވާލުކުރުމުން، ސީދާ ޖަވާބެއް ދިނުމުގެ ބަދަލުގައި އާސެނަލް ކުޅުންތެރިން ކުރާ މަސައްކަތަށް ތައުރީފުކުރާ ކަމަށާއި ޓީމުގެ ކުޅުންތެރިންނާ މެދު ފަހުރުވެރިވާ ކަމަށް ވަނީ ބުނެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox