ނޭޕާލުގެ މައިގަނޑު އަމާޒަކީ ކުރިން ހެދިފައި ހުރި ގޯސްތައް ރަނގަޅުކުރުން

Mar 23, 2026, 5:25 AM
ނޭޕާލްގެ ކޯޗު އުރްޖަން ޝްރެސްތާ، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ވާހަކަ ދައްކަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ނޭޕާލްގެ ކޯޗު އުރްޖަން ޝްރެސްތާ، އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގެ ތެރެއިން ވާހަކަ ދައްކަނީ.---- ފޮޓޯ: އަދަދު ސްޕޯޓްސް / އިމޭޖަސް.އެމްވީ

ސާފް 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި ވާދަކުރާއިރު، ނޭޕާލުން މައިގަނޑު ގޮތެއްގައި ވިސްނައިގެން މަސައްކަތްކުރާނެ އެއް ކަމަކީ ކުރިން ހެދިފައި ހުރި ގޯސްތައް ރަނގަޅު ކުރުމަށް ކަމަށް ނޭޕާލްގެ 20 އަހަރުން ދަށުގެ ޓީމުގެ ކޯޗު، އުރްޖަން ޝްރެސްތާ ބުނެފި އެވެ.

ވިހި އަހަރުން ދަށުގެ ސާފް ޗެމްޕިއަންޝިޕް، މިއަދުން ފެށިގެން އަންނަ މަހުގެ ތިން ވަނަ ދުވަހުގެ ނިޔަލަށް ސާފްގެ ހަތް ގައުމުގެ މެދުގައި ގަލޮޅު ދަނޑުގައި ކުރިއަށްދާނެ އެވެ. މިއަދު ގްރޫޕް އޭގެ މެޗުތައް ކުޅޭއިރު، ހަވީރު އޮތީ ބޫޓާން އާއި ނޭޕާލް ބައްދަލުކުރާ މެެޗެވެ. އަދި، މިރޭ ރާއްޖޭން ސްރީ ލަންކާއާ ކުޅޭނެ އެވެ.

ނޭޕާލުން ވަނީ ސާފް އުމުރުފުރާ މުބާރާތްތައް 2015 ގައި ފެށިފަހުން ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ. އެކަމަކު، އެ ޓީމަށް ކާމިޔާބު ލިބެން ދިޔަ ފަހަރުތަކެއްގައި، ގެއްލިފައި ހުރި ބޮޑެތި ފުރުސަތުތައް ވެސް ގިނަ އެވެ. އެއީ، މި ފަހަރު އެ ޓީމުން ވަރަށް ވިސްނާނެ ކަމެކެވެ.

"ސާފްގެ އުމުރުފުރާ މުބާރާތްތަކުގައި ނޭޕާލްގެ ކާމިޔާބީތައް އެބައޮތް. ހަަމަ އެގޮތަށް ފައިނަލަށް ދިޔަ ގިނަ ފަހަރުތަކެއްގައި އެބަހުރި، ގްރޫޕް ސްޓޭޖުގައި މޮޅުވި ޓީމުތައް އަތުން ފައިނަލުގައި ބަލިވެފައި. އެހެންވީމަ، މި ކަންކަމަށް ބަލައިގެން ނޭޕާލުން ވިސްނުންތެރިކަމާ އެކު ކުރިން ހެދިފައި ހުރި ގޯސްތައް ރަނގަޅުުކުރަން މަސައްކަތް ކުރާނެ،" އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޭޕާލްގެ ކޯޗު، އުރްޖަން ބުންޏެވެ.

ސާފްގެ ފުޓްބޯޅަ ޑިވެލޮޕްވަމުން އަންނައިރު، ހުރިހާ ޓީމަކުން ވެސް ޔޫތު ފުޓްބޯޅަ ރަނގަޅު ކުރަން ކުރާ މަސައްކަތުގެ ސަބަބުން ހުރިހާ ޓީމެއް ވެސް ފެންނަނީ ވަރަށް ވަރުގަދަވަމުން އަންނަ ގޮތަށް ކަމަށް އުރްޖަން ވަނީ ބުނެފަ އެވެ.

"އެއް ޓީމު ވަރަށް މޮޅޭ، ނޫނީ އަނެއް ޓީމު ދަށެކޭ ބުނެވޭކަށެއް ނެތް. ކޯޗު ދޭ އިރުޝާދާ އެއްގޮތަށް ވިސްނުންތެރިކަމާ އެކު ކުޅޭ ޓީމެއް ކާމިޔާބުވާނެ،" އުރަޖަން ބުންޏެވެ.

އޭނާ ބުނީ، ސާފް 20 އަހަރުން ދަށުގެ މުބާރާތަށް ނޭޕާލް ޓީމުގެ ތައްޔާރީތައް ދިޔައީ ވަރަށް ރަނގަޅަށް ކަމަށެެވެ. ސަަބަބަކީ، ނޭޕާލްގެ ފުޓްބޯޅައިގެ ނޭޝަނަލް ލީގު މިހާރު ކުރިއަށްދާތީވެ، މި މުބާރާތަށް (ސާފް 20 އަހަރުން ދަޑުގެ މުބާރާތަށް) ކުުޅުންތެރިން ނަގަައި ޓީމު އެކުލަވާލަން ފަސޭހަވެގެން ދިޔަ ކަމަށެެވެ.

"ފިޓްނަސް ވެސް ވަރަށް ރަނގަޅަށް ހުރީ، އެހެންވީމަ ތައްޔާރީތައް ވަރަށް ރަނގަޅު،" އުރްޖަން ބުންޏެވެ.

ސްކޮޑު އެކުލަވާލުމުގެ މަސައްކަތުގައި، ނެޝަަަނަލް ލީގުން ވަރަށް ރަނގަޅަށް ސްކައުޓްކޮށްގެން، ކުޅުންތެރިންތައް ކުޅެނީ ކޮން މަގާމުތަކަކަށްތޯ ބަލައިގެން ކޮބައިތޯ ކުޅުންތެރިންގެ ސްޓްރަންތަކީ ވެސް ދެނެގެނަވުނުކަން އުރްޖަން ފާހަގަކުރި އެވެ.

"ކުޅުންތެރިން ކައިރިން އަހަރެމެން ބޭނުންވާ ކަންކަން ވެސް ދެނެގަނެގެން ޓީމު އެކުލަވާލަން ފަސޭހަވި، ދެން، ނޭޕާލް (ސީނިއާ) ގައުމީ ޓީމާ އެކުގައި ވެސް މެޗުތަކެއް ކުޅެން ލިބުނު، އެއީ، ނެޝަނަލް ޓީމު ވެސް ތައްޔާރުވަނީ ހޮންގް ކޮންގާ އެކު މެޗެއް ކުޅެން، މިއީ ވެސް އެޑްވާންޓޭޖެއް ގޮތުގައި ދެކެނީ،" އުރްޖަން ބުންޏެވެ.

ރާއްޖޭގައި ދިރިއުޅެމުން އަންނަ ނޭޕާލް މީހުންގެ ފަރާތުން ސާފް 20 އަހަރުން ދަށުގެ މުބާރާތާ ގުޅޭ މައުލޫމާތު ހޯދަން ގިނަ މެސެޖުތަކެއް ލިބެމުން އަންނަ ކަމަށާއި އުންމީދަކީ ގިނަ އަދަދެއްގެ ސަޕޯޓަރުން އައިސް ޓީމަށް ސަޕޯޓް ދޭނެ ކަމަށް ކަމުގައި ޓީމުން ވަނީ ބުނެފަ އެވެ.

ބޫޓާނާއި ނޭޕާލް ކުޅޭ މެޗު ފަށާނީ މިއަދު 15:45 ގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox