އިންޑިއާގެ 20 އަހަރުން ދަށުގެ ޓީމުގެ ކޯޗަކަށް މަހޭޝް ގޯލީ

Mar 14, 2026, 6:51 AM
އިންޑިއާގެ 20 އަހަރުން ދަށުގެ ޓީމުގެ ކޯޗަކަށް މަހޭޝް ގޯލީ

މި މަހު ފަހުކޮޅު ރާއްޖޭގައި ފަށާ ސާފް 20 އަހަރުން ދަށުގެ ފުޓްބޯޅަ މުބާރާތުގައި އިންޑިއާގެ ހެޑް ކޯޗަކަށް މަހޭޝް ގޯލީ ހަމަޖައްސައިފި އެވެ.

މަހޭޝް އަކީ އެންމެ ފަހުން، 2023 ވަނަ އަހަރު ބެންގަލޫރުގައި ބޭއްވި ސާފް ޗެމްޕިއަންޝިިޕްްގައި އިންޑިއާގެ އެސިސްޓަންޓް ކޯޗެވެ. އިންޑިއާ އިން އަންނަނީ މި މަހުގެ 23 އިން އަންނަ މަހުގެ 3 އަށް ކުރިއަށްދާ ސާފް ޗެމްޕިއަންޝިޕަށް މަހޭޝްގެ އިރުޝާދުގެ ދަށުން ތައްޔާރީތައް ކުރިއަށްގެންދަމުންނެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، އޯލް އިންޑިއާ ފުޓްބޯލް ފެޑެރޭޝަން (އޭއައިއެފްއެފް) އިން ފުރަތަމަ ގެންގުޅުނު ވިސްނުމަކީ، މަހޭޝް، އެސިސްޓަންޓް ކޯޗަކަށް ބެހެއްޓުމަށް ފަހު، ތަޖުރިބާކާރު ބިދޭސީ ކޯޗެއް ގެނައުމެވެ. އެކަމަކު، އޭއައިއެފްއެފްގެ ޓެކްނިކަލް ކޮމިޓީގެ ބަައްދަލުވުމަކަށް ފަހު، މަހޭޝްއާ ޓީމުގެ ހެޑް ކޯޗުގެ ޒިންމާ ހަވާލުކުރަން ވަނީ ނިންމަައިފަ އެވެ.

އިންޑިއާ އޮތީ ބަންގްލަދޭޝާއި ޕާކިސްތާނާ އެކު ގްރޫޕް ބީގަ އެވެ. އިންޑިއާ އިން ފުރަތަމަ މެޗުގައި، މި މަހު 26 ގައި ޕާކިސްތާނާ ކުޅުމަށް ފަހު، ދެ ވަނަ މެޗުގައި ބަންގްލަދޭޝާ ކުޅޭނީ މި މަހުގެ 28 ވަނަ ދުވަހު އެވެ.

ސާފް އިން އާންމު ގޮތެއްގައި 20 އަހަރުން ދަށުގެ މުބާރާތް ބާއްވަނީ ބަހާލައިގެންނެވެ. އެ ގޮތުން، ބައެއް ފަހަރު މި މުބާރާތް 18 އަހަރާއި 19 އަހަރުން ދަށަށް ހާއްސަކޮށް ވެސް ބާއްވަ އެވެ. އެ ގޮތުން، 2015 ގައި ބޭއްްވި 19 އަހަރުން ދަށުގެ މުބާރާތުގެ ޗެމްޕިއަންކަން ނޭޕާލުން ހޯދިއިރު، 2017 އާއި 2019 ވަނަ އަހަރުގައި 18 އަހަރުން ދަށަށް މި މުބާރާތް ބޭއްވިއިރު، ނޭޕާލާއި އިންޑިއާ އިން ތަށި ހޯދި އެވެ. މި މުބާރާތް 2022 ވަނަ އަހަރު 20 އަހަރުން ދަށަށް ކުރިއަށްގެންދިޔައިރު، ޗެމްޕިއަަނަކީ އިންޑިއާ އެވެ.

އޭގެ ފަހުން، 2023 ވަނަ އަހަރު 19 އަހަރުން ދަށަށް ބޭއްވިއިރު ވެސް އިންޑިއާ އިން ޗެމްޕިއަންކަން ހޯދި އެވެ. އެންމެ ފަހުން 20 އަހަރުން ދަށަށް ބޭއްވީ 2024 ވަނަ އަހަރު އެވެ. އެ ފަަހަރު ޗެމްޕިއަންކަން ހޯދީ ބަންގްލަދޭޝް އެވެ. އަދި، މިދިޔަ އަހަރު 19 އަހަރުން ދަށަށް މުބާރާތް ބޭއްވިއިރު، ޕެނަލްޓީ ޖަހައިގެން ބަންގްލަދޭޝް ބަލިކޮށް އިންޑިއާ އިން ތަށި އުފުލާލި އެވެ.

ސާފް 20 އަހަރުން ދަށުގެ މުބާރާތަށް ބަންގްލަދޭޝް އިން އިނގިރޭސި ކޯޗެއް ކަމަށްވާ މާކް ކޮކްސް ހަމަޖައްސައިފަ އެވެ. ޕާކިސްތާންގެ 20 އަަހަރުން ދަށުގެ ކޯޗަކީ، ސީނިއާ ޓީމުގެ އެސިސްޓަންޓް ކޯޗަަކަށް މަސައްކަތްކުރި ޝެހެޒާދު އަންވަރު އެވެ. ރާއްޖޭގެ ޓީމުގެ ކޯޗަކީ، ސީނިއާ ޓީމުގެ ހެޑްކޯޗު، ހަންގޭރީގެ އިސްތަވާން އުރްބާނީ އެވެ. އަދި، ސްރީ ލަންކާ އިން ވަނީ ގަތަރުގެ ކޯޗު އަހުމަދު އަލް-މައްނާއީ ކޯޗަކަށް ހަމަޖައްސައިފަ އެވެ. އަލް-މައްނާއި ވަނީ މީގެ ކުރިން ސްރީ ލަންކާގެ 23 އަަހަރުން ދަށުގެ ފުޓްބޯޅަ ޓީމާއި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ލަންކާ ޓިމުތަކަށް ކޯޗުކޮށްދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox