ރާއްޖޭގައި ބާއްވާ ސާފް 20 އަހަރުން ދަށުގެ މުބާރާތަށް ބަންގްލަދޭޝަށް އިނގިރޭސި ކޯޗެއް

Mar 7, 2026, 6:31 PM
ރާއްޖޭގައި ބާއްވާ ސާފް 20 އަހަރުން ދަށުގެ މުބާރާތަށް ބަންގްލަދޭޝަށް އިނގިރޭސި ކޯޗެއް

މި މަހުގެ 23 އިން އޭޕްރީލް 3 އަށް މާލޭގައި ކުރިއަށްދާ ސާފް 20 އަހަރުން ދަށުގެ މުބާރާތަށް ބަންގްލަދޭޝް އިން އިނގިރޭސި ކޯޗެއް ކަމަށްވާ މާކް ކޮކްސް ހަމަޖައްސައިފި އެވެ.

ސާފްގެ އުމުރުފުރާ މުބާރާތުގައި ބަންގްލަދޭޝްގެ ހެޑް ކޯޗެއްގެ ގޮތުގައި ފެނިގެންދާނެ ފަރާތެއް ކަނޑައެޅުމުގައި ގިނަ ހިޔާލުތަފާތުވުންތަކެއް އުފެދިފައިވަނިކޮށް ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަން (ބީއެފްއެފް) އިން މިރޭ އިއުލާނުކުރީ ކޮކްސް އަކީ އެ ޓީމުގެ ހެޑް ކޯޗު ކަމަށެވެ. އަދި، ވަރަށް އަވަހަށް ޓީމުގެ ފަރިތަަކުރުންތަކުގައި މަސައްކަތް ފަށާނެ ކަމަށެވެ.

މީގެ ކުރިން، ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަންގެ ނައިބު ރައީސް، ފަހަދު ކަރީމް ވަނީ، ކޮކްސް އަށް އެއް މަސް ދުވަހުގެ ކޮންޓްރެކްޓެއްގައި ގެންނަން ނިންމާފައިވާ ކަމަށް އިއުލާނުކޮށްފަ އެވެ. އޭގެ ފަހުން، ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަނުގެ އަނެއް ނައިބު ރައީސް އަދި ޑިވެލޮޕްމަންޓް ކޮމިޓީ ޗެއާމަން، ނާސިރު ޝަހުރިއާރު އަލް ޒަހޭދީ ވިދާާޅުވީ، ކޮކްސް ގެންނަނީ ކޮންސަލްޓަންޓެއްގެ ގޮތުގައި ކަމަށާއި ބެންޗުން ޓީމަށް އިރުޝާދުދޭނީ ބަންގްލަދޭޝްގެ ކޯޗު، ގޮލަމް ރައްބާނީ ޗޮޓޯން ކަމަށެވެ.

އެހެން ނަމަވެސް، ބަންގްލަދޭޝް ފުޓްބޯޅަ ފެޑެރޭޝަނުން މިހާރު ނިންމާފައި އޮތީ، ޓީމުގެ ހެޑް ކޯޗުގެ ހުރިހާ ޒިންމާއެއް ކޮކްސްގެ އަތްމައްޗަށް ދިނުމަށެވެ.

ސާފްގެ އުމުރުފުރާ މުބާރާތެއް ފުރަތަމަ ފަހަރަށް ރާއްޖޭގައި ހޯސްޓްކުރާއިރު، ރާއްޖެ ހިމެނޭ ގްރޫޕްގައި ދެން އޮތީ ނޭޕާލް، ބޫޓާން އަދި ސްރީ ލަންކާ އެވެ. އަދި، ގްރޫޕް ބީގައި ހިމެނެނީ، ބަންގްލަދޭޝް އާއި އިންޑިއާ އަދި ޕާކިސްތާން އެވެ.

ސާފް 20 އަހަރުން ދަށުގެ މުބާރާތުގައި، ލަންކާ އަށް ވެސް އިރުޝާދުދޭން ހަމަޖައްސާފައިވަނީ ބިދޭސީ ކޯޗެކެވެ. އެ ގޮތުން، ލަންކާ ޓީމާ ހަވާލުވާނީ، ގަތަރުގެ ކޯޗު އަހުމަދު އަލް-މައްނާއީ އެވެ. އަލް-މައްނާއި ވަނީ މީގެ ކުރިން ސްރީ ލަންކާގެ 23 އަަހަރުން ދަށުގެ ފުޓްބޯޅަ ޓީމާއި ސާފް ފުޓްސަލް ޗެމްޕިއަންޝިޕްގައި ލަންކާ ޓިމުތަކަށް ކޯޗުކޮށްދީފަ އެވެ.

ރާއްޖޭން ސާފް 20 އަހަރުން ދަށުގެ މުބާރާތަށް ނުކުންނާނީ، ސީނިއާ ގައުމީ ޓީމުގެ ހެޑް ކޯޗު އަދި އެފްއޭއެމް ޓެކްނިކަލް ޑިރެކްޓަރު، ހަންގޭރީގެ އިސްޓަވާން އުރްބާނީގެ އިރުޝާދުގެ ދަށުންނެވެ. އެ ގޮތުން، މިހާރު ރާއްޖޭގެ ޓީމު ތިބީ އެކުވެރިކަމުގެ ދެ މެޗު ކުޅޭ ގޮތަށް ސިންގަޕޫރުގެ ޓްރެއިނިން ކޭމްޕެއްގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox