ބޭލް، އުމުރުން 33 އަހަރުގައި ރިޓަޔާކުރީ އިތުރު ގޮތެއް ނެތިގެން

Mar 7, 2026, 5:07 AM
ބޭލް، އުމުރުން 33 އަހަރުގައި ރިޓަޔާކުރީ އިތުރު ގޮތެއް ނެތިގެން

ކާޑިފް، ވޭލްސް (މާޗް 7) - މީގެ ތިން އަހަރު ކުރިން، އުމުރުން 33 އަހަރުގައި ފުޓްބޯޅައިން ރިޓަޔާކުރަން ނިންމި އެންމެ ބޮޑު ސަބަބަކީ ތަކުރާރުކޮށް ކުރިމަތިވި އަނިޔާގެ މައްސަލަތަކާ ހެދި އިތުރު ގޮތެއް ނެތިގެން ކަމަށް ވޭލްސްގެ ތަރި، ގަރެތު ބޭލް ބުނެފި އެވެ.

ގަތަރުގައި 2022 ވަނަ އަހަރު ބޭއްވި ފީފާ ވޯލްޑް ކަޕަށް ފަހު، ބޭލް ވަނީ ފުޓްބޯޅައިން ރިޓަޔާކޮށްފަ އެވެ.

ރެއާލް މެޑްރިޑަށް 258 މެޗުން 106 ގޯލު ޖަހައިދިން ބޭލް ވަނީ ޗެމްޕިއަންސް ލީގުގެ ތަށި ފަސް ފަހަރެއްގެ މަތިން އެ ކްލަބާ އެކު ހޯދައިފަ އެވެ. ސްޓިކް އޮފް ފުޓްބޯލް ޕޮޑްކާސްޓް ޝޯގައި ވާހަކަ ދައްކަމުން ބޭލް ބުނީ ކެރިއަރުގެ ކުރީކޮޅުގައި ދިމާވި އަނިޔާގެ މައްސަލަތައް ކުޅުން ހުއްޓާލުމާ ހަމައަށް ވެސް ކުރިމަތިވި ކަަމަށެވެ.

"އުނަގަނޑުގެ ޑިސްކަކަށް އުމުރުން 18 އަހަރުގައި އަނިޔާވި، އެ އަނިޔާގެ އުނދަގުލާ އެކު މުޅި ކެރިއަރު ހޭދަކުރީ، އަހަންނަށް އެ އަނިޔާއާ ހެދި، އިންޖަރީގެ އިތުރު މައްސަލަތައް ވެސް ދިމާވި، އަނިޔާގެ މި މައްސަލަތަކުގެ ވާހަކަ އަހަރެން ކުޅުމުގެ ކެރިއަރުގައި ނުދެއްކި އެންމެ ބޮޑު ސަބަބަކީ، މީހުން ހީކުރާނީ އަހަރެން ބަހަނާ ދައްކަނީ ކަމަށް،" ބޭލް ބުންޏެވެ.

ޔޫތު ކެރިއަރު ސައުތެމްޓަނުން ފެށި ބޭލް އެންމެ ފުރަތަމަ ކުޅެން ފެށީ ވާތު ބެކަކަށެވެ. ސައުތެމްޓަނަށް 1998-2007 އަށް ކުޅުމަށް ފަހު ބޭލް، ދެން ބަދަލުވީ ޓޮޓެންހަމް އަށެވެ.

ފުޓްބޯޅަ ކެރިއަރު ނިންމާލުމަށް ފަހު ބޭލް އަންނަނީ ގޮލްފް ކުޅުމުގައި ގިނަ ވަގުތުތަކެއް ހޭދަކުރަމުން.

ބޭލް، ސައުތެމްޓަން ސީނިއާ ޓީމަށް ކުޅެފައިވަނީ އެއް އަހަރު އެވެ. ބޭލް، 2007، ވަނަ އަހަރު ޓޮޓެންހަމަށް ބަދަލުވީ ހަތް މިލިއަން ޑޮލަރުގެ ފީ އަކަށެވެ. ޓޮޓެންހަމަށް ކުޅެމުން ބޭލް ވަނީ ޕްރިމިއާ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައިފަ އެވެ.

ބޭލް ޓޮޓެންހަމްގައި ތަފާތު ދައްކަން ފެށީ، އޭނާ އެޓޭކިން ހާފުގައި ބޮޑަށް ބޭނުންކުރަން ފެށި ފަހުންނެވެ.

ކުޅުން ދަށްވެގެން، 2009 ވަނަ އަހަރު، ޓޮޓެންހަމުން ބޭލް، ހަތަރު މިލިއަން ޑޮލަރަށް ފުލަމް އަށް ވިއްކާލަން އުޅުނުއިރު، އެ ޑީލަށް ދެކޮޅު ހެދީ ބޭލް އެވެ. ފަހުން، ޓީމުގެ އިސް ކުޅުންތެރިއަކަށް ވެ ބޭލް ވަނީ އިނގިރޭސި ފުޓްބޯޅައިގައި އިންޑިވިޖުއަލް ގިނަ ކާމިޔާބީތަކެއް ހޯދައިފަ އެވެ.

ބޭލްގެ ކްލަބް ކެރިއަރުގެ ކާމިޔާބީތައް ގުޅިފައިވަނީ ރެއާލާ އެކުގަ އެވެ. ރެއާލުން، 2013 ވަނަ އަހަރު ބޭލްގެ ސޮއި ހޯދީ އޭރުގެ ރެކޯޑް ފީއެއް ކަމަށްވާ 105 މިލިއަން ޑޮލަރަށެވެ.

"ރެއާލަށް ދިއުމުގެ ކުރިން އަހަންނަށް ޔުނައިޓެޑުން ބޮޑު މުސާރަ ލިބޭ ހުށަހެޅުމެއް ލިބުނު، އެކަމަކު، އަހަރެންގެ ހުރިހާ ވިސްނުމެއް އޮތީ ރެއާލާ ގުޅުމަށް،" ބޭލް ބުންޏެވެ.

ރެއާލްގައި ބޭލް ވަނީ 16 ތަށި ހޯދައިފަ އެވެ. އޭގެ ތެރޭގައި، ފަސް ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމާއި ތިން ފަހަރު، ސްޕެނިޝް ލީގު ހޯދުމާއި ތިން ފަހަރު ކްލަބް ވޯލްޑް ކަޕް ކާމިޔާބު ކުރުން ހިމެނެ އެވެ.

ރެއާލްގައި ބޭލްގެ ހާއްސަ މެޗުތަކަށް ބަލާއިރު، 2018 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުމެ، ލިވަޕޫލް ކޮޅަށް ޖެހި ދެ ލަނޑަކީ ހާއްސަ އުސްއައްޔެކެވެ. މީގެ އިތުރުން، 2014 ވަނަ އަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި އެތުލެޓިކޯ މެޑްރިޑް ކޮޅަށް އިތުރު ވަގުތުގައި ބޭލް ޖެހި ލަނޑު ވެސް ފާހަގަކޮށްލެވެ އެވެ.

ރެއާލްގެ ކޮންޓްރެކްޓްގައި ހުރެ، ބޭލް، އެއް ސީޒަނުގައި، ޓޮޓެންހަމަށް ލޯން އުސޫލުން ކުޅުނެވެ. ރެއާލްގެ ކޮންޓްރެކްޓް ހަމަކޮށް، މިދިޔަ އަހަރުގެ ޖޫން މަހު ވަނީ އެމެރިކާ ލީގުގެ އެލްއޭ އެފްސީ އަށް ބަދަލުވެފަ އެވެ. އެ ޓީމާ އެކު، ބޭލް ވަނީ އެމްއެލްއެސް ކަޕާއި ސަޕޯޓާސް ޝީލްޑް ކާމިޔާބުކޮށްފަ އެެވެ.

ވޭލްސް އިން 64 އަހަރަށް ފަހު، ފީފާ ވޯލްޑް ކަޕެއްގައި ކުޅުނު ޓީމުގެ ކެޕްޓަންކަން ކުރި ބޭލް އަކީ 2016 ވަނަ އަހަރުގެ ޔޫރޯގެ ސެމީ އަށް ވޭލްސް ދަތުރުކުރިއިރު، ޓީމުގެ ތަރި އެވެ. ކެރިއަރު ނިންމާލިއިރު، ބޭލް އަކީ ވޭލްސް އަށް އެންމެ ގިނަ މެޗު ކުޅެދިން ކުޅުންތެރިޔާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox