ވެއާގެ ގޯލުން އެމެރިކާ ކުރީގައި އޮއްވައި ވޭލްސްގެ ބޭލް ހުރަސްއަަޅައިފި

Nov 21, 2022, 10:41 PM
ވޭލްސްގެ ބޭލް އެ ޓީމުގެ ކުޅުންތެރިންނާ އެކު އުފާފާޅުކުރަނީ.

ވޭލްސްގެ ބޭލް އެ ޓީމުގެ ކުޅުންތެރިންނާ އެކު އުފާފާޅުކުރަނީ.

އަލް ރައްޔާން، ގަތަރު (ނޮވެމްބަރު 22) - ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގައި މިރޭ ވޭލްސްގެ ކެޕްޓަން ގަރެތު ބޭލް ފަހު ވަގުުތު ވައްދާލި ގޯލުން އެ ޓީމުން 1-1 އިން އެމެރިކާއާ އެއްވަރުކޮށްފި އެވެ.

ވޯލްޑް ކަޕް ގްރޫޕް ސްޓޭޖުގެ ގްރޫޕް ބީގައި އެމެރިކާ އާއި ވޭލްސް ވާދަކުރި މެޗު އެއްވަރުވުމާ އެކު މި ގްރޫޕުގެ އެއް ވަނައިގައި މި ވަގުތު އޮތީ މިރޭ އިރާން އަތުން 6-2 އިން މޮޅުވި އިންގްލެންޑެވެ.

މިރޭގެ މެޗު ފަށައިގެންވެސް ވޭލްސްގެ ފަހަތަށް އެމެރިކާއިން ދިޔައީ ބާރުބޮޑު ކުރަމުންނެވެ. މިގޮތުން މެޗުގެ އަށްވަނަ މިނެޓުގައި އެމެރިކާގެ ފޯވާޑް ޓިމޮތީ ވެއާ އަރިމަތިން ނަގައިދިން ބާރު ހުރަސް ވޭލްސްގެ ޑިފެންޑަރު ޖޯ ރޮޑޮން ބޮލުގައި ޖެހިފައި ބައިގޯލާ ދިމާއަށް ދިޔަ ވަގުތު ވޭލްސްގެ ކީޕަރު ވެން ހެނެސީ އެ ބޯޅަ ދިފާއުކުރި އެވެ. އޭގެ ފަހުން ވޭލްސްގެ ޑިފެންޑަރުންނަށް ރަނގަޅަށް އެ ބޯޅަ ސާފުކޮށްނުލެވިގެން އުޅެނިކޮށް ލިބުނު ފުރުސަތުގައި އެމެރިކާގެ ފޯވާޑް ޖޯޝުއާ ސާޖަންޓު ބޮލުން ފޮނުވާލި ހަމަލާ އަރިމަތީ ދަނޑިގައި ޖެހިފައި އަމާޒުވީ ބޭރު ދާގަނޑަށެވެ.

ވޭލްސް އަށް ރަނގަޅަށް މެޗުގެ ތެރެއަށް ނުވަދެވި އުޅެނިކޮށް މެދުތެރެއިން ގިނަ ބޯޅަތަކެއްގެ ކޮންޓްރޯލް ހޯދައި އެމެރިކާ އިން އިތުރަށް ނުރައްކާ ކުރި އެވެ. ނަތީޖާ އެއްގެ ގޮތުން އެޓީމުން މެޗުގެ ފުރަތަމަ ގޯލް ޖަހައި ލީޑުވެސް ނެގި އެވެ.

އެމެރިކާ ޓީމުގެ ގޯލު ޖެހި ޓިމޮތީ ވެއާ ލަނޑަށް ފަހު އުފާފާޅުކުރަނީ.

މެޗުގެ 36 ވަނަ މިނެޓުގައި އެމެރިކާގެ ގޯލު ޖަހައިދިނީ ލައިބީރިއާގެ ރައީސް އަދި ކުރީގެ މަޝްހޫރު ކުޅުންތެރިޔާ، ޖޯޖް ވެއާގެ ދަރިފުޅު ޓިމޮތީ ވެއާ އެވެ. މެދުތެރެއިން ލިބުނު ބޯޅައާ އެކު ކުރިއަށް ޖެހިލައި ކްރިސްޓިއަން ޕުލިސިޗް ދިން ޕާހަކުން މި ގޯލް ވެއާ ޖެހީ އޮފްސައިޑް މަޅިން ސަލާމަތްވެ، ކީޕަރު ހެނެސީ ކުރިއަށް ނުކުތް ވަގުތު ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ. މިއީ ވެއާ އެމެރިކާ ޓީމަށް ޖަހައިދިން ފުރަތަމަ ގޯލެވެ.

ދެ ވަނަ ހާފަށް ވޭލްސް އިން ކުޅެން ނެރުނީ ފޯވާޑް ޑެނިއެލް ޖޭމްސްގެ ބަދަލުގައި ކެއިފާ މޯ ކުޅެން އަރުވައިގެންނެވެ. މޯ ކުޅެން އެރުވުމާ އެކު ވޭލްސްގެ އެޓޭކުތައް ރަނގަޅުވެ، އެޓޭކިން ލައިނުގައި ބޯޅަ ހިފަހައްޓައިގެން ކުޅޭ މިންވަރު އިތުރުވި އެވެ.

ވޭލްސް އިން ކުރިއަށް ޖެހިގެން ކުޅެން ފެށުމުގެ ނަތީޖާއަކަށްވީ އެ ޓީމަށް ގޯލް ޖަހާނެ ރަނގަޅު ފުރުސަތުތައް ލިބެން ފެށުމެވެ. އެ ގޮތުން އަރިމަތިން ލިބުނު ހިލޭ ޖެހުމަކުން އޭރިއާ ތެރެއަށް ނެރުނު ބޯޅައެއްގެ އެމެރިކާގެ ކުޅުންތެރިންނަށް ދިފާއުނުކުރެވިގެން އުޅެނިކޮށް ވޭލްސްގެ ބެން ޑޭވިސް ބޮލުން ފޮނުވާލި ބާރު ހަމަލާ އެމެރިކާގެ ކީޕަރު މެޓް ޓާނާ ދިފާއުކުރި އެވެ.

އޭގެ މިނެޓެއް ފަހުން ވޭލްސް އަށް ލިބުނު ކޯނަރަކުން އަނެއްކާވެސް އެޓީމުން ނުރައްކާ ކުރި އެވެ. ހެރީ ވިލްސަން ނަގައިދިން ކޯނަރުން މޯ ބޮލުން ފޮނުވާލި ހަމަލާ ދިޔައީ ހުރަސް ދަނޑިމަތިން ބޭރަށެވެ.

ދެ ވަނަ ހާފުގައި އެމެރިކާ އަށް މާ ރަނގަޅު ހަމަލާތަކެއް ނުއުފެއްދުނެވެ. މެދުތެރެއިން ގިނަ ބޯޅަތަކެއް ހޯދައިގެން ކުރިއަށް ޖެހިގެން ހުއްޓުމެއްނެތި ވޭލްސް އިން ކުރަމުން ދިޔަ މަސައްކަތް ކާމިޔާބުވީ މެޗުގެ 81 ވަނަ މިނެޓުގަ އެވެ.

އޭރިއާ ތެރެއަށް އާރޮން ރަމްސޭ ނަގައިދިން ބޯޅަ ކޮންޓްރޯލް ކުރަން އުޅުމުގެ ތެރޭގައި ވޭލްސްގެ ކެޕްޓަން ބޭލް އަށް އެމެރިކާގެ ޑިފެންޑަރު ވޯލްކާ ޒިމާމަން ކުރި ފައުލަކަށް ރެފްރީ ވަނީ ޕެނަލްޓީ އެއް ދީފަ އެވެ. ވޭލްސް އަށް މި ޕެނަލްޓީ ކާމިޔާބުކޮށްދީ ނަތީޖާ ހަމަހަމަކޮށްދިނީ ބޭލް އެވެ.

މިއީ 64 އަހަރު ފަހުން ވޯލްޑް ކަޕްގައި ކުޅުނު ވޭލްސް އިން ޖެހި ފުރަތަމަ ގޯލެވެ. އަދި މިއީ ގައުމީ ޓީމަށް އެންމެ ގިނަ މެޗު ކުޅެގެން ވޭލްސްގެ ކުރީގެ ތަރި ކްރިސް ގަންޓާ ހަދާފައިވާ ރެކޯޑާ މިރޭ އަރާ ހަމަކުރި ބޭލް ގައުމީ ޓީމަށް ޖަހައިދިން 41 ވަނަ ގޯލެވެ.

ވޭލްސްގެ ގޯލަށްފަހު ކުރިއަށް ޖެހިލައިގެން އެމެރިކާ އިން ކުޅުނު ނަމަވެސް އެޓިމަށް ގޯލެއް ޖަހާނެ ހުސް ފުރުސަތެއް ނުލިބުނެވެ. ފުރަތަމަ ހާފާ ހިލާފަށް ދެވަނަ ހާފުގައި ވޭލްސްގެ ޑިފެންސް ލައިނު ފެނުނީ ވަރަށް ވަރުގަދަކޮށެވެ.

ވޯލްޑް ކަޕްގެ ގްރޫޕް ސްޓޭޖުގައި ވޭލްސް ކުޅޭ ދެވަނަ މެޗުގައި ނުކުންނާނީ އީރާންއާ ދެކޮޅަށެވެ. އެމެރިކާ ނުކުންނާނީ އިންގްލެންޑާ ދެކޮޅަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox