ހުލާސާކޮށް އިއްޔެ: ފެންނަ ނުފެންނަ ވޯޓު ނެގުމަކީ ބަގާވާތެއް ކަމަށް ސޯލިހު ވިދާޅުވުން

Mar 4, 2026, 3:25 AM
ހޯމަ ރޭ ބޭއްވި ޖަލްސާގައި ސޯލިހު ވާހަކަ ދައްކަވަނީ. އިންތިހާބުތައް އެއްކޮށް ބޭއްވުމުން ވެރިކަމުގައި ހުންނަ މީހަކަށް މަޖިލިސް އެއްކޮށް ނެގޭނެ ކަމަށް ވިދާޅުވި --- ފޮޓޯ: އެމްޑީޕީ

ހޯމަ ރޭ ބޭއްވި ޖަލްސާގައި ސޯލިހު ވާހަކަ ދައްކަވަނީ. އިންތިހާބުތައް އެއްކޮށް ބޭއްވުމުން ވެރިކަމުގައި ހުންނަ މީހަކަށް މަޖިލިސް އެއްކޮށް ނެގޭނެ ކަމަށް ވިދާޅުވި --- ފޮޓޯ: އެމްޑީޕީ

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއެކު، ރައީސް މުހައްމަދު މުއިއްޒުގެ ސަރުކާރުން ހުށަހަޅައިގެން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއި ރިޔާސީ އިންތިހާބު އެއްކޮށް ބާއްވަން ފެނޭތޯ ބަލަން ނަގާ ފެންނަ ނުފެންނަ ވޯޓަކީ ސިއްރިއްޔާތުގައި ކުރާ ބަގާވާތެއްގެ ގޮތުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސިފަކުރައްވައިފި ކަަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ދެ އިންތިހާބު އެއްކޮށްލުމާ ދެކޮޅަށް އެމްޑީޕީން ކުރިއަށްގެންދާ "ނޫނެކޭ" ކެމްޕޭނުގެ ދަށުން ހޯމަ ދުވަހުގެ ރޭ އެ ޕާޓީގެ ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ސޯލިހު ވަނީ އެއީ ގާނޫނުއަސާސިއާ ދެކޮޅަށް ކުރާ ބަގާވާތެއް ކަމަށް ވިދާޅުވެފަ އެވެ.

"އެ އިންތިހާބާ އެކީގައި ސިއްރިއްޔާތުގައި ސިއްރުސިއްރުން މި ސަރުކާރުން ކުރަން އުޅޭ ބޮޑު ބަގާވާތެއްގެ ވާހަކަ. ގާނޫނުއަސާސީއަށް ގެންނަ ބޮޑު ބަގާވާތެއްގެ ވާހަކަ. އެހެން ނޫންނަމަ މި އިންތިހާބުގެ ފަހަތުގައި ސިއްރުން މި ވޯޓާ ހަމައަށް ގެންދާކަށް ނުޖެހޭނެ. މިއަދު ކުރަން މި އުޅޭ ކަމަކީ ރައްޔިތުންގެ އަޑު ކަނޑުވާލައި، ބާރު ކަނޑުވާލައި، ބާރުތައް އެއްކޮށް، ހުދުމުހުތާރު ވެރިކަމަކާ ދެކޮޅަށް މި ގައުމު ގެންދަން ކުރާ މަސައްކަތް،" ސޯލިހު ވިދާޅުވި އެވެ.

ސޯލިހު ވިދާޅުވި ގޮތުގައި މިހާތަނަށް އިންތިހާބުތައް ބާއްވަމުން އައި ތާރީހުތަކުގައި ބާއްވައިގެން ވެސް ވެރިކަމުގައި ހުންނަވާ ބޭފުޅަކު މަޖިލިސް ބޮޑުކޮށް ނަންގަވަ އެވެ.

އެގޮތުން، 2014 ވަނަ އަހަރު މުޅި މަޖިލީހުގެ 69 ޕަސެންޓު ކާމިޔާބު ކުރީ އޭރު ވެރިކަމުގައި އޮތް ކޯލިޝަނުން ކަމަށާއި 2018 ވަނަ އަހަރު މަޖިލީހުގެ 75 ޕަސެންޓު އެމްޑިޕީން އެކަނި ނެގި ކަމަށް ސޯލިހު ވިދާޅުވި އެވެ. އަދި 2024 ގައި އިންތިހާބުކުރި މަޖިލީހުގެ 87 ޕަސެންޓު ގޮނޑި ކާމިޔާބުކުރީ މުއިއްޒުގެ ސަރުކާރުންކަން ސޯލިހު ފާހަގަކުރެއްވި އެވެ.

"އެއްކޮށް މި އިންތިހާބު ބާއްވައިފިއްޔާ މުޅި މަޖިލިސް އެކީ ވެރިކަމުގައި ހުންނަ ބޭފުޅަކު ނަންގަވާނެ. ނަތީޖާ އަކަށް ވެގެންދާނީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އޮތް ފުރުސަތު މުޅިން ގެއްލިގެން ދިއުން. މަޖިލީހުގައި ތިއްބަވާނީ މުޅިން ވެސް ސަރުކާރުގެ މެންބަރުން،" ސޯލިހު ވިދާޅުވި އެވެ.

މިހާރު ވެސް ރައްޔިތުންގެ މަޖިލީހުން ސަރުކާރު ޖަވާބުދާރީކުރުވުމަށް އެއްވެސް ކަމެއް ނުކުރެވޭ ކަމަށް ސޯލިހު ވިދާޅުވި އެވެ. "ވިދާޅުވީމާ ވިދާޅުވާ ކަމެއް ކުރުން ނޫން ކަމެއް ނޯންނާނެ" ކަމަށް ސޯލިހު ވިދާޅުވި އެވެ.

ފެންނަ ނުފެންނަ ވޯޓުގައި އަހާނީ ކޮން ސުވާލެއް؟

މި ވޯޓުގައި ރައްޔިތުންނާ ކުރިމަތިލާނީ ގާނޫނުއަސާސީއަށް ގެންނަން ނިންމާފައިވާ އިސްލާހާ ގުޅޭ ސުވާލެކެވެ. އެއީ؛

"ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު އެކުގައި ބޭއްވުމަށާއި ރައްޔިތުންގެ މަޖިލީހުގެ އުމުރު ގުނުމުގެ އުސޫލު ބަޔާންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުން ފާސްކުރައްވާފައިވާ ގާނޫނުއަސާސީ އަށް 8 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވަން ފެނޭ ހެއްޔެވެ؟"

މި ވޯޓުގައި ރައްޔިތުންގެ ތާއިދު އޮތް ކަމަށް ފާސްވެއްޖެނަމަ، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިހާބާއި މަޖިލިސް އިންތިހާބު ބާއްވާނީ އެކުއެކީގައެވެ. ފާހަގަކޮށްލެވޭ ގޮތުގައި، 2028 ގެ ރިޔާސީ އިންތިހާބުގައި ވާދަކުރައްވާނެކަން މިހާތަނަށް ރަސްމީކޮށް އިއުލާން ކުރައްވާފައިވާ ހަމައެކަނި ކެންޑިޑޭޓަކީ މިހާރުގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ސައިކަލުގައި އިން އެކަކު މުއްދަތު ހަމަނުވަނީސް ބަންދުން ދޫކޮށްލި

ހުޅުމާލޭގައި ތިން މީހުން އަރުވައިގެން ވަންވޭއާ ދެކޮޅަށް ދުއްވި ސައިކަލެއް އެކްސިޑެންޓްވިއިރު، އޭގައި އިން އެކަކީ ކުށުގެ ރެކޯޑު އޮތް، ބަންދުގެ މުއްދަތު ހަމަނުވަނީސް ދޫކޮށްލާފައިވާ މީހެއް. މި ހާދިސާގައި ފަސް މީހަކަށް އަނިޔާވެ ދެ މީހަކަށް ވެންޓިލޭޓަރުގައި ފަރުވާދެމުންދާއިރު، އެ ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ.

އެމްޓީސީސީގައި 6،700 މުވައްޒަފުން، ކޮންޓްރެކްޓް މުވައްޒަފުން ގިނަ

އާރްޑީސީ އާއި އެމްޓީސީސީ އެއްކޮށްލުމުގެ ކުރިން އެމްޓީސީސީގައި 6،700 މުވައްޒަފުން ތިބިއިރު، އޭގެ ތެރެއިން ގިނައީ ކޮންޓްރެކްޓް މުވައްޒަފުން. ދެ ކުންފުނި އެއްކޮށްލުމުން އާރްޑީސީގެ 4،000 އެއްހާ މުވައްޒަފުން އެމްޓީސީސީއާ ގުޅޭނެ ކަމަށާއި، މިއާއެކު ރާއްޖޭގެ ހުރިހާ ރަށެއްގައި އެ ކުންފުނީގެ މުވައްޒަފުން ތިބޭނެ ކަމަށް އެމްޓީސީސީން ބުނޭ.

ހުޅުމާލޭ ސިންތެޓިކް ޓްރެކް މަރާމާތު ކުރުމުގެ މަސައްކަތް ފަށައިފި

ހުޅުމާލޭ ސިންތެޓިކް ޓްރެކް ބައިނަލްއަގުވާމީ މިންގަނޑުތަކަށް ފެއްތުމަށްޓަކައި މަރާމާތުކުރުމުގެ އަމަލީ މަސައްކަތް ޔޫތު މިނިސްޓްރީން މިހާރު ވަނީ ފަށާފައި. މި މަޝްރޫއުގެ ދަށުން ޓްރެކް ޕީޔޫއަށް ބަދަލުކޮށް، އެތުލީޓުން ހަދާ ރެކޯޑުތައް ބަލައިގަނެވޭ ފެންވަރަށް ތަރައްގީކޮށް އަންނަ އަހަރުގެ ޖެނުއަރީއަށް ނިންމުމަށް ވަނީ އަމާޒު ހިފާފައި.

ހުޅުމާލެ އެކްސިޑެންޓުގައި އަނިޔާވި ދެ މީހުން ދޫކޮށްލައިފި

ހުޅުމާލޭގައި ފުލުހުންނަށް ފިލަން އުޅުނު ސައިކަލެއް އެހެން ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓުގައި އަނިޔާވި ފަސް މީހުންގެ ތެރެއިން ދެ މީހަކަށް އަދިވެސް ފަރުވާދެނީ ވެންޓިލޭޓަރުގައި. މި ހާދިސާގައި އަނިޔާވި ދެ މީހަކު ފަރުވާއަށްފަހު ދޫކޮށްލާފައިވާއިރު، އެކްސިޑެންޓުވި އެއް ސައިކަލަކީ ވަގަށް ނަގާފައިވާ ސައިކަލެއް ކަމަށް ބެލެވޭ ކަމަށް ފުލުހުން ބުނޭ.

އީގަލް ހިލްސްއިން ހައުސިން ޔުނިޓުތައް އަޅަނީ އާބަން އައިލްގައި

ޔޫއޭއީގެ އީގަލް ހިލްސް ކުންފުނިން ހުޅުމާލޭ އާބަން އައިލްގައި ތަރައްގީކުރާ 5000 ހައުސިން ޔުނިޓުގެ އަގު ދައްކަނީ ސަރުކާރަށް މުސްތަގުބަލުގައި ލިބޭނެ ކަަމަށް ބުނާ ކޮމިޝަނުން.

ނޮވެމްބަރުގެ ތިން ދުވަސް: ނަވީ ޕިއްލޭ އަދި ދިވެހިރާއްޖެ

އދ. ގައި ފަހުން ބޭއްވި ރިވިއުއެއްގައި، ރާއްޖޭގެ އޮފިޝަލުން ވަނީ ހައްދު ޖެހުމަކީ އިސްލާމީ ޝަރީއަތުގެ ތެރެއިން ކުރާ ކަމެއް ކަމަށް ބުނެ އެކަން ދިފާއުކޮށްފަ އެވެ. ނަމަވެސް ޕިއްލޭ އާއި އެމްނެސްޓީ އިންޓަނޭޝަނަލް ފަދަ ޖަމާއަތްތަކުން ދިޔައީ އެކަން ހުއްޓާލުމަށް ގޮވާލަމުންނެވެ.

"މެދުއިރުމަތީ ހަނގުރާމަ ރާއްޖެއާ ގާތަށް އައުމުގެ ބިރު އެބައޮތް"

ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އިންޑިއާ ފަދަ ބޭރުގެ ބާރުތަކުގެ އަސްކަރީ އެހީތެރިކަން ހޯދުމަކީ މުހިންމު ކަމެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Newsletter

Get the latest news delivered straight to your inbox