ރޯދަ ވީއްލުމަށް "އޯޕާ!" ރެސްޓޯރެންޓަށްވުރެ ވަކިން ހާއްސަ ތަނެއް ހުންނާނެ ހެއްޔެވެ؟ މިދިޔަ މަހު ހުޅުވި މި މެޑިޓަރޭނިއަން ރެސްޓޯރެންޓުން ވަނީ ހަމައެކަނި މީރު ކާތަކެތީގެ އިތުރުން، ކަސްޓަމަރުންގެ ހިތްތަކަށް އުފާވެރިކަން ގެނުވައިދޭނެ ފަދަ ހަދިޔާއެއް ތައާރަފުކޮށްފަ އެވެ.
އޯޕާ!" އިން ރޯދަވީއްލާ ފަރާތްތަކުގެ މެދުގައި ބާއްވާ ހާއްސަ ލަކީޑްރޯއެއްގައި ދެ ނަސީބުވެރިއަކަށް އުމްރާ ދަތުރެއް ދޭނެ އެވެ.
މި ފުރުސަތުގެ އެންމެ ހާއްސަ ކަމަކީ، ނަސީބުވެރިޔަކަށް ހޮވޭ ފަރާތުން ބޭނުންވާ އިތުރު މީހަކު މި މުގައްދަސް ދަތުރުގައި ބައިވެރިކުރެވުމެވެ.
ލަކީޑްރޯގައި ބައިވެރިވާނެ ގޮތް:
- ރަމަޟާން މަހުގެ ތެރޭގައި "އޯޕާ!" ރެސްޓޯރެންޓުން ރޯދަވީއްލުން.
- ރޯދަވީއްލުމަށްފަހު ލިބޭ ބިލާއެކު އެންޓްރީ ކޫޕަނެއް ހޯދުން.
- ކޫޕަނުގައިވާ މަޢުލޫމާތު ފުރިހަމަކުރުމަށްފަހު، އެ ރެސްޓޯރެންޓުގައި ހުރި ފޮށްޓަށް ވައްޓާލުން.
މި ލަކީޑްރޯގައި ބައިވެރިވެވޭނީ އުމުރުން 18 އަހަރުން މަތީގެ ދިވެހިންނަށާއި، ވާކް ޕާމިޓް އޮންނަ ބިދޭސީންނަށެވެ.

މާލޭގެ ހަލަބޮލިކަމުގެ ތެރެއިން އޯޕާ! އަށް ވަދެވުމާއެކު އިހުސާސް ވާނީ މެޑިޓަރޭނިއަންގެ ހިތްގައިމު މާހައުލެކެވެ. ތަފާތު ރަހަތަކުން ފުރިގެންވާ ސުފުރާއަކުން ރޯދަ ވީއްލައިގެން، އުމްރާގެ މުގައްދަސް ދަތުރަކަށް އުންމީދު ކުރުމަކީ މި ރޯދަމަހު ލިބޭނެ ހިތްހަމަޖެހުމެކެވެ.
--













