ގެޓަފޭ އިން ރެއާލް ބަލިކޮށްފި

Mar 3, 2026, 5:35 AM
ގެޓަފޭ އިން ރެއާލް ބަލިކޮށްފި

މެޑްރިޑް (މާޗް 3) - ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުގައި ގެޓަފޭ އިން 1-0 އިން ރެއާލް މެޑްރިޑް ވަނީ ބަލިކޮށްފި އެވެ.

ރެއާލް މި ވަނީ 10 ދުވަސް ތެރޭ ސްޕެނިޝް ލީގުގައި ޖެހިޖެހިގެން ދެ މެޗުން ބަލިވެފަ އެެވެ. މި މެޗުގެ ކުރިން އެންމެ ފަހުން އޮސަސޫނާއާ ކުޅުނު މެޗުގައި ރެއާލް ވަނީ 2-1 އިން ބަލިވެފަ އެވެ. ރޭ ގެޓަފޭ އަތުން ވި ބައްޔާ އެކު، ރެއާލް އޮތީ ލީގުގެ އެއް ވަނައިގައި އޮތް ބާސެލޯނާ އަށް ވުރެން ހަތަރު ޕޮއިންޓް ފަހަތުގަ އެވެ.

ބާސެލޯނާ އަށް 26 މެޗުން 64 ޕޮއިންޓް ލިބިފައިވާއިރު، ރެއާލަށް 26 މެޗުން ލިބިފައިވަނީ 60 ޕޮއިންޓެވެ.

ކަކުލަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން ރެއާލުން ރޭގެ މެޗުގައި ވެސް ކުޅުނީ ކީލިއަން އެމްބާޕޭ ނުލަ އެވެ. މި ސީޒަނުގައި ރެއާލަށް ހުރިހާ މުބާރާތެއްގައި އެންމެ ގިނަ ގޯލު ޖަހައިދީފައިވަނީ އެމްބާޕޭ އެވެ. ގެޓަފޭގެ ކީޕަރު ޑޭވިޑް ސޮރިއާ ވަނީ ރެއާލުން ރޭ ފޮނުވާލި ހަމަލާތައް ހުއްޓުވައިފަ އެވެ.

މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 39 ވަނަ މިނިޓްގައި ގެޓަފޭ އަށް ކާމިޔާބުކޮށްދިނީ ވޮލީއަކުން މާޓިން ސަޓްރިއާނޯ އެވެ. އެ ބޯޅަ ހުއްޓުވަން ރެއާލްގެ ކީޕަރު ތިބައު ކޯޓުއާ ކުރި މަސައްކަަތް ކާމިޔާބެއްނުވި އެވެ.

ރެއާލާއި ގެޓަފޭ އިން ވެސް މެޗު ނިންމާލީ ކުޅުންތެރިއަކު މަދުކޮށެވެ. އެ ގޮތުން، ރެފްރީއާ ދިމާލަށް ބޭއަދަބީބަހުން މުހާތަބުކުރުމުން، ރެއާލްގެ ފްރާންކޯ މަސްޓަންޓޫނޯ އަށް ރަތް ކާޑެއް ދެއްކިއިރު، ވަގުުތު ބޭކާރު ކުރަން އުޅުމުން، ގެޓަފޭގެ އެޑްރިއަން ލީސޯ އަށް ވަނީ ދެ ވަނަ ރީނދޫ ކާޑާ އެކު، ރަތެއް ދައްކައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox