މިދިޔަ އަހަރުގެ ޑިސެމްބަރު 31، ގައި ސްޓްރޯކެއް ޖެހިގެން ފަރުވާދެމުންދިޔަ މަޝްހޫރު ފިލްމީތަރި އަހްމަދު ނިމާލް މިއަދު ނިޔާވެއްޖެ އެވެ.
އުމުރުން 62 އަހަރުގެ ނިމާލްއަށް ސްޓްރޯކެއް ޖެހިގެން އައިޖީއެމްއެޗް ހޮސްޕިޓަލަށް ގެންގޮސް މިއަދު ނިޔާވުމާ ހަމައަށް ވެސް އޮތީ ވެންޓިލޭޓަރުގަ އެވެ.
ނިމާލްގެ ކަށު ނަމާދު އޮތީ މިއަދު އަސްރު ނަމާދަށްފަހު މާލޭ އާސަހަރާ މިސްކިތުގަ އެވެ.
ފިލްމީ ދާއިރާއަށް ނިމާލް ނިކުތީ 1985 ގައި އުމުރުން އެންމެ 20 އަހަރުގައި ދިވެހި ފިލްމް ނުފޫޒު އިންނެވެ.
އޭނާގެ ކެރިޔަރުގައި ގިނަ އަދަދެއްގެ ފިލްމް ކުޅުމުގެ އިތުރުން ފިލްމްތައް ޑައިރެކްޓުވެސް ކޮށްފަ އެވެ. އެންމެ ފަހުން ނިމާލް ފެނިގެން ގޮސްފައިވަނީ ދިވެހި ފިލްމް ކަނބުލޮއިންނެވެ.

ނިމާލް ފިލްމީ ދާއިރާއަށް ކޮށްފައިވާ ހިދުމަތްތަކުގެ އަގުވަޒަންކޮށް 1991 ވަނަ އަހަރު ހިތްވަރު ދިނުމުގެ ގައުމީ އިނާމުވެސް ލިބިފައިވެ އެވެ.













