ހުލާސާކޮށް އިއްޔެ: މިދިޔަ އަހަރު ކާބޯތަކެތީގެ އަގު 4.7 ޕަސެންޓު އުފުލުނު، ސަބަބަކީ ޑޮލަރު ތާށިކަން

Feb 25, 2026, 3:04 AM
ބަޔަކު ދަތުރުވެރިންގެ މާރުކޭޓުގައި -- ފައިލް ފޮޓޯ: އަދަދު

ބަޔަކު ދަތުރުވެރިންގެ މާރުކޭޓުގައި -- ފައިލް ފޮޓޯ: އަދަދު

މިދިޔަ އަހަރު ކާބޯތަކެތީގެ ބައެއް ބާވަތްތަކުުގެ އަގު ވަރަށް ބޮޑަށް އުފުލުނު ކަމަށާއި، އެ ބާވަތްތަކުގެ އަގު ބޮޑު ވާން މެދުވެރިވީ މައިގަނޑު ސަބަބަކީ ކަޅު ބާޒާރުގައި ޑޮލަރުގެ އަގު އުފުލުން ކަމަށް ސްޓެޓިސްޓިކްސް ބިއުރޯއިން ބުނި ކަމަށް އިއްޔެ ރިޕޯޓުކުރި އެވެ.

ސްޓެޓިސްޓިކްސް ބިއުރޯއިން އާންމުކޮށްފައިވާ ނިމުނު އަހަރުގެ ސީޕީއައި އަހަރީ ރިޕޯޓުން ދައްކާ ގޮތުގައި މިދިޔަ އަހަރު އިންފްލޭޝަން ހުރީ ހަތަރު ޕަސެންޓަށް ވުރެ މަތީގަ އެވެ. މިއީ އޭގެ ކުރީ އަހަރުގައި އިންފްލޭޝަން ހުރި 1.40 ޕަސެންޓަށް ވުރެ ގާތްގަނޑަކަށް ތިން ގުނަ ބޮޑު އިތުރުވުމެކެވެ.

މިދިޔަ އަހަރު އެންމެ ބޮޑަށް އަގު އުފުލުނީ ދުންފަތާއި ދުފަން ގެންގުޅޭ ފޯކުންނެވެ. އަހަރުންއަހަރަށް އަޅައިބަލާއިރު މި ބާވަތްތަކުގެ އަގު ވަނީ 80 ޕަސެންޓަށް ވުރެ ބޮޑަށް އުފުލިފަ އެވެ.

ދުންފަތާއި ފޯއް ނަގާފައި، އެންމެ ބޮޑަށް އަގު އުފުލުނީ ރެސްޓޯރަންޓު އަދި އެކޮމޮޑޭޝަން ފަދަ ހިދުމަތްތަކުންނާއި ކާބޯތަކެތީގެ ބާވަތްތަކުންނެވެ. މުޅި އަހަރުގެ ތެރޭގައި ކާބޯތަކެތީގެ އަގުތައް 4.7 ޕަސެންޓު އުފުލުނެވެ.

އެންމެ ބޮޑަށް އަގު އުފުލުނު ބާވަތްތަކުގެ ތެރޭގައި ދިވެހިން އާންމުކޮށް ބޭނުންކުރާ ޓޮމާޓޯ އާއި، އާފަލާއި، ލެޓިއުސް އާއި ކިޔުކަމްބާ ފަދަ ގިނަ މޭވާ އާއި ތަރުކާރީގެ ބާވަތްތަކުގެ އިތުރުން ކިރާއި ކިރު ބޭނުންކޮށްގެން އުފައްދާފައި ހުންނަ އުފެއްދުންތަކާއި ކައްކަން ބޭނުންކުރާ ތެލުގެ ބާވަތްތައް ހިމެނެ އެވެ.

"[ކާބޯތަކެތީގެ ބާވަތްތަކުގެ އުފުލެން] މައިގަނޑު ގޮތެއްގައި މެދުވެރިވީ އިމްޕޯޓަރުންނަށް ބޭރު ފައިސާ ލިބުން ދަތިވުމާއި، ދިވެހި ފައިސާގެ އަގު ދަަށަށް ގޮސް، ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ބޮޑުވުމުން،" ސީޕީއައި ރިޕޯޓުގައި ބުންޏެވެ.

މިދިޔަ އަހަރު އަގުތައް އެންމެ ބޮޑަށް އުފުލުނީ ރޯދަ މަސް އައި ދުވަސްވަރު، މާޗު މަހުގަ އެވެ. ބައެއް ބާވަތްތަކުގެ އަގު އަހަރުގެ ތެރޭގައި އުފުލެމުން އައިސްފައި ވަނީ، ސަޕްލައި ތާށި ކަމާ ހުރެ ކަމަށް ވެސް ސްޓެޓިސްޓިކްސް ބިއުރޯގެ ރިޕޯޓުގައި ވެ އެވެ.

ޑޮލަރު ތާށިކަމުގެ ނުރަނގަޅު އަސަރު އަގުތަކަށް ކުރިއިރު، އިމްޕޯޓަރުންނަށް ޑޮލަރު ލިބޭނެ ގޮތް ފަހިކޮށްދޭން ސަރުކާރުން އަންގައިގެން ބޭންކް އޮފް މޯލްޑިވްސް އިން ހަދާ ޓީޓީތަކަށް ޑޮލަރު ސަޕޯޓު ދޭ މިންވަރު މަތި ވެސް ކުރި އެވެ. މި މަތި ކުރުމާ އެކީގަ ވެސް ގިނަ ޑޮލަރު ގަންނަން ޖެހެނީ ކަޅު ބާޒާރުން ކަމަށް އިމްޕޯޓަރުން އަންނަނީ ބުނަމުންނެވެ.

ކަޅު ބާޒާރުގައި މި ވަގުތު ޑޮލަރެއްގެ އަގު ހުރީ 19.90ރ. އިން މަތީގަ އެވެ. މިއީ ރަސްމީ ރޭޓަށް ވުރެ ހަތަރު ރުފިޔާ ބޮޑު އަދަދެކެވެ.

މުހިއްމު ބައެއް ހަބަރު

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox