މިއަހަރު ރާއްޖެއިން ބޭރަށް ކިޔަވަންދާ ދަރިވަރުންނަށް ޚާއްސަކޮށްގެން، ޒެޑެކްސްއިން "މެގާ ސްޓޫޑަންޓް ގިވްއަވޭ 2026" ގެ ނަމުގައި ވަރަށް އަގުހުރި އިނާމުތަކެއް ލިބޭ ޕްރޮމޯޝަނެއް ފަށައިފި އެވެ.
މިއީ މަތީ ތައުލީމު ހާސިލުކުރަން ބޭނުންވާ ދަރިވަރުންނަށް ހިތްވަރު ދިނުމަށާއި، އެކުދިންގެ މުސްތަގުބަލު އުޖާލާކުރުމަށް އެހީތެރިވެދިނުމުގެ ގޮތުން ކުރިއަށްގެންދާ ހަރަކާތެކެވެ.
މި ޕްރޮމޯޝަންގެ ދަށުން އެޕްލިކޭޝަން ހުށަހަޅާ ދަރިވަރުންނާއި އެންރޯލްވާ ދަރިވަރުންނަށް ތަފާތު އިނާމުތަކެއް ވަނީ ހުޅުވާލާފަ އެވެ.
ފެބްރުއަރީ 28، ގެ ކުރިން ޒެޑެކްސް މެދުވެރިކޮށް އެޕްލިކޭޝަން ހުށަހަޅާ ދަރިވަރުންގެ މެދުގައި ނެގޭ ގުރުއަތުން ހޮވޭ ނަސީބުވެރިންނަށް މާފުށީގައި ހަތަރު މީހަކަށް ލިބޭ ދެ ރޭގެ ޗުއްޓީއަކާއި އެޕަލް އައިޕެޑް 11 އަކާއި ޖޭބީއެލް ސްޕީކަރުގެ އިތުރުން ހޮޓެލް ޖެންގެ އިފްތާރު ބުފޭ ފަދަ އެތައް އިނާމެއް ލިބޭނެ އެވެ.
މީގެ އިތުރުން، ޒެޑެކްސް މެދުވެރިކޮށް ކިޔަވަންދާން އެންރޯލްވާ ދަރިވަރުންނަށް ޚާއްސަ 'ގްރޭންޑް ޕްރައިޒް' ތަކެއްވެސް ވަނީ ކަނޑައަޅާފަ އެވެ.
އޭގެ ތެރޭގައި ދެ ކުއްޖަކަށް ހުރިހާ ހަރަދަކާއެކު ލިބޭ އުމްރާ ދަތުރަކާއި، ތިން ރޭގެ ކްރޫޒް ދަތުރެއްގެ އިތުރުން މެލޭޝިއާގައި ބާއްވާ ބައިނަލްއަގުވާމީ ފަންނާނުންގެ ކޮންސެޓް ޓިކެޓް ހިމެނެ އެވެ.
ޒެޑެކްސްއިން ބުނީ މިއީ ކިޔަވަންދާ ދަރިވަރުންނަށް ލިބޭނެ އެންމެ ރަނގަޅު އެހީތެރިކަން ކަމަށާއި، ކިޔެވުމުގެ ދަތުރު ފެށުމުގެ ކުރިން މިއީ ދަރިވަރުންނަށް ލިބޭނެ ވަރަށް ބޮޑު އުފަލަކަށް ވާނެ ކަމަށެވެ.











