"އެމްއެޗްއޭ މާޓް" ހުޅުމާލެ ފޭސް 2 ގެ އަމާން އުދަރެސް 12 ވަނަ ޓަވަރުގައި ހުޅުވައިފި އެވެ.
ދެ ބުރިއަށް ފަރުމާކޮށްފައިވާ މި ޒަމާނީ ފިހާރައިން ކަސްޓަމަރުންނަށް ހިދުމަތް ދޭން ފަށާފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
މިއީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު ވިޔަފާރިކޮށްލެވޭނެ ގޮތަށް، ގެއަށް ބޭނުންވާ ސާމާނާއި، ކޮސްމެޓިކްސް އަދި ކާބޯތަކެތީގެ އިތުރުން ދިރިއުޅުމުގެ ޒަރޫރީ ހުރިހާ ސާމާނެއް އެއް ފުރާޅެއްގެ ދަށުން ލިބޭނެހެން ހުޅުވި ފިހާރައެކެވެ.
ޒަމާނީ އަދި ކަސްޓަމަރުންނާ ރައްޓެހި މާހައުލެއްގައި ހުޅުވި މި ފިހާރައިގައި ތަކެތި އަތުރާފައިވަނީ ވަކިވަކި ސެކްޝަންތަކަށް ބަހާލައިގެންނެވެ. މީގެ ސަބަބުން ކަސްޓަމަރުން ބޭނުންވާ ތަކެތި ހޯދައިގަތުމަށް އިތުރު ފަސޭހަތަކެއް ލިބިގެންދާނެ އެވެ.
އެމްއެޗްއޭއިން ބުނި ގޮތުގައި މިއީ މާލެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނަށް ފެންވަރު ރަނގަޅު މުދާ ފަސޭހައިން ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތުގެ ބައެކެވެ.
އެމްއެޗްއޭގެ ފަސްވަނަ ފިހާރައާއެކު އެ ކުންފުނީގެ ރީޓެއިލް ވިއުގަ އިތުރަށް ވަރުގަދަވެގެން ގޮސްފައިވާއިރު، ކަސްޓަމަރުންނަށް އިތުބާރު ހުރި އަދި ފަސޭހަ ވިޔަފާރީގެ މާހައުލެއް ފޯރުކޮށްދިނުމުގައި ދެމިއޮންނާނެކަމުގެ ޔަގީންކަން އެ ކުންފުނިން ދެއެވެ.
ހުޅުމާލޭ ފޭސް 1 ގައި ވެސް އެމްއެޗްއޭގެ ދެ ފިހާރައެއް ހުރެ ހުރެ އެވެ. އަދި މީގެ ކުރިން ވެސް ހުޅުމާލެ ފޭސް 2 ގައި އެމްއެޗްއޭއިން ވަނީ ފިހާރައެއް ހުޅުވައިފަ އެވެ.




