ޖިންސީ ގޯނާ ހުއްޓުވުން ހަރުދަނާކުރާ ބިލް އަނބުރާ ގެންދިޔަ ގޮތަށް އޮބިއްޖެ

Jun 25, 2026, 9:02 AM
ރައީސް މުހައްމަދު މުއިއްޒު އާއި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް

ރައީސް މުހައްމަދު މުއިއްޒު އާއި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް

ވަޒީފާ އަދާކުރާ ތަންތަނުގައި ހިނގާ ޖިންސީ ފުރައްސާރަ އާއި ގޯނާގެ އަމަލުތައް ހުއްޓުވުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އިތުރަށް ހަރުދަނާކުރުމަށް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލް އަނބުރާ ގެންދިޔަތާ ދެ މަސް ދުވަސް ވެގެންދިޔައިރު ވެސް، އެ ބިލް އަލުން މަޖިލީހަށް ހުށަނޭޅި އެވެ. 

ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާކުރުން ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ސަރުކާރުގެ ފަރާތުން ހުށަހެޅި މި ބިލް ސްޕޮންސަރު ކުރެއްވީ ކެލާ ދާއިރާގެ މެންބަރު އަބްދުالله ޝަރީފް އެވެ. މި ބިލްގެ ފުރަތަމަ ކިޔުން މަޖިލީހުގައި އިއްވާފައި ވަނީ މިދިޔަ އޭޕްރީލް މަހުގެ 22 ވަނަ ދުވަހު އެވެ. ނަމަވެސް، ބިލްގެ ބަހުސް މަރުހަލާ ނުފެށެނީސް، އޭޕްރީލް 26 ގައި ކުއްލި ގޮތަކަށް ބިލް އަނބުރާ ގެންދިޔަ އެވެ. 

ބިލް އަނބުރާ ގެންދިޔަ ސަބަބެއް ކަމަށް މަޖިލީހުގައި އިއުލާނު ކޮށްފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގެ 101 ވަނަ މާއްދާގެ ހ. ގައިވާ ގޮތުގެ މަތީން، އެ ބިލަށް އިތުރު އިސްލާހުތަކެއް ގެނައުމަށެވެ. ނަމަވެސް އެއީ ކޮން އިސްލާހުތަކެއް ކަމެއް ސަރުކާރުން ހާމައެއް ނުކުރެ އެވެ. 

މި ބިލް ހުށަހެޅި ބޭނުންތަކުގެ ތެރޭގައި ވަޒީފާދޭ ފަރާތްތަކުންނާއި، ގާނޫނުގެ ދަށުން އުފައްދާ "ޖިންސީ ފުރައްސާރަ ކުރުމާއި ގޯނާ ކުރުން ހުއްޓުވުމުގެ ކޮމިޓީ" ތަކުން އަދާކުރަންޖެހޭ މަސްއޫލިއްޔަތުތައް ގާނޫނުގައި އިތުރަށް ސާފުކޮށް ބަޔާންކުރުމާއި ޖިންސީ ފުރައްސާރައިގެ އަމަލުތަކުގެ ޝިކާރައަށްވާ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކުރެވޭނެ މޭރުމުން، ކޮމިޓީތަކުން ޝަކުވާ ބެލުމުގައި އަމަލުކުރަންޖެހޭ އުސޫލުތަކާއި އިޖުރާއަތްތައް ހަރުދަނާކުރުން ހިމެނެ އެވެ. 

ވަޒީފާދޭ ފަރާތްތަކުން ގާނޫނު ތަންފީޒުކުރާ މިންވަރު ބަލައި މޮނިޓަރުކުރުމުގެ ބާރުގެ ދާއިރާ އިތުރަށް ފުޅާކުރަން ބިލްގައި ހުށަހަޅާފައި ވާއިރު، ގާނޫނު ތަންފީޒުކުރުމުގައި މިހާރު ދިމާވާ އެކި ދަތިތަކަށް ހައްލު ހޯދުމަކީ ވެސް ބިލްގެ މަގުސަދެކެވެ. 

މި ބިލާ ބެހޭ ގޮތުން އެޓާނީ ޖެނެރަލް އޮފީހުގެ އަދި މެންބަރު ޝަރީފުގެ ބަހެއް ވެސް އަދި ނުލިބެ އެވެ. 

ކޮމެންޓް

ފަހުގެ ޚަބަރު

އެގްރޯނެޓުގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ސިނާނު އައްޔަނުކޮށްފި

މިފްކޯގެ ސަބްސިޑަރީ ކުންފުންޏެއްގެ ގޮތުގައި ހިންގާ އެގްރޯނެޓުގެ އެމްޑީގެ މަގާމަށް ސިނާން އައްޔަނުކުރީ ކުރިން އެ މަގާމުގައި ހުންނެވި ހުސައިން ދީދީ ވަކިކުރުމާ ގުޅިގެންނެވެ.

އުތުރުގެ ރަށެއްގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް

ރާއްޖޭގެ އުތުރުގެ ރަށެއްގައި 18 އަހަރުން ދަށުގެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ. ކުޑަކުއްޖެއްގެ މަސްލަހަތު ހިމެނޭތީ، މި ހާދިސާ ހިނގި ރަށާއި އިތުރު ތަފުސީލެއް ފުލުހުން ހާމައެއް ނުކުރެއެވެ.

ދިވެއްސަކު މަރުވި އެކްސިޑެންޓުގަ ކާރު ދުއްވި މީހާ މެތަށް ޕޮޒިޓިވް

މެލޭޝިއާގައި ހިނގި ނުރައްކާތެރި ކާރު އެކްސިޑެންޓެއްގައި އުމުރުން 21 އަހަރުގެ ދިވެހި ދަރިވަރަކު މަރުވެފައިވާއިރު، އޭނާ އިން ކާރު ދުއްވި ޑްރައިވަރު ވަނީ މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައެވެ. މި ހާދިސާއާ ގުޅިގެން 37 އަހަރުގެ ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު، އެކްސިޑެންޓުވި ކާރުގައި ދެން އިން ފަސިންޖަރަށް ބޮޑު އަނިޔާއެއް ލިބިފައެއް ނުވެއެވެ.

ޑޭޓާ ހަބަކަށްވުމުގެ ފުރުސަތު ސަރުކާރުން ގެއްލުވާލައިފި: ފައްޔާޒް

މި މަޝްރޫއު ހުއްޓުނީ ކޭބަލް އޮޕަރޭޝަނަލައިޒް ކުރަން ބޭނުންވާ ފައިސާ މި ސަރުކާރަށް ހަމަޖައްސައިނުދެވުމުން ކަމަށާއި، މީގެ ސަބަބުން އިންޓަނެޓްގެ އަގު ހެޔޮކުރުމަށް އޮތް ދޮރު ބަންދުވާނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އައްޑޫގެ ޑްރަގު ލޯޑު، އަބުޗާ ޕެރޯލް ބޯޑުން ދޫކޮށްލައިފި

98 ކިލޯގެ މަސްތުވާތަކެތި އެތެރެކުރި މައްސަލައިގައި 25 އަހަރަށް ޖަލަށްލާފައިވާ އަބްދުﷲ އިބްރާހިމް (އަބުޗާ)، ގާނޫނާ ހިލާފަށް ޕެރޯލް ބޯޑުން ދޫކޮށްލައިފިއެވެ. ޖަލުތަކާއި ޕެރޯލްގެ ގާނޫނު ބުނާގޮތުން އޭނާއަށް ޕެރޯލްގެ ފުރުސަތު ލިބެންޖެހެނީ ހުކުމުގެ ދެބައިކުޅަ އެއްބައި ކަމަށްވާ 12 އަހަރާއި ބައި ފުރިހަމަކުރުމުން ކަމަށްވިޔަސް، އޭނާ ދޫކޮށްލާފައިވަނީ އެ މުއްދަތު ހަމަނުވަނީހެވެ.

މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކުރީގެ ނައިބު ރައީސް އަދީބުގެ މަސްލަހަތު އޮތް މޮންޓިލިއަން އިންޓަނޭޝަނަލްގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާކުރަން އޭސީސީން ޕީޖީއަށް ފޮނުވައިފިއެވެ. އެ ކުންފުންޏަށް އެސްއޯއެފް މެދުވެރިކޮށް 150,000 ޑޮލަރު ލިބިފައިވާތީ، އެ ފައިސާ އަނބުރާ ހޯދުމަށްވެސް އޭސީސީން ވަނީ އެދިފައެވެ.

އައްޑޫ ހޮސްޕިޓަލުން އަގު ބޮޑުކޮށް ތަކެތި ގަތުމުން ބޮޑު ގެއްލުމެއް

އައްޑޫ އެކުއެޓޯރިއަލް ހޮސްޕިޓަލަށް ބޭނުންވާ ތަކެތި ގަތުމުގައި ބަލްކް ޑިސްކައުންޓް ނުލިބޭ ގޮތަށް ވަކިވަކި ޔުނިޓް އަގުގައި ތަކެތި ގަތުމާއި، ބީލަންތައް އިވެލުއޭޓް ކުރުމުގައި ގެންގުޅުނު ނުރަނގަޅު އުސޫލުތަކުގެ ސަބަބުން މިލިއަނުން ގެއްލުންވެފައިވާކަން އޮޑިޓާ ޖެނެރަލް އޮފީހުން ފާހަގަކޮށްފައިވޭ.

Newsletter

Get the latest news delivered straight to your inbox