ޓޫރިޒަމް ދާއިރާގެ ވަޒީފާތައް އެއް ފުރާޅެއްގެ ދަށުން ހޯދޭ "ރުކުރި" ލޯންޗުކޮށްފި

ރުކުރި ޑިޖިޓަލް ޕްލެޓްފޯމް ލޯންޗުކުރުމުގެ ތެރެއިން

ރުކުރި ޑިޖިޓަލް ޕްލެޓްފޯމް ލޯންޗުކުރުމުގެ ތެރެއިން

ޓޫރިޒަމް ދާއިރާގެ ވަޒީފާ ދޭ ފަރާތްތަކާއި ވަޒީފާ ހޯދާ ފަރާތްތައް ގުޅުވާލަދިނުމަށް އެއް ފުރާޅެއްގެ ދަށުން ގިނަ ހިދުމަތްތަކެއް ދޭ ޑިޖިޓަލް ޕްލެޓްފޯމެއް ކަމަށްވާ "ރުކުރި" މިއަދު ލޯންޗުކޮށްފި އެވެ.

އައިލެންޑް ރެކްރޫޓްސްގެ ފަރާތުން ރުކުރި ލޯންޗުކުރީ ފަތުރުވެރިކަމުގެ ދާއިރާ އިތުރަށް ފުޅާވެ، ހަރުދަނާވަމުންދާ ވަރަކަށް، ހުރިހާ ކަމެއް އެއް ފުރާޅެއްގެ ދަށުން ފެންނަން އޮންނަ، ދެފުށް ފެންނަ، އަދި އަވަސް ނިޒާމެއް ބޭނުންވެފައިވާތީ ކަމަށް އެ ކުންފުނިން ބުންޏެވެ.

"2023 ވަނަ އަހަރު އުފެއްދި ރުކުރި އަކީ ހާއްސަކޮށް ފަތުރުވެރިކަމުގެ ދާއިރާއަށް އައިލެންޑް ރެކްރޫޓްސް އިން އަމާޒުކޮށްގެން ފަރުމާކޮށްފައިވާ ޕްލެޓްފޯމެއް. މިއީ ވަޒީފާ ދޭ ފަރާތްތަކަށާއި ވަޒީފާ ހޯދާ ފަރާތްތަކަށް ކަންކަން ސާފުކޮށް، އަވަސްކަމާއެކު ކުރިއަށްގެންދެވޭނެ ޒަމާނީ ނިޒާމެއް،" ރުކުރިން ބުންޏެވެ.

Advertisement

އައިލެންޑް ރެކްރޫޓްސްގެ ކޯ-ފައުންޑާ އަލީ ފާއިޒް ވިދާޅުވީ އެއް ފުރާޅެއްގެ ދަށުން މި ފުރުސަތުތައް ފަހިކޮށްދިނުމުން، ދިވެހި މަސައްކަތްތެރިން ބާރުވެރިކުރުވައި، ވަޒީފާ ދޭ ފަރާތްތަކަށް އެންމެ އެކަށީގެންވާ މީހާ ހޯދުމަށް މަގުފަހިވެގެންދާނެ ކަމަށެވެ.

ރުކުރި މެދުވެރިކޮށް ލަގްޒަރީ ރިސޯޓުތަކުގެ އިސް މަގާމުތަކުން ފެށިގެން، ގެސްޓްހައުސް، ރެސްޓޯރަންޓް އަދި ފަތުރުވެރިކަމުގެ އެކި ހިދުމަތްތަކުގެ ވަޒީފާތައް ފެނެ އެވެ.

ރުކުރި ޑިޖިޓަލް ޕްލެޓްފޯމް ލޯންޗުކުރުމުގެ ތެރެއިން
ރުކުރި ޑިޖިޓަލް ޕްލެޓްފޯމް ލޯންޗުކުރުމުގެ ތެރެއިން

ރުކުރި ޑިޖިޓަލް ޕްލެޓްފޯމް ލޯންޗުކުރުމުގެ ތެރެއިން

ވަޒީފާ ހޯދާ މީހާއަށް ރުކުރި މެދުވެރިކޮށް އެއް ތަނަކުން ހުރިހާ އެޕްލިކޭޝަނެއް ބެލެހެއްޓި، ވަޒީފާ ދޭ ފަރާތްތަކަށް ވެސް އުނދަގުލެއް ނެތި ކެންޑިޑޭޓުންގެ މައުލޫމާތު ބެލެ އެވެ.

"ވަޒީފާ ހޯދާ ފަރާތްތަކަށް ރުކުރިއަކީ އެމީހުންގެ މުޅި ކެރިއަރު އެއްތަނަކުން މެނޭޖްކުރެވޭ ޕްލެޓްފޯމެއް. ތަފާތު އެކި ޕްލެޓްފޯމްތަކުގައި ވަގުތު ހޭދަކުރުމުގެ ބަދަލުގައި، އެއް ތަނަކުން ވަޒީފާ ހޯދައި، ކުރިމަތިލައި، އަދި އެޕްލިކޭޝަނަށް ވާނުވާ ބަލައިލެވޭނެ،" އެ ކުންފުނިން ބުންޏެވެ.

މީގެއިތުރުން ރިސޯޓްތަކަށް ބޭނުންވާ ފްރީލާންސް ނުވަތަ ކުރު މުއްދަތުގެ މަސައްކަތްތަކަށް މީހުން ހޯދުމަށް ވެސް ރުކުރީގައި ވަކި ހާއްސަ ބައެއް ވަނީ ހިމަނާފަ އެވެ.

އިތުބާރު ހިފޭ ވަޒީފާގެ މާހައުލެއް ބިނާކުރުމަށްޓަކައި، ރުކުރި މެދުވެރިކޮށް ވަޒީފާ ހޯދާ ފަރާތްތަކުގެ މަސައްކަތުގެ ތަޖުރިބާ ޔަގީން ކުރެވޭ ގޮތް ހަދާފައިވާއިރު، ރެފަރެންސް ޗެކްކުރުމާއި ޕްރޮފައިލް ވެރިފައި ކުރެވޭ ނިޒާމުވެސް ވަނީ ހަމަޖައްސާފަ އެވެ.

އައިލެންޑް ރެކްރޫޓްސްގެ މި މަސައްކަތަކީ ރާއްޖޭގެ ޓޫރިޒަމް ދާއިރާ އިތުރަށް ހަރުދަނާކޮށް، ވަޒީފާގެ ބާޒާރު ޒަމާނީ ފެންވަރަކަށް ބަދަލު ކުރުން ކަމަށް އެ ކުންފުނިން ބުންޏެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއެޗްއޭ މާޓް ހުޅުމާލެ ފޭސް 2 ގައި ހުޅުވައިފި

އެމްއެޗްއޭގެ ފަސްވަނަ ފިހާރަ "އެމްއެޗްއޭ މާޓް" ހުޅުމާލެ ފޭސް 2 ގެ އަމާން އުދަރެސް ޓަވަރުގައި މިދިޔަ ބުރާސްފަތި ދުވަހު ހުޅުވައިފިއެވެ. ދެ ބުރިއަށް ފަރުމާކޮށްފައިވާ މި ޒަމާނީ ފިހާރައަކީ ކާބޯތަކެއްޗާއި ދިރިއުޅުމުގެ ޒަރޫރީ ސާމާނު އެއް ފުރާޅެއްގެ ދަށުން ފަސޭހަކަމާއެކު ލިބޭނެހެން ހުޅުވި ފިހާރައެކެވެ.

ބޭންކުތަކުން ސަރުކާރަށް ފަނޑުކުރާތީ ވިޔަފާރިތަކަށް ފައިސާ ނެތް

އަހުމަދު މުހައްމަދު ވިދާޅުވީ ބޭންކުތަކުން ސަރުކާރަށް ފައިސާ ދޫކުރާ މިންވަރު އިތުރުވުމުގެ ސަބަބުން، އަމިއްލަ ވިޔަފާރިތަކަށް ބޭނުންވާ ރުފިޔާ އާއި ޑޮލަރު ލިބުމުގައި ދަތިކަމަށް. ސަރުކާރުގެ ދައުރުގައި އެތެރޭގެ ދަރަނި 45 އިންސައްތަ އިތުރުވެފައިވާއިރު، މާލީ ދަތިތަކުން އަރައިގަނެވޭނީ މާލީ ޒިންމާދާރުކަން އިސްކޮށްގެން ކަމަށް އޭނާ ވިދާޅުވި.

ޔޭޔޭ ޕްރޮމޯޝަން: 5 އުމްރާ ދަތުރާއި ފައިސާގެ އިނާމު

ޔޭޔޭ ކޮފީން "ސްކޭން އެންޑް ވިން" ނަމުގައި ފެށި ޕްރޮމޯޝަނުގައި، 5 ފަރާތަކަށް އުމްރާ ދަތުރާއި، ކޮންމެ ދުވަހަކު އަދި ކޮންމެ ހަފްތާއަކު ފައިސާގެ އިނާމު ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ނޮވެމްބަރު 30 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ޔޭޔޭ ޕެކެޓުގައިވާ ކިއުއާރް ކޯޑް ސްކޭން ކޮށްގެންނެވެ.

ވެމްކޯއަށް 105 މިލިއަން ދީގެން ވެސް 127 މިލިއަން ގެއްލުން

ވެމްކޯއަށް 2022 ގައި ސަރުކާރުން 105 މިލިއަން ރުފިޔާގެ އެހީއެއް ދިނުމުން ވެސް އެ އަހަރު އެ ކުންފުންޏަށް 127.9 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނީ އާމްދަނީއަށް ވުރެ ހަރަދު ބޮޑުވުމުން. އެ ކުންފުނިން މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތް ދޭން ލިބުނު އާމްދަނީއަށް ވުރެ ބޮޑު އަދަދެއް ހަރަދުކުރި.

ގެސްޓްހައުސް އެވޯޑަކީ ބްލޮކް ޗެއިނުން ދިން ފުރަތަމަ އެވޯޑު: ރިޒާ

އެމްއައިބީ ގެސްޓްހައުސް އެވޯޑަކީ ބްލޮކްޗެއިން ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގައި ދޭން ފެށި ފުރަތަމަ އެވޯޑު ކަމަށް އެ ބޭންކުން ބުނޭ. މި ނިޒާމުގެ ސަބަބުން އެވޯޑުތަކުގެ ސައްހަކަން ދުނިޔޭގެ ކޮންމެ ތަނަކުންވެސް ކަށަވަރުކުރެވޭނެ ކަމަށާއި، މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު ބޮޑު ކުރިއެރުމެއްކަން އެ ބޭންކުން ފާހަގަކުރޭ.

1883 މެއިޒަން ރޫޓިން ގެ އައު ބާވަތްތައް ރާއްޖެއަށް

ޔޫރޯ މާކެޓިންގއިން ފަރަންސޭސިވިލާތުގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "1883 މެއިޒަން ރޫޓިން" ގެ "ފްރެންޗް ޕެޓިސަރީ" ސިރަޕް ކަލެކްޝަނާއި "ރިފްރެޝަރ މިކްސް" ރާއްޖެއަށް ތައާރަފުކޮށްފިއެވެ. ގުދުރަތީ ރަހަތަކާއި ކުލަ ބޭނުންކޮށްގެން އުފައްދާފައިވާ މި އުފެއްދުންތަކަކީ ކެފޭތަކާއި ގޭބިސީތަކުގައި ތަފާތު މީރު ބުއިންތައް ތައްޔާރުކުރުމަށް ފަސޭހަވެގެންދާނެ ބާވަތްތަކެކެވެ. މި އައު ރޭންޖުގެ އުފެއްދުންތައް މިހާރު ޔޫރޯ ސްޓޯރުން ބައްލަވައިގަންނަން ލިބޭނެއެވެ.

ބަނގުރޫޓުވުމުން ސަލާމަތްކޮށްދިނީ ޓޫރިޒަމް ވިޔަފާރިތަކުން: އަންޑޭ

އަހުމަދު މުހައްމަދު ވިދާޅުވީ ރާއްޖެ ބަނގުރޫޓުވިޔަ ނުދީ ސަލާމަތްކޮށްދިނީ ޓޫރިޒަމް ވިޔަފާރިތަކުން ޑޮލަރު މާރުކޮށްގެން ކަމަށް. ނަމަވެސް، ޑޮލަރު މާރުކުރަން މަޖުބޫރުކުރުމުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމާއި، އެތެރޭގެ ދަރަނި އިތުރުވުމުގެ ސަބަބުން މާލީ ނިޒާމަށް ބާރުބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox