ސުކޫކު ދައްކަން 350 މިލިއަން ޑޮލަރުގެ ލޯނެއް ނަގަން އުޅެނީ 17 ޕަސެންޓުގައި: ޔާމީން

ކުރީގެ ރައީސް އަބްދުﷲ ޔާމީން -- ފޮޓޯ: އަދަދު

ކުރީގެ ރައީސް އަބްދުﷲ ޔާމީން -- ފޮޓޯ: އަދަދު

ސުކޫކު ރިފައިނޭންސް ކުރުމަށްޓަކައި ސަރުކާރުން 350 މިލިއަން ޑޮލަރުގެ ލޯނެއް، 17 ޕަސެންޓުގެ އިންޓްރެސްޓް ރޭޓުގައި ނެގުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި، މިއީ ރާއްޖޭގެ އިގްތިސާދީ ހާލަތު އިންތިހާއަށް ގޯސްވެފައިވާކަން ހާމަކޮށްދޭ ކަމެއް ކަމަށް ބުނެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ފާޑުވިދާޅުވެއްޖެ އެވެ.

މި އަހަރުގެ އޭޕްރީލް 8 ގެ ކުރިން ދައްކަން ޖެހިފައިވާ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ ސުކޫކު ދެއްކުމަށް ކާގިލް ފައިނޭންޝަލް ސާވިސަސް އިންޓަނޭޝަނަލް (ސީއެފްއެސްއައިޓީ) އިން 300 މިލިއަން ޑޮލަރުގެ ލޯނެއް ނަގަން ސަރުކާރުން މަސައްކަތް ކުރަމުންދާކަން އިތުބާރު ހުރި މަސްދަރުތަކުން ވަނީ އެނގިފަ އެވެ. ސަރުކާރުން މިކަން ހާމައެއް ނުކުރެ އެވެ.

ޕީއެންއެފްއިން ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި ޖަލްސާގައި، ސުކޫކު އަނބުރާ ދައްކަން ލޯނު ނަގަނީ ކޮން ފަރާތަކުންކަން ޔާމީން ވިދާޅުނުވިޔަސް، އެ މަނިކުފާނު ފާހަގަ އެ ކުރެއްވީ ކާގިލްގެ ވާހަކަ ކަމަށް ބެލެވެ އެވެ.

ޔާމީން ވިދާޅުވީ 17 ޕަސެންޓުގެ ރޭޓަކީ އާދައިގެ ލޯނު ދޭ އުސޫލެއް ނޫން ކަމަށާއި، މިއީ "ލޯން ޝާކްސް" ނުވަތަ ބޮޑު އިންޓްރެސްޓުގައި ފައިސާ ދޫކުރާ ފަރާތްތަކުން އަމަލުކުރާ އުސޫލެއް ކަމަށެވެ. އަދި މިހާ ބޮޑު އިންޓްރެސްޓެއްގައި ލޯނު ނެގުމަކީ ހަގީގަތުގައި މަނީ ލޯންޑަކުރުން ފަދަ ކަމެއް ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

"17 ޕަސެންޓުގައި ވެސް އެ މީހުން ބޭނުމެއް ނުވޭ ލޯނު ދޭކަށް. އެއީ މިތަނުގައި މިތަނުގެ ކްރެޑިޓް ރޭޓިންގެ ފެންވަރު ހުރިވަރު މިހާރު. ކާކުތޯ ގައުމެއްގައި ޝޯޓު ޓާމް ކަމަކަށް ނުވަތަ ލޯންގް ޓާމް ބޭނުމަކަށް ވެސް 17 ޕަސެންޓުގައި ލޯނެއް ނަގާނީ؟،" ޔާމީން ސުވާލު އުފެއްދެވިއެވެ.

ދުނިޔޭގެ އެންމެ ބޮޑު ދެ ރޭޓިން އެޖެންސީ ކަމުގައިވާ މޫޑީސް އާއި ފިޗުން ވެސް ވަނީ އިންވެސްޓު ކުރުން ރަނގަޅު ނޫން ގްރޭޑަށް ރާއްޖެ ދައްކޮށްފަ އެވެ.

މި ރޭޓިން އޮތްހާ ހިނދަކު ހެޔޮ އަގެއްގައި ލޯނެއް ލިބުމާއި ދަށް ޔީލްޑެއްގައި ސުކޫކެއް ވިއްކަން ވެސް އުނދަގޫ ވާނެ ކަމަށް މާލީ ދާއިރާގެ ތަޖުރިބާކާރުން ބުނެ އެވެ.

ޔާމީން ފާހަގަކުރެއްވި ގޮތުގައި، ދަރަންޏަށް ފައިސާ ދޭ ފަރާތްތަކުން 17 ޕަސެންޓު ފަދަ ބޮޑު އިންޓްރެސްޓެއް ކަނޑައަޅަނީ، ކޮންމެ އަގެއްގައި ވިޔަސް ފައިސާ ހޯދަން ރާއްޖެއަސށް މަޖުބޫރުވެފައިވާކަން އެނގޭތީއެވެ. މިއީ ރާއްޖޭގެ މާލީ ހާލަތު މިއަދު އޮތް ނާޒުކު ދަރަޖަ ހާމަކޮށްދޭ ކަމެކެވެ.

ރާއްޖޭގެ ޖުމުލަ ދަރަނި މިހާރު އުޅެނީ 160 ބިލިއަން ރުފިޔާގައި ކަމަށް ރަސްމީ ހިސާބުތަކުން ދެއްކި ނަމަވެސް، ހަގީގީ އަދަދު އެއަށް ވުރެ މާ ބޮޑުވާނެ ކަމަށް ޔާމީން ވިދާޅުވި އެވެ އަދި މިހާރު ހުރި ލޯނުތައް އަދާކުރުމުގެ ބަދަލުގައި އެ ތަކެތި "ރޯލްއޯވާ" ކުރަމުން ދިއުމަކީ ދަރަނީގެ ބޮޑު މަދަވަޅެއްގެ ތެރެއަށް ގައުމު އިތުރަށް ގަރަގުވަމުންދާ ކަމެއްގެ ގޮތުގައި ޔާމިން ފާހަގަކޮށްފައެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ގެދޮރު ލޯނުގެ އިކުއިޓީ އަށް 750 މިލިއަން ބަޖެޓުގައި ހިމަނައިފި

މި ސްކީމުގެ ދަށުން ކޮންމެ މީހަކަށް ދެ ލައްކަ ރުފިޔާގެ އެހީ ލިބޭއިރު، މިއީ ހިޔާވެހި ފައިނޭންސިން ސްކީމުގެ ޑައުންޕޭމަންޓު ދައްކަން ދަތިވާ ފަރާތްތަކަށް އެހީވުމަށް ތައާރަފުކުރި ފުރުސަތެއް. އަންނަ އަހަރުގެ ބަޖެޓުގައި ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށް ޖުމްލަ ތިން ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފަ.

ރަސްމާލެ މަޝްރޫއުގެ ތަފްސީލު ހާމަކުރަންޖެހޭނެ: ފައިސަލް

ރަސްމާލޭގައި ޔޫއޭއީގެ އީގަލް ހިލްސްއިން ހިންގާ މަޝްރޫއުގެ ތަފްސީލުތައް ދެފުށް ފެންނަ ގޮތަށް ހާމަކުރުމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމާއި މޭޔަރު އާދަމް އަޒީމް ގޮވާލައްވައި މި މަޝްރޫއުގެ ސަބަބުން ރާއްޖޭގެ ދީނީ ވަހުދަތަށާއި، އިޖުތިމާއީ އަދި މާލީ ހަމަޖެހުމަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިވެދާނެ ކަމުގެ ކަންބޮޑުވުން އެ ބޭފުޅުން ވަނީ ފާޅުކޮށްފައި.

"ޔަހޫދީން ވަޒަންވެރިކުރުވުމަކީ ރައީސަށް ލިބިގެންވާ ބާރެއް ނޫން."

ރަސްމާލޭގައި ޣައިރު މުސްލިމުން ވަޒަންވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ލިބިގެންވާ ދުސްތޫރީ ބާރެއް ނޫން ކަމަށާއި، އެއީ ހަމައެކަނި ރައްޔިތުންނަށް އޮތް ބާރެއް ކަމަށާއި ރައްޔިތުންގެ ސިޔާދަތާ ގުޅުންހުރި ބޮޑެތި ކަންކަމުގައި ތާއީދުކުރުމާއި ނުކުރުމުގެ އެއްވެސް މެންޑޭޓެއް ސަލަފު ޖަމިއްޔާއަށް ލިބިގެން ނުވާ ކަމަށް ޑރ. އަހްމަދު އަބްދުﷲ ދީދީ ވިދާޅުވެއްޖެ.

މާލޭގެ ޓްރެފިކް ބެލެހެއްޓުން އޭއައިއަށް ދޫކޮށްލަނީ

މާލޭގެ މަގުތައް ތޮއްޖެހުމުގެ މައްސަލައަށް އޭއައި ޓެކްނޮލޮޖީ ބޭނުންކޮށްގެން ދާއިމީ ހައްލެއް ހޯދުމުގެ މަޝްރޫއެއް 2027 ވަނަ އަހަރުގެ ބަޖެޓުގައި ސަރުކާރުން ހިމަނައިފި. މީގެ އިތުރުން ދައުލަތުގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމުގެ ގޮތުން ނޭޝަނަލް ޑޭޓާ ސެންޓަރަކާއި ސްމާޓް ކާޑުގެ ނިޒާމެއް ގާއިމުކުރުމަށް ވެސް ވަނީ ނިންމާފަ.

އަންނަ އަހަރު ސުކޫކެއް ނޫނީ ބޮންޑެއް ވިއްކަން ހިމަނައިފި

ވޭތުވެދިޔަ އަހަރުތަކުގައި މިފަދަ ޕްލޭންތައް ކާމިޔާބުވެފައި ނުވި ނަމަވެސް، ކުރިއަށް އޮތް ތިން އަހަރުގެ ތެރޭގައި ބޭރުގެ ބާޒާރުން ޖުމްލަ 625 މިލިއަން ޑޮލަރު ހޯދުމަށް ސަރުކާރުން އަމާޒު ހިފާފައިވޭ.

މުއިއްޒު މަސައްކަތް ކުރަނީ ޒަޔަނިޒަމް ދިރުވަން: އަލީ ހުސައިން

ރައީސް މުއިއްޒު ރަސްމާލެ މަޝްރޫއު ހިންގަވަނީ ޒަޔަނިސްޓުންނަށް ރާއްޖޭގައި ވަޒަންވެރިވެވޭނެ މަގުފަހިކޮށް، ޒަޔަނިޒަމް ދިރުވުމަށް ކަމަށް ކުރީގެ މެންބަރު އަލީ ހުސައިން ތުހުމަތުކުރައްވައިފިއެވެ. މިއީ އިސްލާމްދީނަށް ދެވޭ ބޮޑު ހަމަލާއެއް ކަމަށް ސިފަކުރައްވައި، ބޭރުގެ ކުންފުންޏަކަށް ބިން ދޫކޮށްގެން ހިންގާ މި މަޝްރޫއު ވަގުތުން ހުއްޓާލުމަށް އޭނާ ވަނީ ގޮވާލައްވާފައެވެ.

ގޭންގު ރޭޕް ކޭސް: އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފި

ތިނަދޫގައި އަންހެނަކަށާއި ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި މައްސަލައިގައި ހައްޔަރުކުރި 9 މީހުންގެ ތެރެއިން އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށް، އިތުރު މީހުންގެ ބަންދުގެ މުއްދަތު ކޯޓުން ވަނީ އިތުރުކޮށްފައެވެ. މި މައްސަލައިގައި ހިމެނޭ މީހުންގެ މައްޗަށް ޖިންސީ ގޯނާކުރުމާއި ކުޑަކުދިން އެކްސްޕްލޮއިޓް ކުރުމުގެ ސީރިއަސް ތުހުމަތުތަކެއް ފުލުހުން ކުރެއެވެ.

Newsletter

Get the latest news delivered straight to your inbox