ޕްރެޒިޑެންޓްސް ކަޕަށް ގަދަ ހަތަރެއް، ކޮލިފައިން އަށް ހަތަރު ޖާގަ

Jan 30, 2026, 6:12 AM
އެންމެ ފަހުން 2023 ވަނަ އަހަރު ބޭއްވި ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ހޯދި މާޒިޔާ އިން އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް

އެންމެ ފަހުން 2023 ވަނަ އަހަރު ބޭއްވި ޕްރެޒިޑެންޓްސް ކަޕްގެ ޗެމްޕިއަންކަން ހޯދި މާޒިޔާ އިން އުފާފާޅުކުރަނީ.--- ފޮޓޯ: އަދަދު ސްޕޯޓްސް

މި ސީޒަނުގެ ޕްރެޒިޑެންޓްސް ކަޕްގެ ކުޅޭނެ ފޯމެޓެއްގެ ގޮތުގައި، މިހާރު ކުރިއަށްދާ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ ގަދަ ހަތަރަކަށް ސީދާ ޖާގައެއް ދޭ ގޮތަށް ކަނޑައަޅައިފި އެވެ.

އެފްއޭއެމްގެ ހިންގާ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުމުގައި ނިންމާފައިވަނީ، ޕްރެޒިޑެންޓްސް ކަޕް ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށްގެންދާ ގޮތަށެވެ.

އެ ގޮތުން، ދިވެހި ޕްރިމިއާ ލީގުގެ ތާވަލްގެ އެންމެ ކުރީގައިވާ ހަތަރު ޓީމު ދެ ގްރޫޕަކަށް ބަހާލައި ތާވަލްގައި ޕޮއިންޓް ލިބިފައިވާ ތަރުތީބުން ސީޑްކުރާނެ އެވެ. އަދި، ލީގު ތާވަލުގެ ފަސް ވަނައިން ފެށިގެން އަށް ވަނަ އާ ދެމެދުގެ ހަތަރު ޓީމުގެ މެދުގައި ނޮކައުޓް މެޗްތައް ކުޅެގެން މޮޅުވާ ޓީމުތައް ގްރޫޕްތަކަށް ކޮލިފައިވާނެ ކަމަށެވެ.

އެހެންކަމުން، ކޮލިފައިން އަށް ފަހު، ޕްރެޒިޑެންޓްސް ކަޕް ކުޅޭނީ ހަ ޓީމު ދެ ގްރޫޕަށް ބަހައިގެންނެވެ. ކޮންމެ ގްރޫޕެއްގެ އެންމެ މޮޅު ދެ ޓީމު ކްރޮސް ކޮށް ސެމީ ފައިނަލް ކުޅުމަށް ފަހު ފައިނަލް މެޗު ކުޅޭ ގޮތަށް މުބާރާތުގެ ފޯމެޓް ވަނީ އެކުލަވާލައިފަ އެވެ.

އެފްއޭއެމް އިން އިއުލާނުކުރި ކަލަންޑަރުގައިވާ ގޮތުން، ޕްރެޒިޑެންޓްސް ކަޕް ފަށާނީ އަންނަ މަހު ނުވަ ވަނަ ދުވަހު އެވެ.

މީގެ ކުރިން ވެސް ލީގުގެ ގަދަ ހަތަރަކަށް ޕްރެޒިޑެންޓްސް ކަޕްގެ ޖާގަ ލިބޭ ގޮތަށް އޮތް ނަމަވެސް، އެފްއޭއެމް އިން މި ފަހުން މި މުބާރާތުގެ ފޯމެޓް އެކި ގޮތްގޮތަށް ވަނީ ބަދަލުކޮށްފަ އެވެ. އަދި، ފުޓްބޯޅަ ސީޒަން ފަށާ މުބާރާތެއްގެ ގޮތުގައި، ފުރަތަމަ ޑިވިޝަނުގެ އަށް ޓީމަށް ފުރުސަތު ދީގެން ވެސް ކުޅެފައިވެ އެެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

ވިކްޓަރީ އާއި މާޒިޔާގެ ކުރިމަތިލުން ހަމަހަމަ

ދިވެހި ޕްރިމިއާ ލީގުގައި މާޒިޔާ އާއި ވިކްޓަރީ ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެ، ވިކްޓަރީން ލީގު ތާވަލުގެ ކުރީގައި މަގާމު ދަމަހައްޓައިފި. މި މެޗުގައި ވިކްޓަރީން ފުރަތަމަ ލީޑު ނެގި ނަމަވެސް، މާޒިޔާ އިން ފަހަތުން އަރައި ނަތީޖާ އަނބުރާލާފައި ވަނިކޮށް ވިކްޓަރީން ވަނީ އިތުރު ލަނޑެއް ޖަހައި ޕޮއިންޓެއް ކަށަވަރުކޮށްފައި

ދިއްދޫ އަތްދަށުން ނިއު ރޭޑިއަންޓް ބަަލިނުވެ ސަލާމަތްވީ ކިރިޔާ

ދިވެހި ޕްރިމިއާ ލީގުގައި ހއ. ދިއްދޫ އާއި ނިއު ރޭޑިއަންޓް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ދިއްދޫން ދެ ލަނޑުގެ ލީޑެއް ނަގާފައި ވަނިކޮށް ނިއު އިން ނަތީޖާ އެއްވަރުކުރީ މެޗުގެ އިތުރު ވަގުތުގެ އެންމެ ފަހު ސިކުންތުކޮޅުގައި، ދިއްދޫން މި މެޗުގެ 13 މިނިޓް ތެރޭ ދެ ލަނޑު ޖެހި.

ރަފީނިއާ އަށް ބާސެލޯނާގެ ދެ މެޗު ގެއްލޭނެ

ބްރެޒިލް ގައުމީ ޓީމަށް ކުޅެނިކޮށް ފަލަމަސްގަނޑަށް ލިބުނު އަނިޔާއަކާ ގުޅިގެން، ބާސެލޯނާގެ ފޯވާޑް ރަފީނިއާ އަށް އެ ކްލަބުން ދެން ކުޅޭ ދެ މެޗު ގެއްލޭނެއެވެ. ކޯޗު ހަންސީ ފްލިކް ބުނީ އަނިޔާ ސީރިއަސް ނޫނަސް، އޭނާ ބޭނުންކުރާނީ އެއްކޮށް ފިޓްވުމުން ކަމަށެވެ. މި ސީޒަނުގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ ރަފީނިއާ ވަނީ މިހާތަނަށް 8 މެޗުން 14 ލަނޑު ޖަހައިފައެވެ.

ތުރުކީ ކޯޗުކަމުން މޮންޓެލާ ވަކިކޮށްފި

އެންމެ ފަހުން، ކުޅުނު ހަތަރު މެޗުން ބަލިވުމާ ގުޅިގެން، ތުރުކީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަމުން އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ވަކިކޮށްފި. މޮންޓެލާ ވަނީ 24 އަހަރަށް ފަހު ތުރުކީ ވޯލްޑް ކަޕަށް ކޮލިފައިކޮށްދީ، އެ ޓީމަށް 40 މެޗުގައި އިރުޝާދުދީފައި. އޭނާ މަގާމުން ވަކިކުރިއިރު، ތުރުކީއާ އެކު ހަދާފައިވާ އެއްބަސްވުން 2028 ވަނަ އަހަރުގެ ޔޫރޯގެ ނިޔަލަށް އޮތް

Newsletter

Get the latest news delivered straight to your inbox