ކެރިކަށް ޔުނައިޓެޑްގެ ދާއިމީ ކޮންޓްރެކްޓެއް ދޭނެ ޝަރުތެއް އެބައޮތް

Jan 30, 2026, 3:49 AM
ކެރިކަށް ޔުނައިޓެޑްގެ ދާއިމީ ކޮންޓްރެކްޓެއް ދޭނެ ޝަރުތެއް އެބައޮތް

ލަންޑަން (ޖެނުއަރީ 30) - މެންޗެސްޓާ ޔުނައިޓެޑްގެ ވަގުތީ ކޯޗެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އެ ޓީމުގެ ކުރީގެ މިޑްފީލްޑަރު، މައިކަލް ކެރިކް އަށް އެ ޓީމުގެ ކޯޗުކަަން ދާއިމީ ކޮންޓްރެކްޓެއްގައި ދޭނެ ޝަރުތެއް އެބައޮތް ކަމަށް އިނގިރޭސި މީޑިއާތަކުން ރިޕޯޓްކޮށްފި އެވެ.

ރުބެން އަމޮރިމް، ޔުނައިޓެޑްގެ ކޯޗުކަމުން ވަކިކޮށް އެ ޓީމުން ފުރަތަމަ ހަވާލުވި ވަގުތީ ކޯޗު، ޑަރެން ފްލެޗާއާ އެކު ނުކުމެ ދެ މެޗުން ވެސް މޮޅެއްނުވިއެވެ. އޭގެ ފަހުން، ޔުނައިޓެޑުން ވަނީ ކެރިކަށް ޓީމުގެ ކޯޗުގެ ޒިންމާ ވަގުތީގޮތުން ދީފަ އެވެ. ކެރިކްގެ ކޯޗުކަމުގައި ޔުނައިޓެޑުން އަމިއްލަ ދަނޑުގައި ވަނީ އިނގިރޭސި ޕްރިމިއާ ލީގުގެ ދެ ވަނައިގައި އޮތް ވާދަވެރި މެންޗެސްޓާ ސިޓީ ބަލިކޮށްފަ އެވެ. އަދި، ދެ ވަނަ މެޗުގައި ލީގުގެ އެއް ވަނައިގައި އޮތް އާސެނަލް ދަނޑުގައި މޮޅުވި އެވެ.

އެހެންވެ، ޔުނައިޓެޑްގެ ތާރީހުގައި ވެސް ދަށްކޮށް ދަމުން އަންނަ މި ސީޒަނުގައި، އެ ޓީމަށް ގަދަ ހަަތަރެއް ލިބި އަންނަ އަހަރުގެ ޗެމްޕިއަންސް ލީގުގައި ކުޅުމުގެ އުންމީދު ވަނީ ބޮޑުވެފަ އެވެ. އެއާ އެކު، ޔުނައިޓެޑްގެ ކޯޗަކަށް ދާއިމީ ކޮންޓްރެކްޓެއްގައި ކެރިކް ބެހެއްޓުމަށް ސަޕޯޓަރުން ކުރާ ޑިމާންޑްތައް ވެސް ވަނީ އިތުރު ވެފަ އެވެ.

އިނގިރޭސި މީޑިއާތަކުން ރިޕޯޓްކުރި ގޮތުގައި، ކެރިކަށް ޔުނައިޓެޑްގެ ކޯޗުކަން ދާއިމީ އެއްބަސްވުމެއްގައި ދޭން ކްލަބްގެ ފުޓްބޯޅައިގެ ކަންކަން ބަލަހައްޓާ އިނިއޯސް އިން ދީފައިވަނީ، އެންމެ ޝަރުތެކެވެ. ދެން، ޔުނައިޓެޑުން ކުޅެން އޮތް 15 މެޗުގެ ތެރެއިން 10 މެޗުން މޮޅުވުމެވެ.

ކެރިކް ވަނީ މީގެ ކުރިން 2021 ވަނަ އަހަރު ޔުނައިޓެޑްގެ ވަގުތީ ކޯޗަކަށް މަސައްކަތްކޮށްފަ އެވެ. އެއީ، 2021 ވަނަ އަހަރު ނޮވެމްބަރު މަހު، ޔުނައިޓެޑްގެ ކޯޗު، އޮލެ ގުނަ ސޯލްޝެއާ ވަކިކުރުމުން އެ ސީޒަނުގެ ބާކީބައިގަ އެެވެ. އެ ފަހަރު ކެރިކަށް ޓީމުގެ ކޯޗުކަން ނުދީ ގެނައީ އަޔަކްސްގެ ކޯޗު އެރިކް ޓެން ހާގް އެވެ. ކެރިކް ވަނީ މިޑްލްސްބަރާގެ ހެޑް ކޯޗެއްގެ ގޮތުގައި މަސައްކަތްކޮށްފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox