އައިކެއާއިން ދެ މީހަކަށް އުމްރާ ދަތުރު ލިބޭ ޕްރޮމޯޝަންގެ މުއްދަތު ހަމަވަނީ

އައިކެއާގެ ފިހާރައެއް: އެ ފިހާރައިން ކުރިއަށްގެންދާ ޕްރޮމޯޝަންގެ ދަށުން ރަމަޟާން މަހު ދެ މީހަކަށް އުމްރާ ދަތުރެއް ލިބޭ -- ފޮޓޯ: އަދަދު

އައިކެއާގެ ފިހާރައެއް: އެ ފިހާރައިން ކުރިއަށްގެންދާ ޕްރޮމޯޝަންގެ ދަށުން ރަމަޟާން މަހު ދެ މީހަކަށް އުމްރާ ދަތުރެއް ލިބޭ -- ފޮޓޯ: އަދަދު

އައިކެއާއިން ދެ މީހަކަށް ރަމަޟާން މަހުގެ އުމްރާގެ އަޅުކަން އަދާކުރަން ދިޔުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަންގެ މުއްދަތު މި ހަފްތާގެ ނިޔަލަށް ހަމަވާނެ ކަމަށް ބުނެފި އެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު 28، އިން ފެށިގެން ޖެނުއަރީ މަހުގެ ނިޔަލަށް ކުރިއަށްގެންދާ ޕްރޮމޯޝަންގެ މުއްދަތުގައި އައިކެއާގެ ކޮންމެ އައުޓްލެޓަކުން 1،000ރ. ނުވަތަ އެއަށްވުރެ ގިނައިން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ގުރުއަތުގައި ބައިވެރިވެވޭނެ އެވެ.

ގުރުއަތުގައި ބައިވެރިވާނެ ގޮތް:

  • އައިކެއާގެ ކޮންމެ އައުޓްލެޓަކުން މަދުވެގެން 1,000ރ. ގެ ވިޔަފާރިއެއް ކުރުން.
  • ކޮންމެ 1,000 ރުފިޔާއަކަށް އެއް ކޫޕަން ލިބޭނެ.
  • ކޫޕަން ފުރާލުމަށްފަހު ހުށަހެޅުމުން ގުރުއަތުގައި ބައިވެރިވެވޭނެ.

ޕްރޮމޯޝަންގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ގުރުއަތު ހޮވޭ ފަރާތަކަށް ލިބޭ ދެ މީހެއްގެ އުމްރާ ދަތުރުގެ އިންތިޒާމުތައް ހަމަޖައްސާނީ، އައިކެއާއިން ބުނި ގޮތުގައި އުމްރާއަށް މީހުން ގެންދިޔުމުގެ ހުއްދަ ލިބިފައިވާ ރާއްޖޭގެ ކުންފުންޏެއް މެދުވެރިކޮށެވެ.

މި ޕްރޮމޯޝަން ނިމުމުން ނަސީބުވެރިޔަކު ހޮވުން އޮންނާނީ ފެބްރުއަރީ މަހުގެ ފުރަތަމަ ހަފުތާގަ އެވެ. ނަސީބުވެރިޔަކަށް ހޮވޭ ފަރާތަށް ލިބޭ އުމްރާ ދަތުރުން އެހެން ފަރާތަކަށް ބަދަލު ނުކުރެވޭނެ ކަމަށް ވެސް އައިކެއާއިން ބުނެ އެވެ.

މި ގުރުއަތުގައި އައިކެއާގެ މުވައްޒަފުންނާއި، އެމީހުންގެ އާއިލާގެ މީހުންނާއި، ފަތުރުވެރިންނާއި، ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ބައިވެރިނުވެވޭނެ ކަމަށް އައިކެއާއިން ބުނެ އެވެ.

ލަކީ ޑްރޯގެ އިތުރުން ބައެއް ބްރޭންޑްތަކުން 30 ޕަސަންޓާ ހަމައަށް ޑިސްކައުންޓް ލިބޭ ޕްރޮމޯޝަނެއް ވެސް ވަނީ ފަށައިފަ އެވެ. އަދި 3،000ރ. އަށްވުރެ މަތިން ހައްދާ ކޮންމެ އައިނަކާއެކު، އާއިލާ އާއި ރައްޓެހި ރަހްމަތްތެރިންނަށް ހަދިޔާ ކުރެވޭ 500ރ. ގެ ގިފްޓް ވައުޗަރެއް ވެސް ލިބެ އެވެ.

އައިކެއާގެ ހިދުމަތް 2003 ފެށީ ފެންވަރު ރަނގަޅު ލޮލުގެ ފަރުވާ އަގުހެޔޮކޮށް ލިބޭނެ މަގު ފަހިކޮށް ދިނުމުގެ މަގުސަދުގަ އެވެ. ފާއިތުވި 22 އަހަރު ތެރޭގައި އެ ހިދުމަތް ފުޅާކޮށް، އެންމެ ފަހުން އައިކެއާ ހޮސްޕިޓަލު އުފައްދައި، ޒަމާނީ ވަސީލަތްތަކާއެކު އެތަނުން ލޮލުގެ ގިނަ ފަރުވާތަކެއް ދެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއެޗްއޭ މާޓް ހުޅުމާލެ ފޭސް 2 ގައި ހުޅުވައިފި

އެމްއެޗްއޭގެ ފަސްވަނަ ފިހާރަ "އެމްއެޗްއޭ މާޓް" ހުޅުމާލެ ފޭސް 2 ގެ އަމާން އުދަރެސް ޓަވަރުގައި މިދިޔަ ބުރާސްފަތި ދުވަހު ހުޅުވައިފިއެވެ. ދެ ބުރިއަށް ފަރުމާކޮށްފައިވާ މި ޒަމާނީ ފިހާރައަކީ ކާބޯތަކެއްޗާއި ދިރިއުޅުމުގެ ޒަރޫރީ ސާމާނު އެއް ފުރާޅެއްގެ ދަށުން ފަސޭހަކަމާއެކު ލިބޭނެހެން ހުޅުވި ފިހާރައެކެވެ.

ބޭންކުތަކުން ސަރުކާރަށް ފަނޑުކުރާތީ ވިޔަފާރިތަކަށް ފައިސާ ނެތް

އަހުމަދު މުހައްމަދު ވިދާޅުވީ ބޭންކުތަކުން ސަރުކާރަށް ފައިސާ ދޫކުރާ މިންވަރު އިތުރުވުމުގެ ސަބަބުން، އަމިއްލަ ވިޔަފާރިތަކަށް ބޭނުންވާ ރުފިޔާ އާއި ޑޮލަރު ލިބުމުގައި ދަތިކަމަށް. ސަރުކާރުގެ ދައުރުގައި އެތެރޭގެ ދަރަނި 45 އިންސައްތަ އިތުރުވެފައިވާއިރު، މާލީ ދަތިތަކުން އަރައިގަނެވޭނީ މާލީ ޒިންމާދާރުކަން އިސްކޮށްގެން ކަމަށް އޭނާ ވިދާޅުވި.

ޔޭޔޭ ޕްރޮމޯޝަން: 5 އުމްރާ ދަތުރާއި ފައިސާގެ އިނާމު

ޔޭޔޭ ކޮފީން "ސްކޭން އެންޑް ވިން" ނަމުގައި ފެށި ޕްރޮމޯޝަނުގައި، 5 ފަރާތަކަށް އުމްރާ ދަތުރާއި، ކޮންމެ ދުވަހަކު އަދި ކޮންމެ ހަފްތާއަކު ފައިސާގެ އިނާމު ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ނޮވެމްބަރު 30 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ޔޭޔޭ ޕެކެޓުގައިވާ ކިއުއާރް ކޯޑް ސްކޭން ކޮށްގެންނެވެ.

ވެމްކޯއަށް 105 މިލިއަން ދީގެން ވެސް 127 މިލިއަން ގެއްލުން

ވެމްކޯއަށް 2022 ގައި ސަރުކާރުން 105 މިލިއަން ރުފިޔާގެ އެހީއެއް ދިނުމުން ވެސް އެ އަހަރު އެ ކުންފުންޏަށް 127.9 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނީ އާމްދަނީއަށް ވުރެ ހަރަދު ބޮޑުވުމުން. އެ ކުންފުނިން މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތް ދޭން ލިބުނު އާމްދަނީއަށް ވުރެ ބޮޑު އަދަދެއް ހަރަދުކުރި.

ގެސްޓްހައުސް އެވޯޑަކީ ބްލޮކް ޗެއިނުން ދިން ފުރަތަމަ އެވޯޑު: ރިޒާ

އެމްއައިބީ ގެސްޓްހައުސް އެވޯޑަކީ ބްލޮކްޗެއިން ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގައި ދޭން ފެށި ފުރަތަމަ އެވޯޑު ކަމަށް އެ ބޭންކުން ބުނޭ. މި ނިޒާމުގެ ސަބަބުން އެވޯޑުތަކުގެ ސައްހަކަން ދުނިޔޭގެ ކޮންމެ ތަނަކުންވެސް ކަށަވަރުކުރެވޭނެ ކަމަށާއި، މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު ބޮޑު ކުރިއެރުމެއްކަން އެ ބޭންކުން ފާހަގަކުރޭ.

1883 މެއިޒަން ރޫޓިން ގެ އައު ބާވަތްތައް ރާއްޖެއަށް

ޔޫރޯ މާކެޓިންގއިން ފަރަންސޭސިވިލާތުގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "1883 މެއިޒަން ރޫޓިން" ގެ "ފްރެންޗް ޕެޓިސަރީ" ސިރަޕް ކަލެކްޝަނާއި "ރިފްރެޝަރ މިކްސް" ރާއްޖެއަށް ތައާރަފުކޮށްފިއެވެ. ގުދުރަތީ ރަހަތަކާއި ކުލަ ބޭނުންކޮށްގެން އުފައްދާފައިވާ މި އުފެއްދުންތަކަކީ ކެފޭތަކާއި ގޭބިސީތަކުގައި ތަފާތު މީރު ބުއިންތައް ތައްޔާރުކުރުމަށް ފަސޭހަވެގެންދާނެ ބާވަތްތަކެކެވެ. މި އައު ރޭންޖުގެ އުފެއްދުންތައް މިހާރު ޔޫރޯ ސްޓޯރުން ބައްލަވައިގަންނަން ލިބޭނެއެވެ.

ބަނގުރޫޓުވުމުން ސަލާމަތްކޮށްދިނީ ޓޫރިޒަމް ވިޔަފާރިތަކުން: އަންޑޭ

އަހުމަދު މުހައްމަދު ވިދާޅުވީ ރާއްޖެ ބަނގުރޫޓުވިޔަ ނުދީ ސަލާމަތްކޮށްދިނީ ޓޫރިޒަމް ވިޔަފާރިތަކުން ޑޮލަރު މާރުކޮށްގެން ކަމަށް. ނަމަވެސް، ޑޮލަރު މާރުކުރަން މަޖުބޫރުކުރުމުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމާއި، އެތެރޭގެ ދަރަނި އިތުރުވުމުގެ ސަބަބުން މާލީ ނިޒާމަށް ބާރުބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox