ހިލަ، ހިލަވެލި އަދި ސިމެންތި ލިބުން ދަތިވެ، ބާޒާރުގައި ވަރަށް ބޮޑަށް ތަދުވެއްޖެ

މާލޭގައި އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ -- ފޮޓޯ: އަދަދު

މާލޭގައި އިމާރާތް ކުރުމުގެ މަސައްކަތް ކުރިއަށް ދަނީ -- ފޮޓޯ: އަދަދު

ހިލަ އާއި ހިލަވެލީގެ އިތުރުން ސިމެންތި ލިބުން ދަތިވެ، ރާއްޖޭގެ ބާޒާރުގައި އެ ތަކެތި ވަރަށް ބޮޑަށް ތަދުވެއްޖެ އެވެ.

އެނގިފައިވާ ގޮތުގައި ހިލަ އާއި ހިލަވެލީގެ އިތުރުން ސިމެންތި ލިބުން ދަތިވީ އެ ތަކެތި އެންމެ ގިނައިން ރާއްޖެއަށް އެތެރެކުރާ ޑުބާއީ އިން އުސޫލަށް ގެނައި ބަދަލަކާ ގުޅިގެންނެވެ.

ސިމެންތި އާއި ހިލަވެލީގެ އިތުރުން ހިލަ ރާއްޖެއަށް އެތެރެކޮށް ވިއްކާ ކުންފުންޏެއްގެ އިސް ބޭފުޅަކު އަދަދު އަށް ވިދާޅުވީ ސިމެންތި އާއި ވެލި މިހާރު ހުރީ ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހަށްވާ ވަރަށް ކަމަށެވެ.

Advertisement

"މި ދޭތެރެއަކުން ސިމެންތިއާ ވެއްޔާ ހުސްވެފައި ހުރެފައި ވަރަށް މަދުން ލިބިފައި ހުރީ. ސަޕްލައި ކޮޅުން ނުލިބެނީ އަހަރުން ބޭނުންވާ ވަރަށް، ޑުބާއީ އިން އަހަރުމެން ގެންނަނީ، އެމީހުންނަށް ބޭނުންވާ ވަރަށް ނުދެވެނީހެން ހީވަނީ،" އޭނާ ބުންޏެވެ.

އެ ތަކެތި ލިބުން ދަތިވެފައި ވާތީ، ރާއްޖެއިން އެ ތަކެތި ގަންނަން ބޭނުންވާ މީހުންނަށް، އެ މީހުން ބޭނުންވާ ވަގުތުގައި އެ ތަކެތި ސަޕްލައި ވެސް ނުކޮށްދެވޭ ކަމަށް އޭނާ ބުންޏެވެ. މިހާރު ލިބޭ އޯޑަރުތައް ދެން ސަޕްލައި ކޮށްދެވޭނެ ކަމަށް ބެލެވެނީ ދެ ހަފުތާއެއްގެ ތެރޭގައި ކަމަށް އެނާ ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެންމެ ފުޅާދާއިރާއެއްގައި މި ތަކެތި ވިއްކާ، އެސްޓީއޯއިން ވެސް މިހާރު ވަނީ ހިލަ އާއި ހިލަވެލީގެ އިތުރުން ސިމެންތި ވަރަށް ބޮޑަށް މަދުވެފަ އެވެ.

މި ނޫހަށް މައުލޫމާތު ދިން އިތުރު ވިޔަފާރިވެރިއަކު ބުނީ ޑުބާއީ އިން މިހާރު އެމް ސޭންޑު ނުވެސް ލިބޭ ކަމަށެވެ. އަދި، މިހާރު ރާއްޖޭގައި ހުރި ސްޓޮކު ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ހުސްވާނެ ކަމަށް އޭނާ ލަފާކުރި އެވެ.

"އެމް ސޭންޑު ނުލިބޭ މިހާރު، އޯޑަރު ދިނީމާ ލޯޑު ކުރަން ބުނީ މާޗު މަހުގެ ތެރެއަށް، މިހާރު އަހަރުމެން އަތުގައި ހުރި އެމް ސޭންޑު ހުސްވާނެ ފަސް ވަރަކަށް ދުވަހުގެ ތެރޭގައި،" އޭނާ ބުންޏެވެ.

ހިލަ، ހިލަވެލި އަދި ސިމެންތި ލިބުން ދަތިވުމާއެކު ރާއްޖޭގެ ބާޒާރުގައި މި ތަކެތީގެ އަގު ވެސް ވަނީ ހިސާބަކަށް އުފުލިފަ އެވެ. އެގޮތުން، މީގެ ކުރިން 39ރ. އަށް ވިއްކަމުންދިޔަ ވެއްޔާއި ހިލަ ބަސްތާއެއްގެ އަގު މިހާރު ހުރީ 42ރ. އަށެވެ. އަދި، މީގެ ކުރިން 100ރ. އަށް ވިއްކަމުންދިޔަ ސިމެންތީގެ އަގު ވަނީ 103ރ. އަށް ބޮޑުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މާލެ ސިޓީ ކައުންސިލުގެ 14 ބިން އަތުލި މައްސަލަ ކޯޓަށް ހުށަހަޅަނީ

ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކަށް މާލެ ސިޓީ ކައުންސިލުގެ ދަށުގައި ހުރި 14 ބިމެއް އަތުލަން ނިންމި މައްސަލަ ކޯޓަށް ހުށަހެޅުމަށް އެ ކައުންސިލުން ވަނީ ނިންމާފަ. ކައުންސިލުން ބުނާ ގޮތުގައި މި ބިންތައް އަތުލާފައިވަނީ ލާމަރުކަޒީ ގާނޫނާ ޚިލާފަށް، މަޝްރޫއުތަކުގެ އެއްވެސް ތަފުސީލެއް ދިނުމެއް ނެތި.

ސޫތުކުޅީގެ 25 މަސްވެރިން ދޫކުރަން އެހީއަށް އެދިއްޖެ

ޓަމިލް ނާޑޫގެ ޗީފް މިނިސްޓަރު އިންޑިއާގެ މަރުކަޒީ ސަރުކާރުގެ އެހީތެރިކަމަށް އެެދުނީ ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ހައްޔަރުކުރި އިންޑިއާގެ 25 މަސްވެރިންނާއި އެ މީހުންގެ ބޯޓުތައް ވެސް މިނިވަންކުރުމަށް. މި މައްސަލައިގައި އެމްއެންޑީއެފްގެ ބަހެއް ނުލިބޭ.

އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެގެން ފަރުވާދެނީ

ކުޅުދުއްފުށީ އަމީނީމަގުގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ފިރިހެނަކަށާއި، އަންހެނަކަށާއި، ކުޑަކުއްޖަކަށް އަނިޔާވެގެން ކުޅުދުއްފުށި ރީޖަނަލް ހޮސްޕިޓަލުގައި ދަނީ ފަރުވާދެމުން. މި ހާދިސާގައި އަނިޔާވި އަންހެން މީހާގެ ފައި ބިނދިފައިވާއިރު، އަނެއް ދެ މީހުންނަށް ވެސް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށް ފުލުހުން މައުލޫމާތުދޭ.

ބިންތައް އަތުލުމުން މާލެ ސިޓީ ކައުންސިލުގެ ކުއްލި ޖަލްސާއެއް

މާލެ ސިޓީ ކައުންސިލުން 14 ބިމެއް ވަކިކުރުމަކީ ލާމަރުކަޒީ ނިޒާމަށް އެޅޭ ހުރަހެއް ކަމަށް މޭޔަރު އާޒިމް ވަނީ ވިދާޅުވެފަ. ސަރުކާރުން މި ބިންތައް އަތުލާފައި ވަނީ "ބިން ފޭރޭ ބިލު" ގެ ނަމުން މަޝްހޫރުވެފައިވާ ލާމަޒުކަޒީ ގާނޫނަށް ގެނައި ބަދަލުގެ ދަށުން.

30 ބިލިއަން ރުޕީސްގެ ކަރަންސީ ސްވޮޕު ރާއްޖެއަށް ރޯލްއޯވާކޮށްދީފި

ދިވެހި ސަރުކާރުން އިންޑިއާއަށް ދައްކަންޖެހޭ 30 ބިލިއަން ރޫޕީޒްގެ ކަރަންސީ ސްވޮޕް ފެސިލިޓީ، ބޮޑެތި ލުއިތަކަކާއެކު އެ ގައުމުން ވަނީ ރޯލްއޯވާކޮށްދީފައި. މި އެހީތެރިކަމަކީ ރާއްޖޭގެ މާލީ ހަމަޖެހުން ގާއިމުކުރުމަށާއި ބޭރު ފައިސާގެ ރިޒާވް ހަރުދަނާކުރުމަށް އިންޑިއާގެ "ނެއިބަހުޑް ފަސްޓް" ސިޔާސަތުގެ ދަށުން ފޯރުކޮށްދިން މުހިންމު އެހީއެއް.

ދިވެހި 2 ޕައިލެޓުން ރާއްޖެއަށް ގެނައުމާއެކު ފުލުހުން ސުވާލުކުރަނީ

ފްލައި ޑުބާއީގެ ބޯޓެއް ވައްޓާލަން އުޅުނު މައްސަލައިގެ ތަހުގީގަށް ޔޫއޭއީން ހައްޔަރުކުރި ދިވެހި ދެ ޕައިލެޓުން ރާއްޖެ ގެނައުމާއެކު ފުލުހުން އެމީހުންނާ ސުވާލުކުރަން ވަނީ ފަށާފައި. ޔޫއޭއީގައި 12 ދުވަހު ބަންދުގައި ބޭތިއްބުމަށްފަހު ރާއްޖެ ފޮނުވާލި މި ދެ މީހުންނާ މެދު ފިޔަވަޅެއް އެޅުމާ މެދު ފުލުހުން އަދި ވަކި ގޮތެއް ނުނިންމާ.

އިމްރާން ޚަތީބުންނަށް؛ ބިން ވިއްކުން ހުއްޓުވަން ހައްގުބަސް ބުނޭ

ރަސްމާލެއިން 500 ހެކްޓަރު ޔޫއޭއީގެ ކުންފުންޏަކަށް ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުމާ ދެކޮޅަށް، ހުކުރު ހުތުބާ އިއްވާ އިމާމުން ހައްގުބަސް ބުނުމަށް އިމްރާން ގޮވާލެއްވި. އޭނާ ވިދާޅުވީ އިސްލާމީ ފަސްގަނޑުން ބޮޑު ބައެއް ޒަޔަނިސްޓުންނަށް ވިއްކާލުން ހުއްޓުވުމަކީ އިމާމުންގެ ދީނީ އަދި ގައުމީ ވާޖިބެއް ކަމަށާއި، މިކަމާ ދެކޮޅަށް ތެދުވަން ޖެހޭ ކަމަށް.

Newsletter

Get the latest news delivered straight to your inbox