އެސްޓީއޯއިން އެތެރެކުރާ ގޭސް ހުސްވެ އެތައް މިލިއަން ރުފިޔާއެއްގެ ބޮޑު ގެއްލުމަކާ ދިމާލަށް

މޯލްޑިވް ގޭސްއަށް ބޭނުންވާ ގޭސް މިދިޔަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން އެތެރެ ކުރަމުން ދަނީ އެސްޓީއޯއިން -- ފޮޓޯ: އަދަދު

މޯލްޑިވް ގޭސްއަށް ބޭނުންވާ ގޭސް މިދިޔަ އަހަރުގެ އޭޕްރިލް މަހުން ފެށިގެން އެތެރެ ކުރަމުން ދަނީ އެސްޓީއޯއިން -- ފޮޓޯ: އަދަދު

ސަރުކާރުގެ ގޭސް ކުންފުންޏަށް އެސްޓީއޯއިން އެތެރެކުރާ ގޭސް ހުސްވެ ބޮޑު ގެއްލުމަކާ ދިމާލަށް މިސްރާބު ޖަހައިފި އެވެ.

އެނގިފައިވާ ގޮތުގައި އެސްޓީއޯއިން އެތެރެކުރާ ގޭސް މި ވަގުތު މުޅި ރާއްޖެއިން ވެސް ވަނީ ހުސްވެފަ އެވެ. އެކަމުގެ މައުލޫމާތު އެނގޭ މީހުން އަދަދު އަށް ބުނީ މޯލްޑިވް ގޭސް އިން މި ވަގުތު ހިދުމަތް ފޯރުކޮށްދެމުން ދަނީ ވިލާއިން ގޭސް ގަނެގެން ކަމަށެވެ.

"މި ފަސް ދުވަސް ތެރޭގައި ނަގައިފި 8000 ފުޅި، 12.97 ޑޮލަރުގެ ރޭޓުން،" ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަދެއްކި މީހަކު ބުންޏެވެ.

Advertisement

މޯލްޑިވް ގޭސްއިން ރީޓެއިލްކޮށް ކަސްޓަމަރުންނަށް ގޭސް ފުޅި ވިއްކަމުން ދަނީ 200ރ. އަށެވެ. އެއީ އެ ކުންފުނީގެ އޮޕަރޭޝަނަލް ހަރަދުތަކަށްވާ ފައިސާ ހިމަނައިގެންނެވެ. ނަމަވެސް، މި ވަގުތު އެ ކުންފުނީގެ ހިދުމަތް ހުއްޓައިނުލާ ފޯރުކޮށްދިނުމަށްޓަކައި ވިލާއިން ގޭސް ގަންނަމުން ދަނީ ދިވެހި ރުފިޔާއިން ބަލާނަމަ، 199ރ. އަށެވެ.

އެހެންކަމުން، އެ ކުންފުނީގެ އޮޕަރޭޝަނަލް ހަރަދަށްވާ ފައިސާ މި މުއްދަތުގައި ދެން ހޯދަން ޖެހޭނީ ކޮންމެވެސް އެހެން ގޮތަކުންނެވެ.

އެކަމާ ގުޅޭގޮތުން މި ނޫހަށް މައުލޫމާތު ދިން މީހުން ބުނީ ކުރިއަށް އޮތް ރޯދަ މަހުގެ ކުރިން ގޭސް ލިބޭނެކަމުގެ އުއްމީދު ވަރަށް ކުޑަ ކަމަށެވެ. ނަމަވެސް، މި ވަގުތު ހަމަޖެހިފައިވާ ގޮތުން އަންނަ ފެބްރުއަރީ މަހުގެ 15 ގައި ޝިޕްމެންޓެއް ރާއްޖެ އަންނާނެ ކަމަށް ބެލެވޭ ކަމަށް އެ މީހުން ބުންޏެވެ.

"އަންނަ މަހުގެ 15 ގައި ޝިޕްމެންޓެއް އަންނަ ގޮތަށް އޮތީ. އެކަމަކު މިއަދު ވެސް ވިލާއަށް އެކި ސައިޒުން 15،000 ފުޅިއަށް އޯޑަރު ޖަހާނެ،" އޭނާ ބުންޏެވެ.

ފޯނަށް ޖަވާބު ނުދޭތީ އެކަމާ ގުޅޭގޮތުން އެސްޓީއޯގެ ރަސްމީ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.

މޯލްޑިވް ގޭސްއަށް ގޭސް ގަތުމުގެ އެންމެހައި ބާރުތައް މިދިޔަ އަހަރުގެ އޭޕްރިލް 13، ގައި އެސްޓީއޯއަށް ނެގީ މޯލްޑިވް ގޭސްގެ ގޭސް ޝިޕްމެންޓަކަށް އެޑްވާންސްގެ ގޮތުގައި ދެއްކި 250،000 ޑޮލަރު ގެއްލުނު މައްސަލައާ ގުޅިގެންނެވެ. އެއީ ގާތްގަނޑަކަށް 3.85 މިލިއަން ރުފިޔާ އެވެ.

މާލިއްޔަތު ކޮމިޓީގައި މިކަން ތިލަކޮށްދެއްވި، މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް ވިދާޅުވީ 2024 ވަނަ އަހަރުގެ އޮކްޓޫބަރުގައި ލިކުއިފައިޑް ޕެޓްރޯލިއަމް ގޭސް (އެލްޕީޖީ) ޝިޕްމަންޓަކަށް ދެއްކި އެޑްވާންސް ފައިސާ ކަމަށެވެ.

މޯލްޑިވް ގޭސްއަކީ އެސްޓީއޯ އާއި ޗަމްޕާ ގޭސް އެންޑް އޮއިލް ކޮމްޕެނީގެ ހިއްސާ އޮންނަ ގޮތަށް އުފައްދާފައިވާ ކުންފުންޏެކެވެ. ރާއްޖެއަށް އެންމެ ގިނަ އަދަދަކަށް ގޭސް އެތެރެކުރަނީ މޯލްޑިވް ގޭސް އިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox