އޮލްޑަންބާގާ މޮޒަރެއްލާ ޗީޒްގެ ގާނާފަހުރި ޕެކެޓް ހެޕީމާކެޓުން ވިއްކަން ފަށައިފި

އޮލްޑަންބާގާ މޮޒަރެއްލާ ޗީޒްގެ ގާނާފަހުރި ޕެކެޓް ހެޕީމާކެޓުން ވިއްކަން ފަށައިފި

ހެޕީ މާކެޓް ޓްރޭޑިން ކޮމްޕެނީން ރާއްޖެއަށް އޯލްޑެންބާގާގެ ގާނާފައި ހުންނަ މޮޒެރެއްލާ ޗީޒް (ގްރޭޓެޑް ޗީޒް) ތައާރަފުކޮށްފިކޮށްފި އެވެ.

ހެޕީ މާކެޓުން ބުނީ މޮޒަރެއްލާގެ ގާނާފައި ހުންނަ ޗީޒްގެ 500 ގްރާމް އަދި އެއް ކިލޯ ޕެކެޓް އެތަނުގެ ފިހާރަކުން މިހާރު ލިބޭނެ ކަމަށެވެ. އެ ޗީޒަކީ ގެތަކުގެ އިތުރުން ވިޔަފަރީގައި ބޭނުންވާ ބޮޑެތި ބަދިގެތަކުގެ ބޭނުންތަކަށް ފަސޭހަކޮށް ތައްޔާރުކޮށްފައިވާ އުފެއްދުމެކެވެ.

ދުނިޔޭގައި ފެންވަރު ރަނގަޅު ކިރު އުފެއްދުންތަކަށް މަޝްހޫރު އޯލްޑެންބާގާ މޮޒެރެއްލާ ގްރޭޓެޑް ޗީޒް އަކީ ކޮންމެ ދުވަހެއްގެ ކެއުމަށް ބޭނުންކުރުމަށާއި، ބޭކް ކޮށްފައި ހޫނުގަދަ ކެއްކުންތަކަށް ވެސް ވަރަށް ރަނގަޅު އެއްޗެކެވެ.

"މީގެ މަޑު، ކްރީމީ ރަހައާއި، ހިތްހަމަޖެހޭ ވަރަށް ދެމިގެންދާ ފަސޭހަކަން ހުރުމުން، ކަސްޓަމަރުން އެދޭ މޮޒެރެއްލާގެ މޮޅު ތަޖުރިބާ މި ޗީޒުން ލިބިދޭ. އެހެންކަމުން، ރެސްޓޯރެންޓްތަކާއި، ކެފޭތަކާއި، ގޭތެރޭގެ ބޭނުންތަކަށް ވެސް މިއީ އިތުބާރު ހިފޭ މުހިންމު އުފެއްދުމެއް،" ހެޕީ މާކެޓުން ބުންޏެވެ.

މި އުފެއްދުމުގެ އެންމެ ފާހަގަކޮށްލެވޭ އެއް ސިފައަކީ ހޫނު ކެއުންތަކުގައި މިއަށް ލިބިދޭ މޮޅު ނަތީޖާ އެވެ. 45 ޕަސަންޓް ފެޓް އެކުލެވޭ މި ޗީޒުން ފަސޭހައިން ވިރުވިފައި، ރީތިކޮށް ދެމި، އަދި އެއްވަރަކަށް ރޯފިލާ ޗީޒެކެވެ. އަދި ޕިއްޒާ، ލަޒާނިޔާ، ބޭކް ކޮށްފައިވާ ޕާސްތާ، ބްރޫޝެޓާ އަދި ޗީޒް ސޭންޑްވިޗް ފަދަ ކެއުންތަކަށް މިއީ ވަރަށް އެކަށީގެންވާ ޗީޒެކެވެ.

ރަނގަޅަށް ރައްކާކޮށްފިނަމަ، މީގެ ކުދިކުދިކޮށް ގްރޭޓްކޮށްފައި ހުންނަ ކޮޅުތައް އެއްކޮށް ގަނޑުނުވެ، ވަކިވަކީން ހުންނާނެ އެވެ. މިއީ ކެއުން ތައްޔާރުކުރާ އިރުގައި ޝެފުންނަށާއި، ގޭތެރޭގައި ކައްކާ މީހުންނަށް ފަސޭހަކަމާއެކު އަދި ސާފުކޮށް ބައިބައިކުރުމަށް އެހީތެރިވެދޭނެ ކަމެކެވެ.

އޯލްޑެންބާގާ މޮޒެރެއްލާ ގްރޭޓެޑް ޗީޒް މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުން ހެޕީ މާކެޓް ޓްރޭޑިން މެދުވެރިކޮށް ލިބެން ހުންނާނެ އެވެ. އޭގެ ތެރޭގައި ހެޕީ މާކެޓްގެ ހުރިހާ ހޯލްސޭލް ސެންޓަރަކާއި ރީޓެއިލް ސެންޓަރުތަކުގެ އިތުރުން ސުޕަމާޓްތައް ހިމެނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއެޗްއޭ މާޓް ހުޅުމާލެ ފޭސް 2 ގައި ހުޅުވައިފި

އެމްއެޗްއޭގެ ފަސްވަނަ ފިހާރަ "އެމްއެޗްއޭ މާޓް" ހުޅުމާލެ ފޭސް 2 ގެ އަމާން އުދަރެސް ޓަވަރުގައި މިދިޔަ ބުރާސްފަތި ދުވަހު ހުޅުވައިފިއެވެ. ދެ ބުރިއަށް ފަރުމާކޮށްފައިވާ މި ޒަމާނީ ފިހާރައަކީ ކާބޯތަކެއްޗާއި ދިރިއުޅުމުގެ ޒަރޫރީ ސާމާނު އެއް ފުރާޅެއްގެ ދަށުން ފަސޭހަކަމާއެކު ލިބޭނެހެން ހުޅުވި ފިހާރައެކެވެ.

ބޭންކުތަކުން ސަރުކާރަށް ފަނޑުކުރާތީ ވިޔަފާރިތަކަށް ފައިސާ ނެތް

އަހުމަދު މުހައްމަދު ވިދާޅުވީ ބޭންކުތަކުން ސަރުކާރަށް ފައިސާ ދޫކުރާ މިންވަރު އިތުރުވުމުގެ ސަބަބުން، އަމިއްލަ ވިޔަފާރިތަކަށް ބޭނުންވާ ރުފިޔާ އާއި ޑޮލަރު ލިބުމުގައި ދަތިކަމަށް. ސަރުކާރުގެ ދައުރުގައި އެތެރޭގެ ދަރަނި 45 އިންސައްތަ އިތުރުވެފައިވާއިރު، މާލީ ދަތިތަކުން އަރައިގަނެވޭނީ މާލީ ޒިންމާދާރުކަން އިސްކޮށްގެން ކަމަށް އޭނާ ވިދާޅުވި.

ޔޭޔޭ ޕްރޮމޯޝަން: 5 އުމްރާ ދަތުރާއި ފައިސާގެ އިނާމު

ޔޭޔޭ ކޮފީން "ސްކޭން އެންޑް ވިން" ނަމުގައި ފެށި ޕްރޮމޯޝަނުގައި، 5 ފަރާތަކަށް އުމްރާ ދަތުރާއި، ކޮންމެ ދުވަހަކު އަދި ކޮންމެ ހަފްތާއަކު ފައިސާގެ އިނާމު ލިބުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. ނޮވެމްބަރު 30 ގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ ޔޭޔޭ ޕެކެޓުގައިވާ ކިއުއާރް ކޯޑް ސްކޭން ކޮށްގެންނެވެ.

ވެމްކޯއަށް 105 މިލިއަން ދީގެން ވެސް 127 މިލިއަން ގެއްލުން

ވެމްކޯއަށް 2022 ގައި ސަރުކާރުން 105 މިލިއަން ރުފިޔާގެ އެހީއެއް ދިނުމުން ވެސް އެ އަހަރު އެ ކުންފުންޏަށް 127.9 މިލިއަން ރުފިޔާގެ ބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނީ އާމްދަނީއަށް ވުރެ ހަރަދު ބޮޑުވުމުން. އެ ކުންފުނިން މުވައްޒަފުންނަށް މުސާރަ އާއި އިނާޔަތް ދޭން ލިބުނު އާމްދަނީއަށް ވުރެ ބޮޑު އަދަދެއް ހަރަދުކުރި.

ގެސްޓްހައުސް އެވޯޑަކީ ބްލޮކް ޗެއިނުން ދިން ފުރަތަމަ އެވޯޑު: ރިޒާ

އެމްއައިބީ ގެސްޓްހައުސް އެވޯޑަކީ ބްލޮކްޗެއިން ޓެކްނޮލޮޖީ ބޭނުންކޮށްގެން ރާއްޖޭގައި ދޭން ފެށި ފުރަތަމަ އެވޯޑު ކަމަށް އެ ބޭންކުން ބުނޭ. މި ނިޒާމުގެ ސަބަބުން އެވޯޑުތަކުގެ ސައްހަކަން ދުނިޔޭގެ ކޮންމެ ތަނަކުންވެސް ކަށަވަރުކުރެވޭނެ ކަމަށާއި، މިއީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް ލިބުނު ބޮޑު ކުރިއެރުމެއްކަން އެ ބޭންކުން ފާހަގަކުރޭ.

1883 މެއިޒަން ރޫޓިން ގެ އައު ބާވަތްތައް ރާއްޖެއަށް

ޔޫރޯ މާކެޓިންގއިން ފަރަންސޭސިވިލާތުގެ މަޝްހޫރު ބްރޭންޑެއް ކަމަށްވާ "1883 މެއިޒަން ރޫޓިން" ގެ "ފްރެންޗް ޕެޓިސަރީ" ސިރަޕް ކަލެކްޝަނާއި "ރިފްރެޝަރ މިކްސް" ރާއްޖެއަށް ތައާރަފުކޮށްފިއެވެ. ގުދުރަތީ ރަހަތަކާއި ކުލަ ބޭނުންކޮށްގެން އުފައްދާފައިވާ މި އުފެއްދުންތަކަކީ ކެފޭތަކާއި ގޭބިސީތަކުގައި ތަފާތު މީރު ބުއިންތައް ތައްޔާރުކުރުމަށް ފަސޭހަވެގެންދާނެ ބާވަތްތަކެކެވެ. މި އައު ރޭންޖުގެ އުފެއްދުންތައް މިހާރު ޔޫރޯ ސްޓޯރުން ބައްލަވައިގަންނަން ލިބޭނެއެވެ.

ބަނގުރޫޓުވުމުން ސަލާމަތްކޮށްދިނީ ޓޫރިޒަމް ވިޔަފާރިތަކުން: އަންޑޭ

އަހުމަދު މުހައްމަދު ވިދާޅުވީ ރާއްޖެ ބަނގުރޫޓުވިޔަ ނުދީ ސަލާމަތްކޮށްދިނީ ޓޫރިޒަމް ވިޔަފާރިތަކުން ޑޮލަރު މާރުކޮށްގެން ކަމަށް. ނަމަވެސް، ޑޮލަރު މާރުކުރަން މަޖުބޫރުކުރުމުގެ ސަބަބުން ވިޔަފާރިތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާކަމާއި، އެތެރޭގެ ދަރަނި އިތުރުވުމުގެ ސަބަބުން މާލީ ނިޒާމަށް ބާރުބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވި.

Newsletter

Get the latest news delivered straight to your inbox