ބަނަ އަންދާޒާއެއް: ރާއްޖޭގައި ދިރިއުޅޭ ދިވެހިންގެ އާބާދީ ބައި މިލިއަނަށް ނާރާނެ

މާފަންނު ކޮޅުގައި އޮންނަ ރަސްފަންނުގައި ބަޔަކު ހިނގާފައި ދަނީ --- ފޮޓޯ: އަދަދު

މާފަންނު ކޮޅުގައި އޮންނަ ރަސްފަންނުގައި ބަޔަކު ހިނގާފައި ދަނީ --- ފޮޓޯ: އަދަދު

ރާއްޖޭގައި ދިރިއުޅޭ ދިވެހިންގެ އާބާދީ ބައި މިލިއަން އާއި ހަމައަށް ދާނެ މަންޒަރު ނުފެންނަ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެޓިސްޓިކްސް އިން ނެރެފައިވާ މޯލްޑިވްސް ޕޮޕިއުލޭޝަން ޕްރޮޖެކްޝަން 2062-2022 އިން ދައްކައިފި އެވެ.

ރާއްޖޭގެ އެންމެ ފަހުގެ އާބާދީގެ އަންދާޒާ ކަމަށްވާ މި ރިޕޯޓުން ދައްކާ ގޮތުގައި ރާއްޖޭގައި ދިރިއުޅޭ ދިވެހިންގެ އާބާދީ އެންމެ މަތިވާނީ 427,994 އަށެވެ.

އިއްޔެ އާންމުކުރި މި ރިޕޯޓުގައި ހިމެނޭ ތަފާސްހިސާބުތަކުން ދައްކާ ގޮތުން ދިވެހިންގެ އާބާދީ އެންމެ މަތި ވާނެ ކަމަށް ލަފާކުރެވެނީ މި ގަރުނުގެ މެދާކެއް ހިސާބުގަ އެވެ. އެއީ 2040 ގެ ފަހު އަހަރުތަކާއި 2050 ގެ ކުރީގެ އަހަރުތަކުގަ އެވެ.

އެއަށްފަހު ދިވެހިންގެ އާބާދީ އަހަރަކަށްވުރެ އަހަރެއް ދަށަށް ދާނެ ކަމަށް އަންދާޒާކުރެވެ އެވެ. 2050 ގެ އަހަރުތަކުން ފެށިގެން ދިވެހިންގެ އާބާދީ ދަށްވަމުން ގޮސް 2062 ގައި ރާއްޖޭގެ އާބާދީ އިތުރުވާ މިންވަރު ހުންނާނީ މައިނަސް 0.6 ޕަސެންޓުގަ އެވެ. ގަރުނުގެ މެދު ދަހަރުގައި ދިވެހިންގެ އާބާދީ އަހަރު 1،000 އަކުން މަދުވާނެ ކަމަށް މި ރިޕޯޓުގައި އަންދާޒާކޮށްފައިވެ އެވެ.

ރާއްޖޭގެ ޖުމްލަ އާބާދީއަށް ބަލާއިރު 2062 ގައި ރާއްޖޭގައި އުޅޭނެ ކަމަށް އަންދާޒާކުރެވެނީ 678،024 މީހުންނެވެ. އޭގެތެރޭގައި ހިމެނެނީ  414،679 ދިވެހިން އަދި 263،345 ބިދޭސީންނެވެ. އޭރު ރާއްޖޭގައި ދިރިއުޅޭ ކޮންމެ ފަސް މީހަކުން ދެ މީހަކީ ބިދޭސީއެކެވެ.

2022 ވަނަ އަހަރު ރާއްޖޭގައި ދިރިއުޅޭ ޖުމްލަ އާބާދީގެ ތެރެއިން ބިދޭސީންގެ ނިސްބަތަކީ 30 ޕަސެންޓެވެ. މި އަދަދު 40 އަހަރު ތެރޭ 39 ޕަސެންޓަށް އިތުރުވާނެ ކަމަށް އާބާދީގެ އަންދާޒާ ރިޕޯޓުން ދައްކަ އެވެ،

މިހާރު ވެސް މުސްކުޅިވަމުން އަންނަ ދިވެހިންގެ އާބާދީ މީގެ 40 އަހަރު ފަހުން އޮންނާނެ ހާލަތު ވެސް މި ރިޕޯޓުގައި އަންދާޒާކޮށްފައިވެ އެވެ. އެގޮތުން، 2022 ޖުމްލަ އާބާދީގެ 22 ޕަސެންޓުގައި ހުރި 18 އަހަރުން ދަށުގެ ކުދިންގެ އަދަދު ދަށްވެ 2062 ގައި ހުންނާނެ ކަމަށް ލަފާކުރެވެނީ އެންމެ 11 ޕަސެންޓުގަ އެވެ.

އޭގެ ބަދަލުގައި 2022 ގައި ޖުމްލަ އާބާދީގެ އެންމެ ހަތަރު ޕަސެންޓުގައި ހުރި 65 އަހަރުން މަތީގެ މީހުންގެ އާބާދީ އެތައް ގުނައެއް އިތުރުވެ 2062 ގައި ޖުމްލަ އާބާދީގެ 18 ޕަސެންޓު ހިއްސާކުރާނެ އެވެ. އޭރު ޖުމްލަ އާބާދީގެ ބޮޑު ބައެއް ހިއްސާކުރާނީ 36 އަހަރުން މަތީގެ މީހުންނެވެ.

ރާއްޖޭގެ އާބާދީ ދަށަށް ދާ އެއް ސަބަބު އަދި މި ކަމުގައި ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް ކަންބޮޑުވުން ކަމަށްވާ ދިވެހި އަންހެނުން އެވްރެޖުކޮށް ކުދިން ހޯދާ މިންވަރު 2062 ގައި އިތުރަށް ދަށްވާނެ ކަމަށް ވެސް މި ރިޕޯޓުގައި އަންދާޒާކޮށްފައިވެ އެވެ. 2022 ގައި 1.7 ގައި ހުރި އެވްރެޖު 40 އަހަރު ތެރޭ 1.5 އަށް ވެއްޓޭނެ އެވެ.

އާބާދީ މުސްކުޅި ވުމުގެ އިތުރުން، މުސްކުޅި އާބާދީ ދުނިޔޭގައި ހޭދަކުރާ އުމުރު ދިގުވާނެ ކަމަށް ވެސް މި ރިޕޯޓުގައި ލަފާކޮށްފައިވެ އެވެ. އެގޮތުން 2062 އަންނައިރު އެވްރެޖުކޮށް ދިވެހި އަންހެނަކު 85.3 އަހަރު އަދި ދިވެހި ފިރިހެނަކު 82.8 އަހަރު ދުނިޔޭގައި ހުންނާނެ ކަމަށް ލަފާކުރެވެ އެވެ.

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox